ދުނިޔެ / ކޮވިޑް-19

ފައިޒާގެ ވެކްސިން ވަރަށް ކާމިޔާބު

09 ނޮވެމްބަރ 2020 - 19:10

38 comments

މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19އާ ދެކޮޅަށް އެމެރިކާގެ ފައިޒާ ކުންފުނިން ތައްޔާރުކުރި ވެކްސިން ވަރަށް ކާމިޔާބުކަމަށް، ތިން ވަނަ މަރުހަލާގެ އަޖުމަބެލުމުން ދައްކައިފި އެވެ.

ފައިޒާ އާއި ޖަރުމަނުގެ ބައޮއެންޓެކް ގުޅިގެން އީޖާދުކުރި ވެކްސިންގެ ޓެސްޓްތައް 43،500 މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދާ އަޖުމަބެލުމުގެ ފުރަތަމަ ދިރާސާއިން ދައްކަނީ، ފައިޒާ އިން ބުނި ގޮތުގައި، ވެކްސިން ދޭ މީހުންގެ 90 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސްގެ ދިއާފު އުފެދޭ ކަމަށެވެ.

ދެ ކުންފުނިން ސިފަކުރި ގޮތުގައި މިއީ "އިންސާނިއްޔަތާއި ސައިންސަށް ވަރަށް ބޮޑު ދުވަހެކެ"ވެ.

ފައިޒާއިން ނެރުނު ބަޔާނެއްގައި ބުނީ ހަ ގައުމެއްގައި ކުރިއަށް ގެންދިޔަ ވެކްސިނުން ރައްކާތެރިކަމާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

މި ވެކްސިން ނޫނަސް ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިންތައް މިހާރު އުޅެނީ ތިން ވަނަ މަރުހަލާގެ ޓެސްޓްތަކުގަ އެވެ. އެކަމަކު މިއީ އޭގެ ފުރަތަމަ ނަތީޖާއެއް ލިބުނު ފުރަތަމަ ވެކްސިނެވެ.

މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 1.2 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. މިހާރު ވެސް ޔޫރަޕާއި އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ދުވާލަކު އެތައް ހާސް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެވެ.

ކޮރޯނާވައިރަސްއިން ސަލާމަތްވެވެން އޮތީ، ސައިންސްވެރިން ބުނާ ގޮތުގައި، ވެކްސިނެއް ނުވަތަ ބޭހެއް ލިބިގެންނެވެ.

ފައިޒާ އިން އުއްމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން 1.3 ބިލިއަން ޑޯޒް ބާޒާރަށް ނެރެވޭނެ ކަމަށް ވެސް، ދުނިޔޭގެ އެންމެ ބޮޑު އެއް ބޭސް ކުންފުނިން ލަފާކުރެ އެވެ.

ދެ ޑޯޒުގެ ވެކްސިނެއް

ފައިޒާގެ ވެކްސިންގެ ދެ ޑޯޒެއް، ތިން ހަފުތާގެ ދުރުމިނެއްގައި ދޭން ޖެހެ އެވެ. އެމެރިކާ އާއި ޖަރުމަނާއި ތުރުކީ އާއި ބްރެޒިލް އާއި އާޖެންޓީނާ އާއި ސައުތު އެފްރިކާގައި ކުރިއަށް ގެންދިޔަ އަޖުމަބެލުމުން އެނގުނީ ދެ ވަނަ ޑޯޒް ދޭތާ ހަފުތައެއްގެ ތެރޭގައި 90 ޕަސެންޓް މީހުންނަށް ކޮރޯނާވައިރަހުން ރައްކާތެރިވެވޭ ކަމެވެ.

އެކަމަކު މި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 80 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާތީ، ވެކްސިން އުފުލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ފައިޒާ އާއި ބައޮއެންޓެކްގެ ވެކްސިންގައި ބޭނުންކުރީ މީގެ ކުރިން އަދި އެއްވެސް ވެކްސިނެއް ތައްޔާރުކޮށްފައިނުވާ އުކުޅެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.

"މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި މައްސަލަ އިން ސަލާމަތްވާން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ އިންސާނުންނަށް ބޭނުން ޖެހިފައި އޮތް ވަސީލަތެއް ހޯދައިދިނުމުގައި އަހަރެމެންނަށް ވަރަށް މި އެޅުނީ ވަރަށް މުހިންމު ފިޔަވަޅެކެވެ،" ފައިޒާގެ ޗެއާމަން އަލްބާޓް ބޯލާ ވިދާޅުވި އެވެ.

މިއީ އަދި އަޖުމަބެލުމުގެ އެންމެ ފުރަތަމަ ނަތީޖާ އެވެ. މި ދިރާސާ ބިނާކުރީ ވެކްސިން ދިން 94 މީހުންގެ މައުލޫމާތުގެ މައްޗަށެވެ. އެހެންކަމުން ވެކްސިންގެ އަސްލު އަސަރު ހުރި މިންވަރު އެނގޭނީ މުޅި ދިރާސާގެ ފަހުގެ ނަތީޖާ އިންނެވެ. އެކަމަކު މިހާރު އެނގުނު މިންވަރަކީ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށް، ސައިންސްވެރިން ބުނެ އެވެ.

"މި ހަބަރުން އަހަންނަށް އެއް ކަންފަތުން އަނެއް ކަންފަތާ ހަމަޔަށް ހިނިތުންވެވިއްޖެ،" އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ޕީޓާ ހޯބީ ވިދާޅުވި އެވެ.

38 ކޮމެންޓް, 140 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެގޭތަ ......

10 November 2020

ފާއިޒާ ވެކްސިންގެ މޮޅުތަނެއް ނެތޭ. 3 ހަފްތާ ވާއިރު އަމިއްލަ އަށް ރަގަޅުވޭ..

The name is already taken The name is available. Register?

ކަމަނަ

10 November 2020

އަހަރެން ހީކުރީ ރާއްޖެއިން ވެކްސިނެއް އުފެއްދީ ކަމަށް ހެޑިން ކިޔާލާފަ ފާއިޒާ އިނީމަ

The name is already taken The name is available. Register?

ނަޒޫބަންގާ

10 November 2020

ފާއިޒާ އެއްނޫން މިއީ. މިއީ ފައިޒަރ. ބޭސް އުފައްދާ މަޝްހޫރު ކުންފުންޏެއް.

The name is already taken The name is available. Register?

ވަޑި މޯޑޭ

10 November 2020

ރަޝިޔާއިން މިހާރު ވެކްސިން ދީވެސް ނިންމައިފި މިހާރު މީ މާމޮޅު ވާހަކައެއްނޫން

The name is already taken The name is available. Register?

Leah4sci

10 November 2020

ކޮބާތައް ރާއްޖޭގެ އިލްމު ވެރިން ހެދި ވެކްސިން. އެވެކްސިންގެ ވާހަކަ ނުދައްކަނީ ކީއްވެ.

The name is already taken The name is available. Register?

ފީސަބްނަމް

10 November 2020

ޝައްކެއްވެސް ނެތް ފައިޒާއަށް މި ވެކްސިން މި އުފެއްދުނީ އިލްމުވެރިން ރެއާ ދުވަލު ކުރި ދުއާގެ ސަބަބުން. ކޮން ޖެނެޓިކް ބެނެޓިކް ކޯޑެއްތަ.

The name is already taken The name is available. Register?

organic chem

10 November 2020

އެވެކްސިން ވަނީ އަފްއާނިސްތާން އަށާއި ސޮމާލިޔާ އަށް ފޮނުވާފަ. އެތާ ތިބޭ އިލްމު ވެރިން އެވެކުސިން ބެލުމަށް ފަހު ރާއްޖޭގެ އިލްމްވެރިންނަ އަންގާނެ ހަދަންވާ ގޮތެއް.

The name is already taken The name is available. Register?

Customer Success Specialist

10 November 2020

ބަޔަކު މޮޅު އެއްޗެއް ހޯދާ އިރަށް ބުނާނެ ތީގެ ވާހަކަ އެބައޮތޭ މާކުރިން އެގިފަ، އަބަދުވެސް ކަމެއް ނުކޮށް ފޮނި ބޯން އުޅޭ ގުރޫޕް މިއީ

The name is already taken The name is available. Register?

