ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ޓީމް ޕްރޮފައިލް: ބަންގްލަދޭޝް

ބަންގަލަދޭޝް ކުޅުނު މެޗެއްގައި --- ފޮޓޯ: އޭއެފްސީ

30 ސެޕްޓެމްބަރ 2021 - 22:09

ހަގީގަތުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގަ އެވެ. ބަންގްލަދޭޝް އަށް އެ ފުރުސަތު ސާފުން ދިނީ، ޕާކިސްތާންގައި ބާއްވަން އެންމެ ފުރުތަމަ ނިންމުމަށް ފަހު އެވެ. ޕާކިސްތާންގައި ބާއްވަން އޮތް މުބާރާތް ބަންގްލަދޭޝް އަށް ބަދަލުކުރީ، އެ ގައުމުގެ ބާނީ ޝައިހް މުޖިބުއް ރަހްމާން (ބަންގުބަންދު) އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ސާފްގެ ހާއްސަ އެޑިޝަނެއް ބޭއްވުމުގެ ގޮތުންނެވެ. ނަމަވެސް މިދިޔަ އަހަރު މުޅި ދުނިޔެ ބައްދާލި ކޮވިޑް-19 ގެ ބަލިމަޑު ކަމުގައި މުބާރާތް މި އަހަރަށް ފަސް ކުރީ އެވެ. އެކަމަކު ބަންގްލަދޭޝްގެ ކޮވިޑުގެ ހާލަތު ރަނގަޅެއް ނުވި އެވެ. އެ ގައުމުގައި މުބާރާތް ބޭއްވޭނެ ހާލަތެއް ނުހޯދުނެވެ. އެންމެ ފަހުން ޖެހުނީ މުބާރާތް ބާއްވާނެ އެހެން ގައުމެއް ހޯދުމަށް ބިޑަށް ހުޅުވާލާށެވެ.

އަމިއްލަ ގައުމުގައި މުބާރާތް ނުބޭއްވުނަސް، ބަންގްލަދޭޝްއިން މިފަހަރު މުބާރާތަށް ގެނައީ މި ފަހުގެ ތާރީހްގައި އެ ގައުމުން އެކުލަވާލި އެންމެ ވަރުގަދަ ސްކޮޑެވެ. ހުރިހާ ކްރެޑިޓެއް ހައްގު ވަނީ އެ ގައުމުގެ ޑޮމެސްޓިކް ލީގަށެވެ. ބަންގްލަދޭޝްގެ މަޝްހޫރު ކުންފުނިތަކުން ކްލަބުތައް ހަދައިގެން ފުޓްބޯޅަ އަށް އިންވެސްޓް ކުރުމުގެ ނަތީޖާ އަކަށްވީ ބަންގްލަދޭޝްގެ ލީގު ވަރުގަދަ ވުމެވެ. އިންޑިއާގެ ސުޕަ ލީގާއި ރާއްޖޭގެ ޕްރިމިއާ ލީގު އަދި ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވެސް ތަޖުރިބާ ހޯދާފައިވާ، ބަންގްލަދޭޝްގެ ވަގުތީ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް ކުރިން ބުނެފައި ވަނީ ދެކުނު އޭޝިއާގައި އޮތް އެންމެ ވަރުގަދަ ލީގަކީ ބަންގްލަދޭޝް ލީގު ކަމަށެވެ. ލީގު ވަރުގަދަ ވުމުގެ ފައިދާ ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުރާނެ އެވެ. ބަންގްލަދޭޝް މިފަހަރުގެ މުބާރާތަށް އައީ ތަށީގެ ވާހަކަ ދައްކަމުންނެވެ.

ކޯޗު

ބަންގްލަދޭޝްގެ ވަގުތީ ކޮޗު އޮސްކާ އަކީ ސާފްގައި ފެންނާނެ ކޯޗުންގެ ތެރެއިން ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި އެންމެ ތަޖުރިބާ ބޮޑު ކޯޗެވެ. ސަރަހައްދުގެ ދެ ގައުމުގެ ޑޮމެސްޓިކް ލީގު ޗެމްޕިއަނެވެ. އޮސްކާއާ ގައުމީ ޓީމު ހަވާލު ކުރީ ކުރިއަށް އޮތް ދެ މަހަށެވެ. ގައުމީ ޓީމުގެ ކޯޗު ކަމުގައި ހުރި ޖެމީ ޑޭ، މަގާމުން ވަކިނުކޮށް އޭނާ ކޯޗު ކަމުގެ މަސްއޫލއިްޔތުން ވީއްލުމަށް ބަންގްލަދޭޝް ފެޑެރޭޝަނުން ނިންމީ އެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ކުރިއަށް އޮތް ދެ މަހު އޮސްކާ ކުރިމަތިލާނީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ނޮވެމްބަރު މަހު ލަންކާގައި ބާއްވާ އިންޓަނޭޝަނަލް މުބާރަތަށެވެ.

އޮސްކާ އާއި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް

ރާއްޖޭގެ ނިއު ރޭޑިއަންޓަށް ލޯކަލް ހުރހާ މުބާރާތެއް ކާމިޔާބު ކޮށްދިން ކޯޗް ވަނީ 2017 ގައި "މިހާރު ސްޕޯޓްސް އެވޯޑް" ގައި އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ. އިންޑިއާގެ މުމްބާއީ އެފްސީގައި ވެސް މަސައްކަތް ކުރި ކޯޗު ވަނީ ބަންގްލަދޭޝްގެ ފުޓްބޯޅައިގައި ނުފޫޒްގަދަ މީހަކަށްވެފަ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅޭ މެޗުތައް

- އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

- އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454