ދުނިޔެ

ޖޯޑަންގެ ސިފައިންގެ ވެރިޔާ އާއި ޕްރިންސް ހަމްޒާއާ ދެމެދު ހޫނުގަދަ ޒުވާބެއް

ދެހާސް ހަތަރު ވަނަ އަހަރު ބޭއްވި ޕްރިންސް ހަމްޒާ (ވ-2) ގެ ކައިވެނީގެ ހަފުލާގައި ރަސްގެފާން އަބްދުﷲ (ކ) އާއި ކްއީން ރާނިއާ އަދި ހަމްޒާގެ މަންމާފުޅު ކްއީން ނޫރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އައްމާން (އެޕްރީލް 7) - ޖޯޑަންގެ ސިފައިންގެ ވެރިޔާ އާއި ޕްރިންސް ހަމްޒާއާ ދެމެދު ހޫނުގަދަ ޒުވާބެއް ހިނގާ އޯޑިއޯ ރެކޯޑިންއެއް އާއްމުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާއްމުވެފައިވާ އޯޑިއޯ އިން އިވޭ ގޮތުގައި ޓްވީޓް ކުރުން ހުއްޓާލައި އާއިލީ ބައްދަލުވުންތައް މަދު ކުރުމަށް ސިފައިންގެ ވެރިޔާ، ޖެނެރަލް ޔޫސުފް ހުނެއިތީ އެދިވަޑައިގަތުމާ އެކު ޕްރިންސް ވަނީ "ކާރަށް އަރައިގެން މި ތަނުން ދިއުމަށް" ސިފައިންގެ ވެރިޔާ އަށް އަންގަވައިފަ އެވެ.

"އަހަރެންނަކީ ޖޯޑަންގެ މިނިވަނެއް. މިއީ އަހަރެންގެ ބައްޕަ (ކިންގް ހުސައިން) ގެ ދަރިއެއް،" ޕްރިންސް ވިދާޅުވެ އެވެ. "އަހަރެން ބޭނުން ބަޔަކާ އެކު އުޅުމަކީ އަހަރެންގެ ހައްގެއް. މި ގައުމުގެ ރައްޔިތުންނާ އެކު އުޅުމާއި ގައުމަށް ޚިދުމަތް ކުރުމަކީ ވެސް އަހަރެންގެ ހައްގެއް. ބައްޕަގެ މަރުމަތީގައި ވެސް އަހަރެން ވަނީ އެކަމަށް އަހުދުވެފައި."

ސަރުކާރަށް ފާޑުކިޔާ ބައްދަލުވުންތަކުގައި ބައިވެރި ނުވުމަށް ހުނެއިތީ ވަނީ ޕްރިންސަށް އިންޒާރު ދެއްވައިފަ އެވެ.

"އަޅުގަނޑާއި ތިޔަ ބޭފުޅާ އަށް ވެސް އެނގޭނެ މި ވާހަކަތައް މިހާރު ރަތް ރޮނގު ހުރަސްކޮށްފިކަން،" ސިފައިންގެ ވެރިޔާ ވިދާޅުވި އެވެ. "އެހެންވެ މިއަދުން ފެށިގެން މި އަންގަނީ ބައްދަލުވުންތައް ނުބޭއްވުމަށާއި ޓްވީޓް ކުރުން ހުއްޓާލުމަށް."

އެ ވަގުތު ހުނެއިތީގެ ކާރު ގެނައުމަށް ގާޑުންނަށް ހަމްޒާ އަމުރު ކުރައްވާ އަޑު ރެކޯޑިން އިން އިވެ އެވެ.

"މަނިކުފާނަށް ތި ހުންނެވުނީ ހުސައިންގެ ގެކޮޅުގައި. އަޅުގަނޑުގެ ގެއަށް ތި ވަޑައިގެންނެވީ ބިރުދައްކަންތޯ،" ޖޯޑަންގައި 1952-1999 އަށް ރަސްކަން ކުރެއްވި ހުސައިން އަށް އިޝާރާތް ކުރައްވައި ހަމްޒާ ސުވާލު ކުރެއްވި އެވެ.

