ޖޯޑަންގެ ރަސްގެފާން އަބްދުﷲ. --ފޮޓޯ:އޭއެފްޕީ
08 އެޕްރީލް 2021 - 10:45
އައްމާން (އެޕްރީލް 8) - ގަނޑުވަރުތެރޭން "ބަޣާވާތެއް" ގެނެސް ގައުމު ހަލަބޮލިކޮށްލަން މަސައްކަތް ކުރުމުން ލިބިވަޑައިގަތީ ބޮޑު ޝޮކަކާއި ތަދާއި ވޭނެއް" ކަމަށް ޖޯޑަންގެ ރަސްގެފާން އަބްދުﷲ (II) ވިދާޅުވެއްޖެ އެވެ.
"ވޭތުވެދިޔަ ދެތިން ހަތަރު ދުވަހު ހިނގާ ތިޔަ ކަންތައްތަކަކީ ހަމައެކަނި ގައުމުގެ ހަމަޖެހުމަށް ކުރިމަތިވި ކަމެއް ނޫން. އެކަމަކު އެއީ އަޅުގަނޑަށް ވެސް އެންމެ ބޮޑު ވޭނެއް އިހްސާސް ކުރެވުނު ކަންތައް،" ގައުމީ ޓީވީން ފޮނުވި އަބްދުﷲގެ ބަޔާނުގައި ވިދާޅުވި އެވެ.
މިއީ ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ތުހުމަތުކޮށް، އެއްބައްޕާފުޅު ކޮއްކޯފުޅު ޕްރިންސް ހަމްޒާ ބިން ހުސައިން ގޭބަންދުކުރި ފަހުން ރަސްގެފާނު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ރަސްގެފާނު އަބްދުﷲގެ ތަގްރީރުގައި ވަނީ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ހަމަނުޖެހުންގަނޑު އުފެދިގެން އައީ ގެއިންނާއި ގެއިން ބޭރުން،" ރަސްގެފާނުގެ މެސެޖުގައިވެ އެވެ.
އަބްދުﷲގެ މެސެޖް އާއްމުކުރި ޕްރެޒެންޓަރު ވަނީ ޕްރިންސް ހަމްޒާ މިހާރު ވަނީ ރަސްގެފާނަށް ބައިއަތު ހިއްޕަވާފައި ކަމަށް ބުނެފަ އެވެ.
"ހަމްޒާ މިހާރު ހުންނެވީ އާއިލާއާ އެކު ގަނޑުވަރުގައި، އަޅުގަނޑުގެ ބެލުމުގެ ދަށުގައި،" ރަސްގެފާނު ވިދާޅުވި އެވެ.
ޝާހީ ވެރިކަމުގެ އަމުރަކާ އެކު ގޭބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ ޕްރިންސް ހަމްޒާ އާދިއްތަ ދުވަހު ވަނީ ވީޑިއޯއެއް އާއްމު ކުރައްވައިފަ އެވެ. ނަމަވެސް ހޯމަ ދުވަހު ވަނީ ރަސްގެފާނު އަބްދުﷲ އާއި ބޭބޭފުޅާ އެކު ސުލްހަ ވާން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ގަނޑުވަރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ޕްރިންސް ހަމްޒާ، 41، އަކީ ހުސައިން ރަސްގެފާނާއި އެމެރިކާ އަނބިކަނބަލުން ކުއީން ނޫރުގެ އެންމެ ދޮށީ ދަރިކަލުންނެވެ. ހަމްޒާ އަކީ ޔޫކޭގެ ހެރޯ ސްކޫލް އާއި ބްރިޓިޝް ރޯޔަލް މިލިޓަރީ އެކަޑަމީގެ ގްރެޖުއޭޓެކެވެ. އޭނާ ވަނީ އެމެރިކާގެ ހާވަޑް ޔުނިވާސިޓީން ވެސް ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަދި ޖޯޑަންގެ އަސްކަރިއްޔާގައި ވެސް ވަނީ ޚިދުމަތް ކުރައްވައިފަ އެވެ.
