އިންޑިއާގެ ގާޒީއާބާދުގައި ބަލި މީހުންނަށް ފަރުވާ ދޭން ހަދާފައިވާ ވަގުތީ ފެސިލިޓީއެއްގައި ކޮވިޑުގެ ބަލި މީހަކަށް އޮކްސިޖަން ދެނީ. --ފޮޓޯ:އޭއެފްޕީ
04 މެއި 2021 - 14:41
ނިއު ދިއްލީ (މެއި 4) - އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 މިލިއަން ފަހަނަޅައި ހިނގައްޖެ އެވެ. ނަމަވެސް އެންމެ ފަހުގެ އަދަދުތަކުން ވަނީ ކުޑަ އުއްމީދެއް ގެނެސްދީފަ އެވެ.
ދެކުނު އޭޝިއާގެ ގައުމުގެ ހާލަތު ވަރަށް ގޯހެވެ. ޔޫރަޕާއި އެމެރިކާގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހާފައިވުމުން އެ ގައުމުތަކުގައި ކޮރޯނާވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އިންޑިއާގައި އަދި އެފަދަ ލުޔެއް ދެވޭކަށް ނެތެވެ.
އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު އަންގާރަ ދުވަހު އިންޑިއާ އިން ވަނީ 350،000 މީހުން ޕޮޒިޓިވްވެފަ އެވެ. މިދިޔަ ހަފުތާގައި ޕީކަށް އެރި ދުވަހު ވަނީ 402،000 މީހުން ޕޮޒިޓިވްވެފަ އެވެ.
"ޕޮޒިޓިވްވާ އަދަދާއި މަރުވާ މީހުންގެ އަދަދު އެނަލައިޒްކޮށްފި ނަމަ ކުޑަ އުއްމީދެއް ލިބޭނެ،" ހެލްތު މިނިސްޓްރީގެ ސީނިއާ އޮފިޝަލް ލާވް އަގަރަވާލް ވިދާޅުވި އެވެ.
އިންޑިއާގެ ހެލްތުކެއާ އިންފްރާސްޓްރަކްޗާ އަށް އޮބިނޯންނަ ވަރަށް ޕޮޒިޓިވް ރޭޓް ވަނީ މަތިވެފަ އެވެ. ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި މެޑިކަލް އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.
ނަތީޖާއަކީ ބައެއް ސަރަހައްދުތަކުގައި ފިޔަވަޅުތައް ހަރުކަށި ކުރުމެވެ. ހާލަތު އެންމެ ގޯސް އެއް ސަރަހައްދު ކަމަށްވާ ނިއު ދިއްލީ ލޮކްޑައުންކޮށްފައިވާ އިރު 120 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބިހާރު ސްޓޭޓް އަންގާރަ ދުވަހު ވަނީ ލޮކްޑައުންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކްސް
04 May 2021
މަރުވާ މީހުންގެ ރަސްމީ އަދަދު އެތައް ގުނައެއް މަތިވާނެ ކަމަަށް އެގައުމުގެ އެތައް ބަޔަކު ބުނަމުންދާއިރު މަރުވާ އަދަދު ރަގަޅަށް އެނަލައިޒްކުރެވޭނީ އަސްލު އަދަދު އެނގިގެން. އެހެންނޫނީ އެތިބެވެނީ ނުބައި ރިއަލިޓީއެއްގައި.