ޖޯޑަންގެ ރަސްގެފާން އަބްދުﷲ (ވ) އާއި ސިފައިންގެ ވެރިޔާ ޖެނެރަލް ޔޫސުފް ހުނެއިތީ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ހުނެއިތީ ވިދާޅުވީ އޭނާ ވަޑައިގެންނެވީ ޕްރިންސް ހަމްޒާ އަށް ބިރުދައްކަން ނޫން ކަމަށާއި ޖޯޑަންގެ ސަލާމަތީ އެންމެ އިސް ފަރާތްތަކުގެ މެސެޖެއް ހިއްޕަވައިގެން ކަމަށެވެ.

"ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސް ކަންކަން ފެއިލްވީމާ އޭގައި އަޅުގަނޑު ކުރާނެ ކަމެއް ނެތް. ތިޔަ ބޭފުޅާ ވަޑައިގެން އަޅުގަނޑަަށް ތިޔަ ދަންނަވާނީ ކިޔަމަންވާށޭ،" ޕްރިންސްގެ އަޑުގަދަވަމުން ދިޔަ އެވެ.

"މަނިކުފާން، މީގެ 20 އަހަރު ކުރިން ތިޔަބޭފުޅާ ކޮބައިތޯ. އަޅުގަނޑަކީ އޭރު މި ގައުމުގެ ވަލީ އަހުދު. އެކަން އަޅުގަނޑަށް ހަމަޖެހުނީ ބައްޕަގެ އަމުރަށް. ހުވާކޮށްފައި ބުނަން މި ގައުމަށް އަޅުގަނޑު ޚިދުމަތް ކުރާނަން."

ހަމްޒާ ވަނީ ދެން ފަހަރަކުން އެ ގެއަށް ވަޑައިގެން އޭނާ އަށް ބިރު ނުދެއްކުމަށް ސިފައިންގެ ވެރިޔާ އަށް އިންޒާރު ދެއްވައިފަ އެވެ.

ޝާހީ ވެރިކަމުގެ އަމުރަކާ އެކު ގޭބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ ޕްރިންސް ހަމްޒާ އާދިއްތަ ދުވަހު ވަނީ ވީޑިއޯއެއް އާއްމު ކުރައްވައިފަ އެވެ. ނަމަވެސް ހޯމަ ދުވަހު ވަނީ ރަސްގެފާން އަބްދުﷲ އަދި ބޭބޭފުޅާ އެކު ސުލްހަވާން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ގަނޑުވަރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ޕްރިންސް ހަމްޒާ އަކީ ކާކު؟

ޕްރިންސް ހަމްޒާ، 41، އަކީ ހުސައިން ރަސްގެފާން އާއި އެމެރިކާ އަނބިކަނބަލުން ކުއީން ނޫރުގެ އެންމެ ދޮށީ ދަރިކަލުންނެވެ. ހަމްޒާ އަކީ ޔޫކޭގެ ހެރޯ ސްކޫލް އަދި ބްރިޓިޝް ރޯޔަލް މިލިޓަރީ އެކަޑަމީގެ ގްރެޖުއޭޓެކެވެ. އޭނާ ވަނީ އެމެރިކާގެ ހާވަޑް ޔުނިވާސިޓީން ވެސް ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަދި ޖޯޑަންގެ އަސްކަރިއްޔާގައި ވެސް ވަނީ ޚިދުމަތް ކުރައްވައިފަ އެވެ.

