އިންޑިއާގެ ސްކޫލް ކުދިން ބަންދުކުރީ ބައެއް ކުދިންގެ ފީ ދައްކާފައި ވަނިކޮށް. --ފޮޓޯ:ގެޓީ އިމޭޖަސް
12 ޖުލައި 2018 - 13:25
ނިއު ދިއްލީ (ޖުލައި 12) - ސްކޫލް ފީ ނުދެއްކި ކަމަށް ބުނެ ވެރިރަށް ނިއު ދިއްލީގެ އަންހެން ކުދިންގެ ޕްރީ ސްކޫލެއްގެ 16 ކުދިން ބިންގަރާހުގައި ބަންދުކޮށްފި އެވެ.
ހަތަރު އަހަރުގެ ކުދިން ވެސް ބިންގަރާހަށް ލީ ކަމަށްވެ އެވެ. ނަމަވެސް ސްކޫލް އޮފިޝަލުން ބުނެފައި ވަނީ އެ ކުދިންލީ އެކްޓިވިޓީ ސެންޓަރަކަށް ކަމަށެވެ. އެކަމަކު ބެލެނިވެރިން ބުނެފައި ވަނީ އެ ކުދިން ބަލައި ދިޔަ އިރު ކްލާހުގައި ނެތް ކަމަށާއި އެހެންވެ އެ މީހުންގެ ދަރިން ސްކޫލުން ބަންދުކުރީ ކަމަށެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ބެލެނިވެރިން ބުނެފައި ވަނީ އެ މީހުންގެ ޅަ ދަރިން ހެނދުނު 7:30 އިން 12:30 އަށް ބިންގަރާހުގައި ބަންދުކޮށްފައި ކަމަށެވެ. ބެލެނިވެރިން ބުނެފައި ވަނީ ބިންގަރާސް ހޫނުގަދަ އިރު މިއީ އެ މީހުންގެ ދަރިންނަށް ދިން ވަރަށް ބޮޑު އަދަބެއް ކަމަށެވެ. އެ ކުދިން ނެރުނު އިރު ތިބީ ބަންޑުހައިވެ އަދި ކަރުހިތްކައި ގެންފައި ކަމަށެވެ.
"މިކަމުގައި ޒިންމާވާ މީހުންގެ ނަންތައް ތަހުގީގަށް ފަހު ހާމަކުރެވޭނެ،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ބައެއް ބެނިވެރިން ބުނީ އެ މީހުންގެ ދަރިންގެ ފީ ނުދައްކާ ކަމަށް ބުނެ ބިންގަރާހުގައި ބަންދުކުރީ ފީ ވެސް ދައްކާފައި ވަނިކޮށް ކަމަށެވެ.
"ފީ ދެއްކި ކަމުގެ ލިޔުން ދެއްކީމާ ވެސް ސްކޫލްގެ ޕްރިންސިޕަލް މައާފަށް އެދިފައެއް ނުވޭ،" އެއް ބެލެނިވެރިއަކު އެންޑީޓީވީ ވެބްސައިޓަށް ބުންޏެވެ.
ދިއްލީ ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް އިން ވަނީ މި މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެކުސް
13 July 2018
ހުރިހާ ކަމެއްގަ އެންމެ ކުރީގަ އިންޑިޔާ އެއްނޫން ދިވެހިރާއްޖެ
ސިފްލީން
12 July 2018
ހޫހޫ ޗީޑި އުޅޭގޮތެއް ޑިމޮކުރާސީ ތިޔަހުރީ އެންމެ މައްޗަށް އަރާފައި އަަދިވެސް ރާއްޖެއާދޭ ހައްޤުތައް ކިޔައިދޭން
އީމަން
12 July 2018
އިންކްރެޑިބަލް އިންޑިޔާ... އިންޑިޔާ އެއްނު ހުރިހާ ކަމެއްވެސް އެއްމެ ކުރީސަފުގަަ