ސްޕޭސް އެކްސްގެ "ސްޓާޝިޕް" ރޮކެޓް މިއަދު ޓެކްސަސްގެ ސްޓާބޭސް އިން މިއަދު އުދުއްލާސަނީ. -- ފޮޓޯ: އޭއެފްޕީ
28 މެއި 2025 - 06:54
އީލޮން މަސްކްގެ ސްޕޭސް އެކްސް އިން މާސް އަށް ދަތުރުކުރުމުގެ އުންމީދާ އެކު ޓެސްޓުކުރާ ބިޔަ ރޮކެޓް "ސްޓާޝިޕް" އުދުއްސާލިތާ ގިނަ އިރުތަކެއް ނުވެ އޭގެ ކޮންޓްރޯލް ގެއްލި އިންޑިއާ ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.
ސްޓާލިންކުގު ސިމިއުލޭޓާ ސެޓެލައިޓްތަކެއް އޯބިޓަށް ދޫކޮށްލަން ތައްޔާރުވެގެން ރޮކެޓް ފެށި އޭގެ ނުވަ ވަނަ ޓެސްޓް ފްލައިޓްގައި ވެއްޓުނީ ދަތުރު ފެށިތާ ބައި ގަޑިއެއްހާއިރު ތެރޭގަ އެވެ.
ޓެކްސަސްގެ ސްޓާބޭސް އިން ލޯންޗްކުރި މި މިޝަންގެ މަގްސަދަކީ އޯބިޓަށް ވަނުމާއި ރީއެންޓްރީއަށް ސްޓާޝިޕްގެ ގާބިލްކަން އިތުރަށް ކަށަވަރުކުރުމެވެ. މިއީ ދިގު މިނުގައި 403 ފޫޓު ހުންނަ ބިޔަ ރޮކެޓަކަށް ވާއިރު މި މަޝްރޫއުގެ މަގްސަދަކީ މިއީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ އެއްޗަކަށް ހަދައި ޕްލެނެޓްތަކަށް މީހުންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.
ރޮކެޓް އުދުއްސާލީ ޖީއެމްޓީ ގަޑިން ރޭ 11:36 ގަ އެވެ.
ސްޓާޝިޕްގެ "އަޕަ ސްޓޭޖް" ގައި ކުރިއަށް އޮތް ސެޓެލައިޓް ލޯންޗްތަކާއި ޑީޕް ސްޕޭސް މިޝަންތަކަށް ވެހިކަލް ޓެސްޓު ކުރުމަށް ސްޕޭސް އެކްސް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އޯބިޓަށް ދޫކޮށްލުމަށް ހަމަޖެހިފައިވާ އަށް ސްޓާލިންކް ސިމިއުލޭޓާ ސެޓެލައިޓް ގެންދިޔަ އެވެ.
ނަމަވެސް ސެޓެލައިޓްތައް ޑިޕްލޯއީނުވެ ސްޓާޝިޕް ކޮންޓްރޯލުން ނެއްޓި އެނބުރެން ފެށި އެވެ. ސްޕޭސް އެކްސްގެ އިންޖިނިއަރުންނަށް އެ އުޅަނދުގެ ކޮންޓްރޯލް އެ ހިސާބުން ގެއްލި އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ވެއްޓުނީ އެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ރޮކެޓް ސިސްޓަމް އުފައްދާ ސްޕޭސް އެކްސް އަށް މި އަހަރު މައްސަލަތަކާ ދިމާވި ދެ ވަނަ މިޝަނެވެ.
މީގެ ކުރިން ކުރި ދަތުރުތަކުގައި އިންޖީނު ފެއިލްވުމާއި އަލިފާން ރޯވުން ފަދަ މައްސަލަތަކުގެ ސަބަބުން ކެރީބިއަން އާއި އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ރޮކެޓްތައް ވެއްޓިފައިވެ އެވެ. އަދި މި ކަންކަމާ ގުޅިގެން ސްޕޭސްއެކްސް އިން ވަނީ ހާޑްވެއާގެ ގިނަ އިމްޕްރޫވްމަންޓްތަކެއް ގެނެސް ޕްރޮސީޖާތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިބުލޭ
28 May 2025
މޮޔަވާން ނޫޅޭ މަސްކް. މާސް އަކަށް އިންސާނުން ނަކަށް ނުދެވޭނެ. ކީރިތި ޤުރުއާން މިކަމަށް ހެކިދޭ.. އިންސާނުން ދިރިއުޅެން އެންމެ ރަގަޅު ތަނުގަ އިންސާނުން މި ތިބީ.
ޓޮއްގޮއްވާއަލިބެ
28 May 2025
އިންޑިއާ ކަޑުގެ ސަރަހައްދީނޫން ގައުމުތަކުން އިޑިއާކަޑަށް އަޅާ ކުނިބުނަޏާއި ގެއްލުންތައް ބަލާ އެކަށީގެންވާ ޖުރިމައިނާއެއްކޮށް އެފައިސާއިން މިސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރަން މަސައްކަތްކުރާ ޖަމުއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެން ވިސްނަންވީ. އީލޯންމެންގެ ވިޔަފާރީގެ ތަޖުރިބާ ކުރަން ކުރާމަސައްކަތުގެ ކުނިބުނި ޖަންކުޔާޑަކަށް މިސަރަހައްދު ވެގެންނުވާނެ. ލިބޭ ގެއްލުމަށް ޒިއްމާވެސް ވާންޖެހޭނެ.
ޜޮކެޓްގެ
28 May 2025
ހެހެހެހެހެހެ.
ވިންޑީ
28 May 2025
ފުރިހަމަ ކާމިޔާބަކަށް ވާސިލުވެވޭނީ ނާކާމިޔާބުވެސް ތަޖްރިބާކުރެވިގެން. ﷲ އިންސާނާއަށް ދެއްވި އިލްމުގެ ބޭނުން އިންސާނިއްޔަތަށް ފައިދާވާކަންމުގައި ބޭނުން ހިފާތަން ފެނުމަކީ އުފާވެރިކަމެއް. ޓީމް ސްޕޭސް އެކްސް އަށް ކާމިޔާބަށް އެދެން.
ސުންދަރު
29 May 2025
ދުނިޔޭގައި އެތައް މިލިއަން ބަޔަކު ބަޑުހައި ހޫނުކަމުގައި އަދި ފަގީރުކަމުގައި ނިމިގެންދާއިރު، އެތައް ބިލިއަން ޑޮލަރެއް ހުވަފެނެއްގެ ފަހަތުން ދުވެ ބޭކާރުކޮށްލުން ކަލެއަށް ފެންނަނީ އިންސާނިއްޔަތަށް ފައިދާއަށް ކުރާ ކަމެއްކަމަށްތޯ،
ށެަވިޔަނި
28 May 2025
ގޯހެއް ނޫން
ޗޫޤީ
28 May 2025
ދެން މާސްއިން ބާވަތްބާވަތުގެ ފެން ފެނުން ގިނަވޭ.
ފާެެ
28 May 2025
އަލްޙަމްދުލިﷲ
ޖައުފަރީއްޔް
28 May 2025
އިންސާނުން އަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ހުރެއެވެ.