އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ޓްރަމްޕާ އެކު އޯވަލް އޮފީހުގައި: ޒިންމާ އަދާނުކުރާ އެންމެންގެ ވަޒީފާ ގެއްލޭނެ ކަމަށް ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2025 - 07:20
އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެ މީހުންގެ މަގާމުގެ ޒިންމާތައް އަދާކުރި ވަރު ސާބިތުކޮށްނުދެވޭ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް އެކްސްގައި މިކަން އިއުލާނުކުރެއްވީ އޭނާއާ ހަވާލުކޮށްފައިވާ ހަރަދު ކުޑަކުރުމުގެ މަސައްކަތުގައި މިހާރަށްވުރެ ހަރުކަށިވާން ޓްރަމްޕް އެދިވަޑައިގަތްތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
"މިދިޔަ ހަފްތާގައި ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރި ކަންތައްތައް ބުނެދޭން އެދި ހުރިހާ ފެޑެރަލް މުވައްޒަފުންނަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އީމެއިލްއެއް ލިބޭނެ. އެޔަށް ޖަވާބު ނުދީފި ނަމަ ބަލާނީ އެއީ އިސްތިއުފާ ހުށަހެޅުން ކަމަށް،" ޓްރަމްޕުގެ ކެމްޕެއިނަށް އެންމެ ގިނަ ހަރަދުކުރި މަކްސް ލިޔުއްވާފައިވެ އެވެ.
މި އީމެއިލްގެ ކޮޕީއެއް އޭއެފްޕީއަށް ލިބިފައި ވާއިރު އޭގައި ވަނީ "މިދިޔަ ހަފްތާގައި ހާސިލްކުރެވުނު ކަންކަން ފަސް ވަރަކަށް ޕޮއިންޓުން ބުނެ ދިނުމަށް" އެދިފަ އެވެ.
އެ އީމެއިލް ފޮނުވާފައިވަނީ ޔޫއެސް އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓް (އޯޕީއެމް) އިން ނެވެ. މި އީމެއިލް އަށް ހޯމަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ޖަވާބު ދޭންޖެހޭނެ ކަމަށް ބުނެފައި ވިޔަސް، ޖަވާބު ނުދީފި ނަމަ އެއީ އިސްތިއުފާ ދިނުން ކަމަށް ބުނެފައެއް ނުވެ އެވެ.
މި ނިންމުމާ އެކު އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އެންމެ ބޮޑު ޔުނިއަން ކަމަށްވާ އެމެރިކަން ފެޑެރޭޝަން އޮފް ގަވަމެންޓް އެމްޕްލޯއީސް އިން ވަނީ މިއީ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުން ކަމަށް ބުނެ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ.
ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް)ގެ ނަމުގައި އިދާރާއެއް ހަދައި އެތަން ހިންގުން މަސްކާ ހަވާލުކޮށްފައި ވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑެތި ނިންމުންތައް އެތަނުން ގެންދަނީ ނިންމަމުންނެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެކި ގައުމުތަކާއި ޖަމާއަތްތަށް ދޭ އެހީތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓުއްތޯންބެ
25 February 2025
ކުރާކަމެއް ބުނެނުދެވޭ ހަމަ އަކަނި ފިންގާ ޖަހާ ދައުލަތުގެ ބޭކާރު ވަޒީފާތައް މަދުކޮށް މި ސަރުކާރުން ވެސް ލަސްނުކޮށް މިފަދަ ވިޔަވަޅުތައް އަޅަން ޖެހޭ .
ލާމަސީލު
23 February 2025
ސަރުކާރު އޮފީސްގަ މާގައްޑާވެލާފަ ފިންގާޖަހާފަ ގެއަށްދާ މީހުން މައިތިރި ކުރަންޖެހޭ. މެމްބަރުންގެ ނިވަލުގަ ތިބެ މިމީހުންނަކާހެދި މަސައްކަތްކުރާ ކުއްޖާވެސް ފޫހިލޮށްލުވާ. ހާޒިރީ ރިޕޯރޓް ފުލަށް ދިޔައީމަވެސް ޕްރޮމޯޝަން ލިބެނީވެސް ލޮލަށްނުފެންނަ މިބައިގަނޑަށް. ފިޔަވަޅެއް އެޅެނީކީނޫން. އޮފީހަށް އަންނަނީ ފިންގާ ޖަހާފަ މެންދުރު. މިއީ މިގައުމުން ނައްތާލަންޖެހޭ ވައިރަހެއް.
