ފްލޮރިޑާ އަށް އެރި ތޫފާނުގެ ބާރު މިހާރު ވަނީ ކެޓަގަރީ 2 އަށް ވެއްޓިފައި. --ފޮޓޯ:ރޮއިޓާސް
11 ސެޕްޓެމްބަރ 2017 - 13:13
ފްލޮރިޑާ (ސެޕްޓެމްބަރު 11) - އެމެރިކާގެ ފްލޮރިޑާ އަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގައި ހަތަރު މިލިއަން ގެ އާއި ވިޔަފާރި ހިންގާ ތަންތަނުން ކަރަންޓް ކެނޑިފައިވާ ކަމަށ ޔުޓިލިޓީ ކުންފުނިތަކުން ބުނެފި އެވެ.
ހަރިކޭން އިރްމާ ފްލޮރިޑާ އަށް އެރިއިރު ބާރު ހުރީ ކެޓަގަރީ 4 ގަ އެވެ. ނަމަވެސް ފްލޮރިޑާގެ ވެސްޓް ކޯސްޓަށް ތޫފާން ފޯރި އިރު މިހާރު ވަނީ ކެޓަގަރީ 2 އަށް ބާރު ދަށްވެފަ އެވެ.
ފްލޮރިޑާގެ އެންމެ ބޮޑު ޕަވާ ކޮމްޕެނީ، ފްލޮރިޑާ ޕަވާ އެންޑް ލައިޓް (އެފްޕީއެލް) އިން ބުނީ އެ ކުންފުނީގެ 3.2 މިލިއަން ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށެވެ. މީގެ ތެރޭން ގިނަ ތަންތަނަށް އަލުން ޚިދުމަތް ދޭން ހަފުތާތަކެއް ނަގާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފްލޮރިޑާގައި ކަރަންޓުގެ ޚިދުމަތް ދޭ އެހެން ކުންފުންޏެއް ކަމަށްވާ ޑޫކް އެނާޖީ ކޯޕަރޭޝަނުން ބުނީ އިއްޔެ ހަވީރުން ފެށިގެން ހަތަރު ލައްކައެއްހާ ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެމެރާސް ޓަމްޕާ އިލެކްޓްރިކް އިން ބުނީ އެ ކުންފުނިން ޚިދުމަތް ދޭ ތަންތަނުން ވެސް ބައި މިލިއަން ގެއިން ކަރަންޓް ކެނޑޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާތަނަށް ވަނީ 180،000 ގެއިން ކަރަންޓް ކެނޑިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރުމާ
12 September 2017
ސްކައި ނިއުސްއިން ކިޔަނީ އަރމާ، އިރްމާއެއްނޫން.
Shakir
12 September 2017
ދެން ހާދަ ކަންބޮޑުވެގެން މި ނޫސްތަކުން ވެސް އެބައުޅެޔޭދޯ. އެމެރިކާގެ ގެއަކުން ކަރަންޓް ކެޑިގެން އަދި އެއީ މީހަކު ކުރިކަމަކުން ވެސް ނޫން ދޯ. އެކަމަކު އިސްލާމީ ކިތައް ޤައުމުގައި އެމީހުން އަރާ ސުންނާފަތި ކޮއްލައިގެން ކަރަންޓް ކެނޑުނުގޮތަށް ކިތައް އަހަރު ތޯ މިވަނީ ކަރަންޓެއް ފެނެއް ކާއެއްޗެއް ބޯހިޔާވަހިކަމެއް ނެތި ދިރި އުޅޭތާ. ސުކުންތު ކޮޅެއްގައި އުޅެލަން ޖެހުނީމާ ތިޔަ އުޅެނީ ދުނިޔޭގެ އެންމެން ކަންބޮޑުވެގެން. އެމީހުން ވެސް މިފަދަ ކަނަކަން ތަޖުރިބާ ކުރަން ވާނެ ދޯ.
ވިސްނާލީމާ
11 September 2017
އަހަރެން ހިތަށްއަރަނީ އެމެރިކާއަށް ގެއްލުންތައްލިބި ދެރަވަރުކަންކަން ކުރިމަތިވާއިރުވެސް، އެއްވެސްކަހަލަ ދެރައެއް ނުވަނީ ކީތްވެބާއޭ! އަޅެ އަހަރެންނަކީ ހަމަ އެހާ ހިތްހަރުމީހެއްތަ؟! -އިބްރާހީމް-