18 ނޮވެމްބަރ 2025 - 18:06
ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ އާއި ޕާފޯމަންސް ހިފެހެއްޓުމަށް ބޭނުންކުރާ ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި މައްސަލައަކާ ހެދި މުޅި ދުނިޔޭގައި އެތައް ވެބްސައިޓެއް ޑައުންވެއްޖެ އެވެ.
ޑީޑޮސް ފަދަ ހަމަލާތަކުން ސަލާމަތްކުރުމަށް ބޭނުންކުރާ ކްލައުޑްފްލެއާގެ ހިދުމަތް ބޭނުންކުރާ މަޝްހޫރު އެތައް ވެބްސައިޓަކާއި އެޕްތަކެއް ވެސް ވަނީ މި މައްސަލައާ ހެދި ނުވަދެވޭ ގޮތް ވެފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ވެސް ހިމެނެ އެވެ.
ރާއްޖޭގެ ވެސް އެތައް ވެބްސައިޓަކަށް ވަނީ މައްސަލަ ދިމާވެފަ އެވެ.
ކްލައުޑްފްލެއާ އަކީ އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުންޏެކެވެ. ސައިބަ އެޓޭކްތަކުން ވެބްސައިޓްތައް ރައްކާތެރިކޮށް، ޓްރެފިކަށް ބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ހިދުމަތަށް ހުއްޓުމެއް ނައިސް ވެބްސައިޓްތައް އޮންލައިންކޮށް ހިފެހެއްޓުމުގައި ކްލައުޑްފްލެއާ އެހީތެރިވެ އެވެ.
އެ ކުންފުނިން ބުނީ ކްލައުޑްފްލެއާ ޑޭޝްބޯޑާއި އޭޕީއައި ވެސް ފެއިލްވެ "އެރާ 500" ގެ މެސެޖު އެތައް ކަސްޓަމަރުންނަކަށް ލިބެމުންދާކަން އެނގިފައިވާ ކަމަށެވެ. މި މައްސަލަ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވުން އެކަށީގެންވާ ކަމަށާއި މައްސަލަ ދިމާވެގެން އުޅޭ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ނެރުނު އަޕްޑޭޓެއްގައި ބުންޏެވެ.
މައްސަލަ ދިމާވެގެން އުޅޭ ސަބަބެއް ވެސް އަދި ނޭނގޭ ކަމަށް ބުންޏެވެ.
މި މައްސަލަ ދިމާވެފައިވާ ވެބްސައިޓްތަކުން "އިންޓާނަލް ސާވާ އެރާ އޮން ކްލައުޑްފްލެއާސް ނެޓްވޯކް" މެސެޖެއް ލިބެ އެވެ. އަދި ކުޑަ އިރުކޮޅަކުން އަލުން ހިދުމަތް ލިބޭތޯ ބެލުމަށް ބުނާ މެސެޖެއް ވެސް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫކޭ
18 November 2025
އެމްޑީޕީހުންނައް އެނގޭނެ ތިކަން ހައްލު ކުރަން. މިދިޔަ 5 އަހަރު ގައުމު އޮތީ ހުސްކޮއްލާފަ
2025
18 November 2025
ޢަހުން ހިތަށް އެރީ އަހުންގެ ފޯން މަައްސަލަކަމަށް ކިރިޔާ ފޯން އެއްލާނުލެވުނީ...... ބޮއިހަލަކި
ފަެު
18 November 2025
މި ރާއްޖޭގައި އައިޓީ މީހުންނަކީ އެއްވެސް ބައެއް ނޫން. އެކަމް ކަމެއް ދިމާވެއްޖެނަމަ ދުނިޔެ އެބަހުއްޓޭ.
ކުެްްްްްްްްްްްްްްްްްްުެުެުުެުެެުުެުެުެުެުެުެުެުެެުުެެުެްްް
18 November 2025
ކްލައުޑްފެލެއަރ އާ ރާއްޖޭގެ އައިޓީ މީހުންނާ ގުޅުމެއް އޮތީމަތަ ތިހެން ތިބުނީ؟؟
ކިޑާޑު
18 November 2025
ގެޓުވެލް ސޫން
އަހމަދް
18 November 2025
ހައު ޔޫ ސަވައިވް މޭން...
މަންސާ
18 November 2025
ހަބު އައިމާ ތިހެންނުވާނެ.
މހއމ
18 November 2025
ހަބު އަންނަ ވާހަކަ ބުނި ފަހުން ވީ ކަމެއް. އަދި އައިމަ ކިހާވަރެއް ވާނެ؟