ސެމްސަންގުގެ ސީއީއޯއެއް ކަމަށްވާ ހެން ޖޮންހް-ހީ: އޭނާ ވަނީ ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވެފައި.
25 މާޗް 2025 - 12:03
ދެކުނު ކޮރެއާގެ އިލެކްޓްރޯނިކް ކުންފުނި ސެމްސަންގުގެ ޓީވީ މުޅި ދުނިޔެއަށް މަޝްހޫރުކޮށްދިނުމުގެ މޭސްތިރި، އެ ކުންފުނީގެ އެއް ސީއީއޯ ހެން ޖޮންހް-ހީ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.
ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 63 އަހަރުގައި ހެން މަރުވީ ހާޓް އެޓޭކެއް ޖެހިގެން މިއަދު ކަމަށެވެ.
ސެމްސަންގާ 1988 ވަނަ އަހަރު ގުޅުނު ހާން އަކީ އެ ކުންފުނީގެ މަތީ ފެންވަރުގެ ޓީވީ ސެޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގޫބޫލު އެއްޗަކަށް ހެދުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ.
"ހެން އަކީ ދުނިޔޭގެ ފެންވަރުގެ ސެމްސަންގް އެލްއީޑީ ޓީވީ ދުނިޔެއަށް ދައްކައިދިން ސިކުނޑި،" މިދިޔަ މަހު ސެމްސަންގުން ނެރުނު ހެންގެ ބަޔޮގްރަފީގައި ބުނެފައިވެ އެވެ.
އޭނާގެ އުފެއްދުންތެރި ވިސްނުމުގެ ސަބަބުން ސެމްސަންގަކީ ޓެކްނޮލޮޖީގެ ގޮތުން އަބަދު ކުރީގައި އޮންނަ ކުންފުންޏެއްގެ ޝަރަފް ލިބިފައިވާ ކަމަށް ވެސް އެ ފޮތުގައި ބުނެފައިވެ އެވެ.
ސެމްސަންގް އިލެކްޓްރޯނިކްސް އަކީ ދެކުނު ކޮރެއާގެ މަޝްހޫރު ސެމްސަންގް ގްރޫޕްގެ ފްލެގްޝިޕް ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުނީގެ ބާރު ގަދަ ސެމްސަންގް އާއިލާގައި ހާން އެއް ނުހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy