އިނގިރޭސި ވިލާތުގައި މަނާކުރި ޒާރާގެ ދެ އިޝްތިހާރު
07 އޯގަސްޓް 2025 - 05:58
ސްޕެއިންގެ ކްލޯތިން ގްރޫޕް ޒާރާގެ ދެ އިޝްތިހާރެއްގައި މާ ހިކި މޮޑެލް އަކު ދައްކާތީ އެ އިޝްތިހާރުތައް އިނގިރޭސި ވިލާތުގައި މަނާކޮށްފި އެވެ.
އެޑްވަޓައިޒިން ސްޓޭންޑާޑްސް އޮތޯރިޓީ (އޭއެސްއޭ) އިން ބުނީ އެ އޮތޯރިޓީން ފިޔަވަޅު އެޅީ މިދިޔަ މެއި މަހު ޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިޝްތިހާރުތަކާ ގުޅޭ ގޮތުން ޝަކުވާތައް ލިބުމުން އެކަން ބެލުމަށް ފަހުގައި ކަމަށެވެ.
އެއް އިޝްތިހާރުގައި މޮޑެލްއެއްގެ ކޮނޑު ކަށިގަނޑު ވަރަށް ބޮޑަށް ފެންނަން ހުންނައިރު އޭނާ ފޮޓޯއަށް ހުއްޓި ހުންނަ ގޮތުން އަދި މާބޮޑަށް ހިކި ކަމަށް ދައްކަ އެވެ.
އަނެއް އިޝްތިހާރުގައި ވެސް މޮޑެލް ހުންނަނީ އަނަރޫފަކޮށް ކަމަށާއި ހެދުން އަޅާފައި ހުރި ގޮތުން އޭނާގެ ހިކިކަން ވެސް ވަރަށް ބޮޑަށް ހާމަކޮށް ދައްކާފައިވާ ކަމަށް އޭއެސްއޭ އިން ބުންޏެވެ.
ރެގިއުލޭޓަރީ އެޖެންސީން ނިންމީ އެ އިޝްތިހާރުތައް އިޖުތިމާއީ ޒިންމާގެ އުސޫލުތަކާ ހިލާފު ކަމަށާއި އެ އިޝްތިހާރުތައް މިހާރު ހުރި ގޮތަށް ކުރިއަށް އޮތް ތަނުގައި އެހެން އިޝްތިހާރެއް ވެސް ނުދެއްކޭނެ ކަމަށެވެ.
ޒާރާއިން އޭއެސްއޭއަށް ރައްދު ދެމުން ބުނީ އިޝްތިހާރުތަކުގައި ބޭނުންކޮށްފައިވާ މޮޑެލްއަކީ ސިއްހީ ގޮތުން ރަނގަޅު ހާލަތުގައި ތިބި މީހުން ކަމުގެ ލިޔުން އޮންނާނެ ކަމަށާއި އިނގިރޭސި ވިލާތުގައި ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުވެފައި ނުވާނެ ކަމަށެވެ.
ޒާރާއިން ބުނީ ފޮޓޯތަކުގައި އައްޔާއި ކުލަ ކުޑަކޮށް ބަދަލުކޮށްލުން ނޫން އިތުރު ބަދަލެއް ގެނެސްފައި ވެސް ނުވާނެ ކަމަށެވެ. އެކަމަކު ޝަކުވާތަކަށް ބަލައި މިހާރު ވާނީ އިޝްތިހާރުތައް ވެބްސައިޓުން ނަގާފައި ކަމަށް ޒާރާއިން ނެރުނު ބަޔާނުގައި ބުންޏެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކުދުކު
08 August 2025
ފަލަވުން ހިކިވުމެއް ނުން މައްސަލަ އަލީ ! މައްސަލަ އަކީ މާ އަބްރޫފަވުން! ކޮންމެ ކަމެއްގަ ވެސް މެދުމިންވަރު ހިޔާރުކުރަންވީ
ފެޓްސޯ
07 August 2025
އެކަމަކު ކިތަންމެ ފަލަޔަސް މައްސަލައަކަށް ނުވޭދޯ ފަލަވުމަކީ އެތައް އެތައް ބައްޔަކަށް މަގުފަހިވާ ކަމެއް ކެއުން މަދުނުކޮށް ހިކުމަކީ ކުރެވޭނެ ކަމެއް ވެސް ނޫން ގިނަ މީހުން ކެއުން ހުންނަ ގޮތައް ބަލާއިރު
ޏާއްކޮ
08 August 2025
އީޓިންގ ޑިސްއޯޑާ ކިޔާ އެއްޗެއް ދަންނަންތަ