30 ސެޕްޓެމްބަރ 2018 - 07:39
ކާބޯތަކެތި ބަހައްޓަންވާ ފިނިހޫނުމިނުގައި ނުބެހެއްޓުމުގެ ސަބަބުން ހަލާކުވެ ފީވަނީ މަދެއްކޮށްނޫނެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިއީ ބިލިއަނުން ބިލިއަނުން ބޮޑެތި ގެއްލުންވާ ކަމެކެވެ.
ފެނިކް ޔޫމާ 60އެލްއަކީ ކަރަންޓާއި ގަނޑުފެނާ ނުލައި ފިނިކުރާ ކޫލަރެކެވެ. އެއްތަނުން އަނެއް ތަނަށް ފަސޭހައިން އުފުލައި، ގެންދެވެއެވެ. މި އުފައްދާފައިވަނީ ފަތްޖަހާލައިގެން ގެންދެވޭ ގޮތަށެވެ. ކޫލަރަށް ތަކެތި ލާންވުމުން ހުޅުވާލައި ރާވާލަންވީއެވެ.
އާންމުކޮށް ގިނަ އައިސްއަލަމާރިތައް މަސައްކަތްކުރަނީ ފަންކާއަކުން ނުވަތަ އެއާ ކޮމްޕްރެސަރަކުން ނުވަތަ ސޯލާ ޕެނަލްގެ އެހީގައެވެ. އެކަމަކު ޔޫމާގެ ތަފާތަކީ ހަމައެކަނި ފެނުން ފިނިކުރުމެވެ. ހަތަރު ހޮޅިއަށް ނަގާ ކޮޅަށް ޖަހާފައި ވަށައިގެން ފޭސްޓެކް ކިޔާ ޒާތުގެ މާއްދާއަކުން އުފައްދާފައިވާ ފޮއްޗަކުން ނިވާކުރެވޭ ގޮތަށް އުފައްދާފައިވާ މި އައިސްއަލަމާރިއަށް ފެން އަޅަންޖެހެނީ އެކަމަށް ޚާއްސަ އާނގައަކުންނެވެ. މީގައި ރައްކާކުރާ ކާބޯތަކެއްޗަށް ފިނިކަން ލިބެނީ މި ފެނުންނެވެ.
ޔޫމާ އައިސްއަލަމާރީގެ ވަށައިގެންވާ ފޭސްޓެކް ފޮއްޗަކީ އެތެރޭގައިވާ ފެން ބޭރުވިޔަ ނުދީ ހިފަހައްޓަމުން، މީގެ ބޭރު ފަށަލައިގައިވާ ފެން އާތްވަށް އަރައިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ފޮއްޗެކެވެ. ނަތީޖާއެއްގެ ގޮތުން، އެތެރޭގައިވާ ފެނުގެ ފިނިކަން ހިފެހެއްޓޭނެއެވެ. ވައިގެ ތެތްކަން ކުޑަތަންތަނުގައި މި އައިސްއަލަމާރި މާ ރަނގަޅަށް މަސައްކަތްކުރާ ކަމަށްވެއެވެ.
ޔޫމާ އައިސްއަލަމާރި ފަރުމާކޮށްފައިވަނީ ކުރު ދަތުރުތަކުގައި ދާ މީހުންނަށް ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ދަނޑުފަނގުތަކުގައި މަސައްކަތްކުރާ މީހުންނާއި ކާރިސާގެ ވަގުތުތަކުގައި ވެސް ކާބޯތަކެތި ރައްކާކުރުމަށް މިއީ ވަރަށް ރަގަޅު އައިސްއަލަމާރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަސް
30 September 2018
ޖަޒީރާ އަށް ކަމުދާނެ ގެއަކަށް ކޫޅަރެއް