2:48
ފުވައްމުލަކު ކެފޭ 1940 އަށް ވަނުމާ އެކު ދެވެނީ އެތައް އަހަރެއް ފަހަތަށް
މިއީ، ދިގުވާނޑު އަވަށުގައި މި ރަށުގެ ޒުވާނެއް ކަމަށްވާ އިބްރާހިމް ރަޝީދު ހިންގަމުން އަންނަ ގަދީމީ ތާރީހުގެ ދާރުލްއާސާރެއް. ކޮފީ ބޯން ތިބެން ހިންގާ ކުޑަކުޑަ، ނަމަވެސް އިހުގައި މީހުން ގެންގުޅުނު، ތާރީހީ އެތައް އާލާތަކުން މުއްސަނދި ކެފޭއެއް. އަބަދުވެސް އަމިއްލަ މަސައްކަތެއް ކުރަން އޮތް ލޯތްބާ އެކު، އޭނާ ހުޅުވި މި ކެފޭއިން ފެންނަން ހުރީ ފުވައްމުލަކާއި ރާއްޖޭގެ ތާރީހާ ގުޅޭ އެކި ސާމާނު. ގަދީމީ މި ސާމާނުގެ ތެރެއިން ގިނަ އެއްޗެއްސަކީ ރަށުގެ އެކި ގޭގެއިން އުކާލުމުން އޭނާ ހޮވައިގެން ގެނައި ތަކެތި.މި ކެފޭ ހުޅުވީ އޭނާ މި އެއްޗެހި އެއްކުރަމުން އަންނަތާ އެތައް އަހަރެއްވީ ފަހުން އޭނާ އެއްކޮށްފައި ހުރި،