ހައްދުންމަތިން
23 February 2025
ޕޮލޮޓިކަލް ޑިރެކްޓަރ ރާއްޖޭގަ ތިކަން ކޮށްފިއްޔާ އަހަރެން ލިޔަންޖެހޭ ތަކެތި މަށައް ވަޒީފާ ހޯދައިދިން މީހާގެ ފިހާރައިގަ ސޭޓުކަން ކުރުން އޭނާގެ ގެޔަށް ބަޒާރުކޮށްދިނުން އެބޭފުޅާ ރަށަށް އަންނަ ދުވަސްދުވަހު އެބޭފުޅާ ބޭނުންވާ ކަންކަން އިންތިޒާމުކުރުން މިވަރުންވެސް 5 ކަންތައް ހަމައެއްނުވި އެހެންވީމާ މަހުން މަހައް މުސާރަނެގުން
ކަލޯގަޔާ
23 February 2025
ތިކަން މިގައުމުގަ ކޮށްފިއްޔާ ދައުލަތައް އަހަރަކު ބިލިޔަނެއް ސަލާމަތްކުރެވޭނެ
ތިރީން
23 February 2025
މުލިޔާގެ، މުރައިދޫގެ، ސަރުކާރު ހަރަދުގަ ހިންގާ ފޮރިން އެންބަސީތަކާ ކޮންސިލޭޓުތައް. މި ތަންތަނުގަ ތިބޭ މުވައްޒަފުން މި ސުވާލެއް ކޮށްލަބަލަ، މިދިޔަ ހަފްތާ ކޮން ކަމެއް ތޯ ކުރީ.
ޜުފިޔާ އޮހުން
23 February 2025
މުޅިރާއްޖެމިދަނީ..މަސައްކަތްނުކޮށް ރުފިޔާ އޮހެން ޖެހޭވިސްނުމަކަށް.. މިއީ ސަރުކާރަށް ސަނާ ކިޔާ އަޅުވެތި ކަމަށް ދިއުން..
މަތީނު
23 February 2025
އަނެއްކާ ޔައުމިއްޔާ ލިޔަން ޖެހުނީ!!!
ޑޮކްޓާރ. ބަނާނާ
23 February 2025
މިރާއްޖެގައި ވެސް ކޮފީމޭޒުތަމުން ނާއި އަދި ހިހޫ ތަނުން ކައިގެން މަސައްކަތަށް ބޭނުންވާ ތައުލީމައި ތަޖުރިބާ އަހުލާގެ ނެތް ޓެކްސް ފައިސާއިން މުސާރަނަގާ އެތަށް ބަޔަކު އެބަތިބި! ޢެސެސްމެންޓެއް ހަދާ ވަކިކުރޭ!
ފުތާބެ
23 February 2025
ތިބުނާ ތައުލީމާ ތަޖުރިބާ ހުރި މީހުންވެސް އުޅެނީ ތިހެން. އަމިއްލަ ވިޔަފާރީ ފަށައިގެން ގިނަވަގުތު އެކަމުގަ. ރައީތަކަށް ލުއިފަސޭހައިން ހިދުމަތެއް ދެވޭނެ ގޮތަކަށް ނޫޅޭ. އަނެއްކާ އޮފީހުގަ އިންނަ ކުޑަވަގުތު ކޮޅުގަވެސް ހިދުމަތް ހޯދަންދާ ބަޔަކަށް އެހާ އީގޯ ދައްކާ. ތައުލީމު ހުއްޓަސް އިޙްލާސްތެރިކަަމާ ތެދުވެރިކަމާ ނެތި އަނެއްމީހާޔަކީ ވެސް ކޮންމެސް އިހުތިރާމެއް ލިބިގެންވާ މީހެއްކަމަށް ނުބަލަންޏާ ނުވާނެ.
ޑރ. ޙުސްދޯރި
23 February 2025
ބަނާނާ ކަލޭ ތިޔަ ބުނީ ރަގަޅު ވާހަކަ. މިގައުމުގެ މަޖިލިސް ސަރުކާރު ކުންފުނި ތައް އަދި ބޯކޮށް މުސާރަ ނަގާ ސިޔާސީ.މަގާމު ތަކުގައި އެތިބީ ވަޒީފާ އަށް ޝަރުތު ހަމަނުވާ މީހުން.