16 ޖުލައި 2018 - 09:57
ކޮންމެހެން ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން ކަރަންޓަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުންނެވެ. އެހެންވެ މިކަމަށް ހައްލު ހޯދޭތޯ ވެސް މަސައްކަތްތަކެއް އެބަ ކުރެ އެވެ.
ޒިއާ ވަޔަލަސް އެނާޖީ ސޭވިން ޑިވައިސްއަކީ މިފަދަ މުހިއްމު އާލާތެކެވެ.
އެއްވެސް ނަރެއް ގުޅަން ނުޖެހޭ ގޮތަށް އިންސްޓޯލްކުރެވޭ މި ޑިވައިސް ފަރުމާކޮށްފައިވަނީ ދެ ސެންސަރު ހިމެނޭ ގޮތަށެވެ. އެއީ ދޮރުމަތީގައި ބަހައްޓާ ސެންސަރަކާއި ފަންގިފިލާގައި ހަރުކުރާ ސެންސަރެކެވެ. ދޮރުމަތީ ހަރުކޮށްފައިވާ ސެންސަރުން ދެނެގަންނާނީ މީހަކު ބޭރަށް ނުކުތްކަމެވެ. ދެވަނަ ސެންސަރަކީ ތަނުގައި މީހަކު ނެތްކަން ކަށަވަރުކޮށްދޭ ސެންސަރެކެވެ. ކޮޓަރީގައި މީހަކު ނެތި 15 މިނެޓު ހިނގައިފި ނަމަ އެއާކޮންޑިޝަނަރަށް ފޮނުވާލާ ސިގްނަލަކުން އެއާކޯން ކަނޑާލަދެއެވެ.
"ޒިއާ" ބޭނުންކުރުމުން ކަރަންޓު ޚަރަދު 30-70 ޕަސެންޓަށް ކުޑަކޮށްދެއެވެ. މިއީ ގޭގެ އާއި ހޮޓާތަކާއި މި ނޫނަސް މީހުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް އުފައްދާފައިވާ ޑިވައިސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
16 July 2018
ތިޔަ ޑިވައިސް ހަމަ ޤައިމު ވެސް ރާއްޖެ އެތެރެވިޔަކަ ނުދޭނެ އެވެ. ބަޑިބޭސް މަނާ ކުރާ އުސޫލުން ތިއީ ވެސް ރާއްޖެ އެެތެރެކުރުން މަނާ އެއްޗަކަށް ވާނެ އެވެ. އެއީ ރައްޔޔިތުންގެ ކަރަންޓު ބިލުން އެއްރުފިޔާ ވެސް މަދުވެދާނެ ކަމަށް ޓަކައެވެ.
ޙާމަ
17 July 2018
ތިޔަ ބުނީ ތެދެއް، ޑްރަގް ރޯމާދުވާލު މިކަން ކުރާ މީހުންވެސް އެނގޭ ބޯ މިހުންވެސް، ބޯން ދޭ މީހުންވެސް އެގޭ. އެކަމަކު ނުހުއްޓުވޭ.
އެޑްމުންޑޯ
16 July 2018
ކޮންތާކުން ތިޔަ ޑިވައިސް ގަންނަން ލިބޭނީ
ޙަނާން
16 July 2018
މިޑިވައިޒް ލިބެނީ ކޮންތާކުން އަދި ކިހާވަރަކަށް