ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން (ކ) އާއި ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ: ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މި ދެ ބޭފުޅުންގެ ބައްދަލުވުމަކަށް ވަނީ ތައްޔާރުވާން ފަށާފައި. -- ފޮޓޯ: އޭއެފްޕީ
19 އޯގަސްޓް 2025 - 05:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލުކުރައްވާފައި ވާއިރު ޕުޓިން އާއި ޒެލެންސްކީގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
ޒެލެންސްކީ އަދި ޔޫރަޕްގެ ވެރިންނާ އެކު ޓްރަމްޕު އިއްޔެ ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކަށްފަހު އޭނާ ވިދާޅުވީ ބައްދަލުވުން ދިޔައީ "ވަރަށް ރަނގަޅަށް" ކަމަށާއި އޭގެ ފަހުން މިހާރު ވަނީ މިދިޔަ ހަފްތާގައި އެލަސްކާގައި ބައްދަލުކުރެއްވި ޕުޓިންއަށް ފޯނުން ގުޅުއްވައި ޒެލެންސްކީއާ އެކު ބައްދަލުވުމެއް ބޭއްވުމުގެ ވާހަކަ ދައްކަވާފައި ކަމަށެވެ.
މި ބައްދަލުވުން ބޭއްވިއްޖެ ނަމަ އެކަން ވާނީ މީގެ ތިން އަހަރާއި ހަ މަސް ކުރިން ރަޝިޔާއިން ޔުކްރެއިންނަށް އަރައި ހަމަލާދޭން ފެށި ފަހުން ޕުޓިން އާއި ޒެލެންސްކީ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.
ވެރިކަމަށް ވަޑައިގަތުމާ އެކު ވަރަށް އަވަހަށް ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނަ ކަމަށް ވައުދުވި ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވާ ގޮތުގައި "ރަޝިޔާ/ޔުކްރެއިން މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިދާނެ ކަމުގެ އުންމީދާ އެކު އެންމެން ވެސް ތިބީ އުފަލުން" ނެވެ.
"ބައްދަލުވުންތައް ނިންމާލަމުން، ރައީސް ޕުޓިން އާއި ޒެލެންސްކީގެ ބައްދަލުވުން ބާއްވާނެ ތާރީހަކާއި ތަނެއް ކަނޑައަޅައި ތައްޔާރީތައް ފެށުމަށް އަޅުގަނޑު ގުޅީ ރައީސް ޕުޓިން އަށް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވީ އެ ދެ ލީޑަރުންނާ އެކު އެމެރިކާއިން ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށެވެ.
ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ބައްދަލުވުން ބޭއްވުމަށް ޕުޓިން އެއްބަސްވެވަޑައިގެންނެވި ކަމަށާއި ނަމަވެސް ތާރީހެއް އަދި ތަނެއް ކަށަވަރު ނުވާ ކަމަށެވެ.
ޒެލެންސްކީ ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕުޓިންއާ ބައްދަލުކުރެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަތީކަލޯ
19 August 2025
ޒެލެންކީ ކޮންމެ މަހަކު އޭނަގަ ދުބާއީ އެކައުންޓަށް ޖަމާ ކުރާވަރު ބަލާފަ އޭނަގެ ހުރިހާ އެކައުންޓެއް ފުރީޒް ކުރަން ގޮވާލަން، ނިކަމެތި ޔޫކުރޭން ރައްޔިތުން ހަނގުރާމައިގެ ކުރިއަށް ނެރި ޔޫރަޕުން އަދި ޔުނައިޓެޑް ސުޓޭޓް އޮފް އިސްރާއީލުން މި ހިންގާ ޖަރީމާ އަށް އަވަސް ނިމުމެއް އަންނާނީ. ޔޫކުރޭންގައި އިންސާފުވެރި އިންތިހާބެއް ބާއްވައިގެން.
ފައިބާފައިބާ
19 August 2025
ޒެލެންސްކީ އަކީ އެއީ ވެރިކަމުގެ މުއްދަތު ހަމަވެފައިވާ މީހެއް އޭނާ ނުޖެހޭނެއޭ ޔުކްރެއިން ރައްޔިތުންގެ ނަމުގައި އެމެރިކާގެ ވަރުގަދަ މިލިޓަރީ ބޭސް އަދި އެމެރިކާ އިން އަގުބޮޑު ހަތިޔާރު ގަނެގެން އޭނާ އަށް ބައި އެޅޭ ގޮތަށް އެކަން ކުރަން އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ހޮވިފައިވާ މީހެކޭ ޒެލެންސްކީ އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީ ޒެލެންސްކީ އަކީ ވެރިކަމަށް ކުފޫ ހަމަނުވާ ފިލްމް ކުޅޭ ޖޯކަރެކޭ އޭނާ ގައި ގައި ނެތޭ ފެންވަރެއް ފައިބާ ފައިބާ
ކިލިޔޯ ޕެޓުރާ
19 August 2025
ޔަހޫދީއަކާ ބައްދަލުކުރާއިރު ވާނެ ވަރަށް ކަންކަމަށް ސަމާލުވާން އިނގޭ
ލައްބާން
19 August 2025
ބިޑެންގެ ޖޯކަރު ޒެލެންކޯ އަކާއި ބައްދަލު ކުރާނެ ކަމެއް ނެތް. ސަބަބަކީ އޭނާ އަކީ ރިޔާސީ ދައުރު ހަމަވެފަ ހުރި ގަދަކަމުން ވެރިކަން ކުރާ ޖައްބާރެއް. ރާޝިޔާ މިހާރު ތިޔަ ދާގޮތަށް ގޮސް އެކޮށް ޔޫކުރޭން ފަތަހަކޮށް ޒެލެންކޯގެ ކިބައިން ޔޫކުރޭން މިނިވަންކޮށް. މުސްތަގީލް އިންތިހާބަކާ ދިމައިލަށް ގެންގޮސް ދެއްވާ.
ދަ އެނަލިސްޓް
19 August 2025
ބައްދަލުކުރުމުން ނިކުންނާނީ ހަމަ ޕުޓިންއާ ޓްރަމްޕްގެ ބައްދަލުވުމުން ނިކުތް ނަތީޖާ. ޕުޓިންއާ ޒެލެންސްކީވެސް ތިބީ ދޫ ދޭގޮތަކަށް ނޫން. ރަޝިއާއިން ހިފާފައިވާ ޔޫކްރޭނުގެ ސަރަހައްދުތައް ރަޝިއާއަށް ދޫކޮށްލުމަށް ޒެލެންސްކީއާ ހުޅަނގުން އެއްބަހެއް ނުވާނެ. ހަމަ މިބީދައިން މިތަންތަން ރަޝިއާއަށް ދޫކޮށްލުމާއި ޔޫކްރޭނު ނޭޓޯގަ ބައިވެރި ނުކުރާނެކަމުގެ ގެރެންޓީ ދިނުމުން ރަޝިއާއިން އޮތީ ހަނގުރާމަ ހުއްޓާލާގޮތަށް.. އެކަމަކު މިއީ އެއްވެސް ފަރާތަކަށް ފަސޭހަކަމެއް ނޫން.