ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގް: އޭނާގެ ކެބިނެޓް ބްރީފިންތައް ވަނީ ލައިވްކުރަން ފަށާފައި.
17 ޑިސެމްބަރ 2025 - 13:59
ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގުގެ ބްރީފިން ސެޝަންތައް ލައިވްސްޓްރީމްކުރަން ފަށާފައި ވާއިރު އެއީ މުނިފޫހިފިލުވަން ނެޓްފްލިކްސް އަށް ވުރެ މާ ރަނގަޅު އެއްޗަކަށް ވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އާންމުކޮށް ރައީސްގެ ޕޮލިސީ ބްރީފިންތައް ބާއްވަމުން ދިޔައީ ސިއްރު ކަމެއްގެ ގޮތުގައި ނަމަވެސް މި ބްރީފިންތައް ލައިވްކުރަން ފެށީ "ޑައިރެކްޓް ޑިމޮކްރަސީ" އަށް ބާރު ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.
މިއީ ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކޮށް މަގާމުން ދުރުކުރި ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ސަރުކާރުގެ ސިޔާސަތާ ވަރަށް ބޮޑު ތަފާތެކެވެ.
ޖޫން މަހު ރައީސްކަމަށް އިންތިހާބުކުރި ލީ މި ހަފުތާގައި ބޭއްވި ސެޝަނެއްގައި ޖޯކެއްގެ ގޮތުގައި ވިދާޅުވީ މި ލައިވްސްޓްރީމް ބްރީފިންތައް ބައެއް ބެލުންތެރިންނަށް ނެޓްފްލިކްސް އަށް ވުރެ މާ މުނިފޫހިފިލާނެ ކަމަށެވެ.
މި ބްރީންތަކުގައި ސަރުކާރުގެ ބައެއް ވެރިން ދެއްވާ ޖަވާބުތަކާ ގުޅިގެން ރައީށް ލީ އެ އޮފިޝަލުންނަށް ރައްދު ދެއްވާ ގޮތުން އާންމުންނަށް ވަނީ މަޖާ ކަމަކަށް ވެފަ އެވެ.
ކެބިނެޓް ބްރީފިންއެއްގައި ރައީސް ވަނީ "ކަމެއް ނޭނގެންޏާ ނޭނގޭ ވާހަކަ ބުނަންޖެހޭނެ" ކަމަށް ވިދާޅުވެ ކެބިނެޓްގެ ބޭފުޅަކަށް ރައްދު ދެއްވައިފަ އެވެ. "އަސްލު މައްސަލައަކަށް ވާނީ، ދިފާއުވާން ދޮގު ނުވަތަ ފުރިހަމަ ނޫން މައުލޫމާތު ހުރި ރިޕޯޓެއް ހުށަހެޅުމުން" ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
ލީ މިއަދު ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާ މީހުންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ޑިމޮކްރެޓިކްކޮށް ވިސްނާ މީހުން އުޅޭ ގައުމެވެ.
"ވީހާ ވެސް ގިނަ މައުލޫމާތު ހާމަކުރަން ޖެހެނީ އެހެންވެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިމޮކްރާތީ
17 December 2025
ރާއްޖެ ކެބިނެޓު ސެޝަންތައް ލައިވްކުރަން ކެރިދާނެތަ މުއިއްޒު ސަރުކާރަށް. ލާމަރުކަޒު ޗެމްޕިއަންކުރަނީއޭ ކިޔާފައި އެކަން ވެސް ފުނޑާލީ