ގާހިރާ (އޮގަސްޓް 11) - މިސްރުގައި ދެ ރޭލް މުޑިއަރައިގެން ހިނގި އެކްސިޑެންޓެއްްގައި 36 މީހުން މަރުވެއްޖެ އެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވީ އިސްކަންދަރިއްޔާގައި ހިނގި މި އެކްސިޑެންޓުގައި 120 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއް ވެސް ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެކްސިޑެންޓްވި ޕެސިންޖާ ދެ ރޭލުގެ ތެރޭން އެއް ރޭލު ދަތުރުކުރީ ވެރިރަށް ގާހިރާ އިންނެވެ. އަނެއް ރޭލު ޕޯޓް ސާއިދުންނެވެ. ދެ ރޭލު ޖެހެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އިމެޖެންސީ އޮފިޝަލުން މިހާރު ދަނީ އެކްސިޑެންޓްވި ތަނުގައި ހަރަކާތްތެރިވަމުންނެވެ.

މިސްރުގެ ޓްރާންސްޕޯޓް މިނިސްޓަރު މިހާރު ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް އަންގަވައިފަ އެވެ.

ގާހިރާގެ ދެކުނުގައި ކުޑަ ބަހެއްގައި ރޭލެއް ޖެހިގެން 2013 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ވަނީ އެތައް ބަޔަކު މަރުވެފަ އެވެ. މިސްރުގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި ރޭލް އެކްސިޑެންޓް ހިނގީ ގާހިރާއާ ކައިރީގައި 2002 ވަނަ އަހަރު އެވެ. މީހުން އަރާ ފުރިފައިވާ ރޭލެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ފަހަރު ވަނީ 370 މީހުން މަރުވެފަ އެވެ.