ގަމަރުއްތަ

09 November 2020

މިހާދުވަހު މިހިފޭއްޓީ ފާއިޒާކުރީމުން. ވަރަށް އިތުބާރުހިފޭކުރީމެއް. ދެން މިއޮތީ ފާއިޒާ ވެކްސިން. ހަމަ އެހާ ކާމިޔާބުވާނެކަމަށް ބެލެވެނީ.

The name is already taken The name is available. Register?

ގަމްރިއްޔާ

10 November 2020

ގަމަރުއްތަ އަހަރެންގެ މުޅި ދުވަސް އުޖާލާ ކޮށްދީފި. ހީހީގޮސް ކަރަށް ތަދުވެއްޖެ. :ޑ

The name is already taken The name is available. Register?

ވަރަށްވެސްގަމަރު

10 November 2020

ތިޔަކިޔާ ފާއިޒާކްރީމް އުފައްދާ މީހުންގެ ވާހަކައެއް ނޫން އެދައްކަނީކީ. މިލިއުމުގައި އެކިޔާ ފައިޒަރގެ ސްޕެލިންގއަކީ ޕީއެފްއައިޒެޑްއީއާރް

The name is already taken The name is available. Register?

ރީތި މޫސަ

09 November 2020

ކޮރޯނާ ވައިރަސް ރާއްޖޭގަ ތަފާތު ވެކްސިން ބޭނުންވާނެހެނެއް ހިޔެއްނުވޭ މިހާރު ނޮވެމްބަރ 11 ގަ ކުޑަކޮންއެއްވެލާ ޕާކުތަށް ހުޅުވާލަންވީމަ އެއްވެވޭ އަދަދުއިތުރުކޮށް ވަގުތު ގިނަކޮށް ބަލިނެތްތަނެއްގޮތަށް މިދަނީ ބަދަލުވަމުން

The name is already taken The name is available. Register?

ނިޒާމު

09 November 2020

އަވަހައް ދުބާއީގެ ވުޖޫދުގަ ނެއް ކުންފުޏަކަށް އެޑްވާންސް އަށް ލާރިދީ މި ވެކްސިން ރާއްޖެ ގެނަން.

The name is already taken The name is available. Register?

ށާޑުބޭ

09 November 2020

ހިސާބަށްވުރެ ގަމާރުވީމާ ވާނީ އެހެން.

The name is already taken The name is available. Register?

އުދުހޭ

09 November 2020

ހާޖަރާ ވެކްސިން ކިހިނެތްވާނެބާ

The name is already taken The name is available. Register?

ނަޝީދު.

09 November 2020

މިކަންވެސް މިކުރީ ހަމަ އެއްކަލަ އެމެރިކާއިން އިޒްރޭލު މީހުންގެ ލާރިޔާ ޓެކްނޮލޮޖީގަ ތަ؟ މެދު އިރުމަތީ މީހުން މި ވެކްސިން ޖަހާނެ ބާ؟

The name is already taken The name is available. Register?

މަރީނާމުހުރީ23

09 November 2020

އެމެރިކާވިޔަސް އިޒްރޭލްވިޔަސް ރަގަޅުކަންކަން ރަގަޅުވާނެ. ވައިބާއަކީ އިޒްރޭލުގެ އުފެއްދުމެއް. ޝޭހު ބޭނުންކުރޭ. މިވެކްސިން ކީއްވެބާ ބޭނުންނުކުރާންވީ؟ ގިނަފޯނު ތަކަކީ އެމެރިކާގެ ޓެކްނޮލޮޖީ. އެންޑްރޮއިޑްވެސް، އެޕަލްވެސް، އެކަމަކު ޝޭހައް ކަމުދޭ. ނަފްރަތުހުއްޓުވަން އެބަޖެހޭ.

The name is already taken The name is available. Register?

ީަހަދީ

10 November 2020

އއއޓާރކިޝް ދަރިކޮޅުގެ ޖަރމަން ދެމީހުންގެ މަސަތްކަތް

The name is already taken The name is available. Register?

ޒިންދަގީ

09 November 2020

އިންޝާﷲ

The name is already taken The name is available. Register?

އިބްރާހިމް6684

11 November 2020

ވައިބާ އެއީ ޖަޕާނުގެ އުފެއްދުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454