19 ޖެނުއަރީ 2022 - 11:43
ކޮވިޑް-19 ބަލިމަޑުކަން އާލަމީ ވަބާއެއްގެ ދަރަޖައަށް ނުރައްކާވެފައި އޮތުމަށް ފަހު، މިހާރު އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖައްސަމުންދާ އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، މި ބަލިމަޑުކަމުގެ ވަބާއީ ހާލަތުން އަރައިގަނެވިދާނެ ކަމަށް، އެމެރިކާގެ ތަޖުރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
އޭނާ އެ ގޮތަށް ލަފާ ކުރެއްވީ، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު، ވަރަށް ބޮޑަށް އިތުރުވެފައި ވިޔަސް، އެ ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ ހާލަތު ނުރައްކާ ނުވާތީ އާއި، އެ ބާވަތުގެ ކޮވިޑް ވައިރަހުން ފުއްޕާމެއަށް ގެއްލުމެއް ނުލިބޭތީ އެވެ. އެހެންކަމުން އޭނާ ލަފާ ކުރައްވަނީ، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން ގިނަ ބަޔަކަށް ކޮވިޑް ވައިރަސް ޖެހި، ގިނަ ބައެއްގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފެދުމުން، ވަބާއީ ހާލަތު ނިމުމަކަށް އައިސް، ބަލި ކޮންޓްރޯލް ކުރެވޭ މަރުހަލާ ފެށޭނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ކަންތައް މެދުވެރިވާނީ، މިހާރު ކޮވިޑް ފަތުރާ ވައިރަހުގެ ބާވަތްތަކަށް ވުރެ ނުރައްކާތެރި އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް ނުއުފެދިއްޖެ ނަމަ އެވެ. އެހެންކަމުން، އޮމިކްރޮންއާ އެކު، ކޮވިޑްގެ ވަބާއީ ހާލަތު މުޅިން ނިމުމަކަށް އަންނާނެކަން ކަށަވަރުކަމާ އެކުގައި ބުނަން އަދި މާ އަވަސް ކަމުގައި ޑރ. ފައުޗީ ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން ސިޓީން، ޑިސެމްބަރު 2019 ގައި ކޮވިޑް ބަލި ފެށުނު ފަހުން ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު، ކޮވިޑް ޖައްސާ ވައިރަހަށް ތަފާތު ބަދަލުތައް އައިސް، ކޮވިޑް ވައިރަހުގެ ތަފާތު ބާވަތްތައް ވަނީ އުފެދިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް އެންމެ ނުރައްކާތެރި ބާވަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، އިންޑިއާ އިން އުފެދުނު ކަމަށް ބެލެވޭ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހެވެ.
ޑރ. ފައުޗީ ވިދާޅުވި ގޮތުގައި އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުން ބަލި ޖެހިގެން ހާލަތު ގޯސް ނުވެ ހަށިގަނޑުގައި ދިފާއު އުފެދުމަކީ، މި ބަލި މުޅިން ފޮހެވިގެންދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އަދި އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހަކީ، ކޮވިޑުގެ ގުދުރަތީ ވެކްސިނެއް ކަމަށް ދެކި، އަމިއްލަށް ކޮވިޑް ޖެހެން މަސައްކަތް ކުރުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ.
ވިލާތުގެ ގައުމުތަކާއި އޭޝިޔާގެ ގައުމުތަކުގައި ވެސް، ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ނަމަވެސް، އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދާ އަޅައި ބަލާއިރު، ބަލީގައި ހާލަތު ގޯސްވެ އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ނިސްބަތް އިތުރެއް ނުވެ އެވެ.
ދުނިޔޭގައި މިހާތަނަށް ވަނީ 335 މިލިއަން މީހުންނަށް ކޮވިޑް ޖެހި 5.5 މިލިއަން މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާނ
20 January 2022
އެންމެ ފަހުން ރާގު ބަދަލުމިވީ އެންމެންނަށް ބަލިޖެހިގެން ދިފާއު އުފެދިގެން ވަބާ ނިމޭނެ ކަމަށް. ވެކްސިންޖަހައިގެން ވަބާ ނިމޭނެ ކަމަކަށްނޫން.
ރރރރރ
20 January 2022
"ނަމަވެސް އެގޮތަށް ކަންތައް މެދުވެރިވާނީ، މިހާރު ކޮވިޑް ފަތުރާ ވައިރަހުގެ ބާވަތްތަކަށް ވުރެ ނުރައްކާތެރި އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް ނުއުފެދިއްޖެ ނަމަ އެވެ." މިހެން ބުނުމުގެ ބަދަލުގައި ފައުޗީމެން ބުނަންވާނީ، "މިހާރަށްވުރެ ނުރައްކާތެރި އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް ނުއުފެއްދިޖެނަމައެވެ" މިއީ ބިގް ފަރމާސް މަނީމޭކިން މެޝިން. އަހަރެމެންދަންނަން ކަލޭމެންގެ ނުބައިނުލަފާކަން.
ބީރުބޮލު ވަޒީރު.
19 January 2022
ފައުޗީ ނުބުންޏަސް އަހަރުމެނަށް ވެސް އެނގޭ ކޮންމެ ކަމަކަށް ނިމުން އަންނާނެކަން. ތިއަޖެހި ވެކުސިނުން ވީކަމެއް ބުނެބަލަ. ބަލީގައި މަރުވި މީހުނަށްވުރެ ލޮކްޑައުންގަ ބަނޑަށް މަރުވި މީހުން ގިނަ. ބަޔަކު މުއްސަނދި ވިއަސް ފަގީރުންގެ ހާލަތު ވަރަށް ގޯސް.
އިސްމާޢީލް
19 January 2022
ދުނިޔެއަކީ އިންސާނުން އަމިއްލަޔަށް ހަދައިގެން އައިސްތިބިތަނެއްނޫނެވެ ﷲ އިންސާނުންފޮނުއްވީއްސުރެ ތަފާތުބަލި މަޑުކަމާއި ރޯގާތައް އަބަދުމެހެން ކުރިމަތިވެއެވެ އަދި އެކަންތަކުން އަރައިގަނެވެއެވެ އެކަމަކު އަހަރުދެކޮޅު މިޖެހޭރޯގާތައް ނުޖެހޭމީހެއް ގެެއެއް ހުއްނާނެެހެނެއް ހިއެއްނުވެއެވެ އެހެނޭކިޔައި ވެކްސިންޖެހުމަކުންވެސް މިކަންހައްލުނުވާނެކަން ޑޮކްޓަރުންނަށް އެގިތިބެ ބަޔަކުމުއްސަނދިކުރަން ރޭވިގެން ހިންގާ ޖަރީމާއެކެވެ އެތައް ޕުރެފެސަރުންނާއި ދާއިރާގެ އެތައްބަޔަކު ވައިރަސް އަކީ އަބަދުވެސް ބަދަލުވާއެއްޗެއްކަމުގައި ބުނަމުންދާއިރު އެފަހަތުން 7.9ބިލިޔަން މީހުއްނަށް ދުވެވޭނެތޯ އަހަރަކު ހަޑޯޒްޖެހޭނެތޯ
ހަސަނު
19 January 2022
އޭގެ މާނަ އަކީ ވީހާ ގިނަ ބަޔަކު ބަލިވުން ހައްލަކީ..