ޖޯޑަންގެ ވަލީ އަހުދުގެ މަގާމު ޕްރިންސް ހަމްޒާ އަށް ދެއްވީ 1999 ވަނަ އަހަރު އެވެ. އެއީ ހުސައިން ރަސްގެފާން އެންމެ ލޯބިފުޅު ދަރިކަލުން ކަމަށްވެ އެވެ. ރަސްގެފާން ހުސައިން ސިފަ ކުރައްވާފައިވާ ގޮތުގައި ޕްރިންސް ހަމްޒާ އަކީ އެމަނިކުފާނުގެ "ލޮލުގެ ނޫރު" އެވެ. ހަމްޒާގެ އަތުން ވަލީ އަހުދުކަން ނެގީ 2004 ވަނަ އަހަރު އެވެ. މިއީ ކުއީން ނޫރް ވަރަށް ހިތްޕުޅާހަމަނުޖެހުނު ކަމަކަށްވި އެވެ. ސަބަބަކީ އެކަމަނާ އުއްމީދުކޮށްގެން ހުންނެވީ ދޮށީ ދަރިކަލުންނަށް ރަސްކަން ލިބޭނެ ކަމަށެވެ.

ފެބްރުއަރީ 1999 ގައި ހުސައިން ރަސްގެފާން އަވަހާރަވުމުން ރަސްކަން ލިބިވަޑައިގެންނެވީ އަބްދުﷲ އަށެވެ. ބައްޕާފުޅުގެ ވަސިއްޔަތާ އެއްގޮތަށް އަބްދުﷲ ރަސްގެފާން ވަނީ ވަލީ އަހުދުގެ މަގާމަށް ޕްރިންސް ހަމްޒާ ހަމަޖައްސަވައިފަ އެވެ. އޭގެ ފަސް އަހަރު ފަހުން 2004 ގައި ޕްރިންސް ހަމްޒާގެ އަތުން ވަނީ ވަލީ އަހުދުކަން ނަގައި، އަބްދުﷲ ރަސްގެފާންގެ ދޮށީ ދަރިކަލުން ހުސައިން، ޖުލައި 2، 2009 ގައި އެ މަގާމަށް ހަމަޖައްސައިފަ އެވެ. އޭގެ ފަހުން ހަމްޒާ ވަނީ ޝާހީ ވެރިކަމާ ދުރަށް ޖެހިވަޑައިގެންފަ އެވެ.

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

10 April 2021

މުޅި ގައުމު އަމިއްލަ ތަރިކަ މުދަލަށް ހަދައިގެން އުޅުން މި އަރަބިން އުޅެން ބޭނުންވާ ގޮތަކީ...

The name is already taken The name is available. Register?

އުދުހޭ

08 April 2021

ކޮން ޕްރިންސެއް ކިންގެއް ކިޔާކަށް. ދެމީހުންވެސް އިސްތިއުފާ ދީފާ އިންތިހާބު ބާއްވާ ވެރިޔަކު ހޮވުން ރައްޔިތުންނަށް ދޫކޮށްލާ. ގައުމާ ރައްޔިތުންނަކީ ވަކި އާއިލާއެއްގެ މުދާގަނޑެއްނޫން.

The name is already taken The name is available. Register?

20000

10 April 2021

ތިޔަ ބޭފުޅުން ސަޕޯޓް ކުރާ އިގިރޭސިވިލާތައްވެސް ތިޔަހެން އަންގަބަލަ. ދެރައީ އިގިރޭސި ވިލާތުގައި އާއިލާ ވެރިކަން ކުރިޔަސް އޯކޭ. ހަމަ ބެސްޓް. އަރަބި ޖޯޑުންގައި އާއިލީ ވެރިކަން ކުރަންޔާ ވީ ބަދަލް ކުރަން

The name is already taken The name is available. Register?

ޖޫލީ

07 April 2021

އަމީރު (ޕްރެންސް) ހަމްޒާ ވާހަކަ ވަރަށް މަޖާވެއްޖެ

The name is already taken The name is available. Register?

1234

07 April 2021

މުޅި އިސްލާމީ އުންމަތް ހަލަކުކުރާ ބަޔަކީ މިވެރިން.. މިމީހުންގެ ފަހަތުން ދިވްހިންވެސް މިދަނީ.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

07 April 2021

ޒުވާބުނުކުރާށޭ. ޒުވާބުކުރާތީއޭ މިގައުމުގެ ކަންކަންވެސް ފާލުންނައްޓައިގެން މިއުޅެނީ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454