ޖޯޑަންގެ ވަލީ އަހުދުގެ މަގާމު ޕްރިންސް ހަމްޒާ އަށް ދެއްވީ 1999 ވަނަ އަހަރު އެވެ. އެއީ ހުސައިން ރަސްގެފާނު އެންމެ ލޯބިފުޅުވާ ދަރިކަލުން ކަމަށްވެ އެވެ. ރަސްގެފާން ހުސައިން ސިފަ ކުރައްވާފައިވާ ގޮތުގައި ޕްރިންސް ހަމްޒާ އަކީ އެމަނިކުފާނުގެ "ލޮލުގެ ނޫރެ"ވެ. ހަމްޒާގެ އަތުން ވަލީ އަހުދުކަން ނެގީ 2004 ވަނަ އަހަރު އެވެ. މިއީ ކުއީން ނޫރް ވަރަށް ހިތްޕުޅާހަމަނުޖެހުނު ކަމަކަށްވި އެވެ. ސަބަބަކީ އެކަމަނާ އުއްމީދުކޮށްގެން ހުންނެވީ ދޮށީ ދަރިކަލުންނަށް ރަސްކަން ލިބޭނެ ކަމަށެވެ.
ފެބްރުއަރީ 1999 ގައި ހުސައިން ރަސްގެފާން އަވަހާރަވުމުން ރަސްކަން ލިބިވަޑައިގެންނެވީ އަބްދުﷲ އަށެވެ. ބައްޕާފުޅުގެ ވަސިއްޔަތާ އެއްގޮތަށް އަބްދުﷲ ރަސްގެފާން ވަނީ ވަލީ އަހުދުގެ މަގާމަށް ޕްރިންސް ހަމްޒާ ހަމަޖައްސަވައިފަ އެވެ. އޭގެ ފަސް އަހަރު ފަހުން 2004 ގައި ޕްރިންސް ހަމްޒާގެ އަތުން ވަނީ ވަލީ އަހުދުކަން ނަގައި، އަބްދުﷲ ރަސްގެފާންގެ ދޮށީ ދަރިކަލުން ހުސައިން، ޖުލައި 2، 2009 ގައި އެ މަގާމަށް ހަމަޖައްސައިފަ އެވެ. އޭގެ ފަހުން ހަމްޒާ ވަނީ ޝާހީ ވެރިކަމާ ދުރަށް ޖެހިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަޅިމުޙައްމަދުކަލޭފާނު
08 April 2021
ނުކޯޅޭށޭ. ކޯޅުމަކީ ނިކެމެތިވުމޭ. ދެކުދިން ބަސްއަހައިގެންއުޅޭށޭ.
ތެދު.
08 April 2021
މިއީ ގުރައިޝް ވަންހަ. ކީރިތި ރަސޫލާގެ ސީދާ ދަރިކޮޅުން 41 ވަނަ ޖީލުގެ ކާފަދަރިކަލުން މިއީ ޕްރިންސް ހަމްޒާ އަދި ކިންގް އަބްދުﷲ އަކީ. ހުލްޤު ހެޔޮ މާތް އަދި ސުލްހަވެރި ބައެއް. ނަމަވެސް ވެރިކަމަކީ ފާޑެއްގެ ކަމެއް.
ހިމާރުލްގައުމު
08 April 2021
މިވަގުތަށް ތިޔަކަމެއް ހިނދުނަސް ހީވަނީ ކާމް ބިފޯ ސްޓޯމް ހެން. އިސްލާމީ ހަޝާރަތުގެ މައި ކިއްލާ ޝާމްކަރަ ހިމެނޭ ސަރަހައްދު ސުންނާފަތި ކުރުމުގެ ސިލްސިލާގެ ބޮޅެއް. މުޝްރިކުންގެ މިހާރުގެ ސިޔާސަތަކީ ގަހުގެ ވެރިޔާ ލައްވާ ގަސް ކެނޑުން. ތިކަހަލަ ކިތައެމް "ޕްރިންސް" އިންނާ "ޕްރިންސެސް" އިންނެއް ނުކުންނާނެ އަދި ޑިމޮކްރޮސީގެ ތާޖު ބޮލުގަ އަޅައިގެން. އިހަކަށް ދުވަހު ޕްރިންސެސް ލަތީފާ މިއަދު ޕްރިންސް ހަމްޒާ
ޢަހުމަދުވަގާރު
10 April 2021
ކޮން ކިއްލާއެއް. ކިއްލާއިން ފައިދާ ނުކުރޭ