ރަނިލް ހައްޔަރުކޮށްގެން ޖަލަށް ގެންދަނީ: އޭނާގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި މިހާރު ވަނީ އެޑްމިޓްކޮށްފައި --- ފޮޓޯ/އޭއެފްޕީ
23 އޯގަސްޓް 2025 - 19:22
ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.
ރަނިލް އިއްޔެ ހައްޔަރުކުރީ އޭނާ ރައީސްކަމުގައި ހުންނެވިއިރު 2023 ވަނަ އަހަރު އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ދައުލަތުގެ ހަރަދުގައި އިނގިރޭސިވިލާތަށް ދަތުރު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އަންނަ އަންގާރަ ދުވަހާ ހަމައަށް އޭނާ ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން ކޮލަމްބޯގައި ހުންނަ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ރަނިލްއަށް މިއަދު ފަރުވާދޭން ފެށީ ޖަލުގެ ހޮސްޕިޓަލްގައި ފަރުވާގައި ދެވޭ މިންވަރަށް ވުރެ ހާލަތު ގޯސްވުމުންނެވެ. އަދި އިއްޔެ ރަނިލްގެ ބަންދު މުއްދަތު ކޯޓުން އިތުރުކުރުމުން ވެސް އޭނާއަށް ޖަލުގެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
ލަންކާގައި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ރަނިލްއަކީ އޭގެކުރިން ބޮޑުވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރަނިލްއަކީ ފަހުގެ ތާރީހެއްގައި ލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހައްޔަރު ކުރެވުނު ފުރަތަމަ ބޭފުޅާ އެވެ.
ރަނިލް 2022 ވަނަ އަހަރު ރައީސްކަމާ ހަވާލުވެ ވަޑައިގަތީ ލަންކާއަށް ބޮޑު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެ، އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުތުމުން ގޮތަބަޔާގެ ވެރިކަން ވެއްޓުމުންނެވެ.
އެހެންވެ، ލަންކާގެ އިގްތިސާދީ ކާރިސާއިން އޭރު އަރައިގަތުމުގައި ރަނިލްގެ ދައުރު ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
24 August 2025
ދިވެހިރާއްޖޭގަ ކަންކުރާ ގޮތް ކޮޕީ ކުރުން އެހާ ރަގަޅެއް ނޫން. ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ނުކޮށް ސިޔާސީ ގޮތުން ޖެހިލުންވާ މީހާ ފަހަތުން ތިދަނީ. ރާއްޖޭގަ ވެސް ހަމަ މިހެން.
ހައްޖަ.
24 August 2025
މި މީހުން ޖަލަށް ލާއިރަށް މިވާ ގޮތެއް ހުރިހާ ގައުމް ތަކުގަވެސް..އަވަހަށް ނެރެފަ ފިނި ކޮޓަރީ ގަ ބަހަށްޓާ.
ސަސި
23 August 2025
ނަން ވާނީ ގާސިމް އިބްރާހިމް
ސޭޓު އަންހެނުންގެ ފިރިމީހާ
24 August 2025
އަހަރެން ޖެއްސީ ފޭކު، ދެން މީނަ ކޯއްޗެކޯ