21 އޯގަސްޓް

August 21, 2018 1
ރާނީ އާއި އަބީޝެކް އެކީގައި އަލުން ފެންނާނެ

ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން އެކީގައި ކުޅުނު ފިލްމަތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ މަސައްކަތް އަންނަ ނޮވެމްބަރު ފަށަން ނިންމައިިފި އެވެ.

11 އޯގަސްޓް

August 11, 2018
"ދޯސްތާނާ 2" އުފައްދާނީ ތަފާތު ކާސްޓަކާ އެކު

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ދެވަނަ ބައެއް ގެނެސްދޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2018
"ގުލާބް ޖާމޫ" ގައި އައިޝްވާރިޔާ އާއި އަބިޝެކް

ދެހާސް ދިހައެއްގައި ރިލީޒް ކުރި "ރާވަން" އަށް ފަހު، ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

20 އެޕްރީލް

April 20, 2018 4
އަބިޝެކް މައިންބަފައިންނާ އެކު އުޅޭތީ މަލާމާތްކުރަނީ

އަބިޝެކް ބައްޗަންއަކީ އަބަދު ވެސް ވަރަށް ގިނަ ބައެއްގެ މަލާމާތް ރައްދުވާ މީހެކެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް އޭނާއާ ދިމާކުރަނީ އަމީތާބް ބައްޗަންގެ ދަރިއަކަށް ވިޔަސް، އެކްޓް ކުރުމުގައި މާ ގާބިލު މީހަކަށް ނުވާތީ، ކުޅޭނެ ރަނގަޅު ފިލްމެއް ވެސް ނުލިބޭތީ އެވެ.

16 މާޗް

March 16, 2018 1
އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގައި 1،000 ކްރޯޑް

އަމީތާބް ބައްޗަން އާއި އޭނާގެ އާއިލާގެ ތަނަވަސްކަމުގެ ވާހަކަ ދެއްކުމަކުން އެއްގޮތަކަށް ވެސް ހައިރާން ވާނެ ކަމެއް ނެތެވެ. ހުސް ސެލެބްރިޓީން ތިބި މި އާއިލާ އަށް ވަންނަ އާމްދަނީއަކީ އާދައިގެ މީހަކަށް އަންދާޒާ ވެސް ކޮށްލަން ދަތިވާހާ ބޮޑު އަދަދަކަށް ވާނެ އެވެ.

05 ފެބުރުއަރީ

February 05, 2018
އައިޝްވަރިޔާ އާއި އަބީޝެކްގެ ފިލްމު ލަސްވަނީ

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އަށް އަހަރަށް ފަހު އެކުގައި ކުޅެން ހަމަޖެހުނު ފިލްމު ވެސް ފެށުން ލަސް ވެއްޖެ އެވެ. ބޮލީވުޑް ބައެއް ރިޕޯޓްތައް ބުނަނީ މި ފިލްމު އަލުން ފެށިދާނެ ކަމާ މެދު ވެސް މިހާރު ޝައްކު ކަމަށެވެ.

10 ޖެނުއަރީ

January 10, 2018 1
އައިޝްވަރިޔާ އާއި އަބީޝެކް އަމީތާބު ދޫކޮށެއް ނުލާނެ

އަމީތާބު ބައްޗަންގެ "ޖަލްސާ" ބަންގްލޯ ދޫކޮށް އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވަރިޔާ ރާއީ އެމީހުންގެ ދަރިފުޅު ގޮވައިގެން އެހެން ގެއަކަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2017
"ބްލަފްމާސްޓާ"ގެ ސީކުއަލްއެއް އުފައްދަނީ

އަބީޝެކް ބައްޗަން އާއި ރިތޭޝް ދޭޝްމުކް 2005 ގައި ކުޅުނު "ބްލަފްމާސްޓާ" އަކީ ވަރަށް މޮޅު ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ފިލްމުން ވަނީ އަބީޝެކް އާއި ރިތޭޝްގެ އޮތް އެކުވެރިކަން ވެސް ވަރަށް ބޮޑަށް ހާމަވި އެވެ. ފިލްމުގައި ބަތަލާގެ ރޯލު ކުޅެފައިވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ.

26 ސެޕްޓެމްބަރ

September 26, 2017 3
ޖޭޕީ ދައްތާގެ "ޕާލްޓަން" އިން އަބީޝެކް ވަކިވެއްޖެ

ޑައިރެކްޓަރު ޖޭޕީ ދައްތާގެ އާ ފިލްމު "ޕާލްޓަން" ގައި ބައިވެރިވާކަން ޓްވިޓާގައި އިއުލާންކޮށް، އެ ފިލްމުގައި ބައިވެރި ވެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ބުނުމަށް ފަހު، ފިލްމު ފެށެެން ދެތިން ދުވަހަށް ވެފައިވަނިކޮށް ފިލްމުގެ އެއް ބަތަލު އަބީޝެކް ބައްޗަން އެ ފިލްމުން ކުއްލި ގޮތަކަށް ވަކިވެއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2017
ޕްރިޔަންކާ ދޫކޮށްލި ފިލްމް އައިޝްވާރިޔާ އަށް

މަޝްހޫރު ޅެންވެރިޔާ ސާހިރް ލޫދިއަންވީ އާއި ލިޔުންތެރިޔާ އަމްރިތާ ޕްރިތަމްގެ ލޯބީގެ ވާހަކައިގެ މައްޗަށް ބިނާކޮށް ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކުރާ ފިލްމް "ގުސްތާކިޔާ" ގެ ލީޑް ރޯލުން ފެންނާނެ ކަމަށް ކުރިން ބެލެވިފައި އޮތީ އިރްފާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.

22 އެޕްރީލް

April 22, 2017 6
އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ކައިވެންޏަށް މިދިޔަ ބުރާސްފަތި ދުވަހު 10 އަހަރު ވަނީ ފުރިފަ އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އައިޝްވަރިޔާގެ ބައްޕަ މަރުވެފައި ވާތީ ކައިވެނީގެ އުފާ ފާޅެއް ނުކުރެ އެވެ. އައިޝްވަރިޔާ އާއި އަބީޝެކްގެ ފޭނުން ސޯޝަލް މީޑިއާގައި ފޮނުވި ތަހުނިޔާތަކަށް...

18 އެޕްރީލް

April 18, 2017 1
"ލަވް ޕަ ސްކެއާ ފޫޓް" ގައި އަބިޝެކާއި އިރްފާން

ރަންގް ދެ ބަސަންތީ އާއި ޖޯދާ އަކްބަރު ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ރޮނީ ސްކްރޫވާލާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ "ލަވް ޕަ ސްކެއާ ފޫޓް" އަށް އަބިޝެކް ބައްޗަން އާއި އިރްފާން ހާން ސޮއިކޮށްފި އެވެ.

15 އެޕްރީލް

April 15, 2017 1
އައިޝްވާރިއާ އާއި އަބިޝެކް އެކުގައި ސްކްރީނަށް އަންނަނީ

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިއާ ރާއީ އާއި އަބިޝެކް ބައްޗަން ހިމަނައިގެން ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ފިލްމެއް ހަދަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ރަތުނަމް ކުރިން ވެސް ވަނީ މި ދެ މީހުން ލައިގެން ދެ ފިލްމް ޑައިރެކްޓްކޮށްފަ އެވެ.

03 ނޮވެމްބަރ

November 03, 2016 10
ބައްޗަން އާއިލާއިން "އޭ ދިލް ހެ މުޝްކިލް" ބޮއިކޮޓް

އަމީތާބު ބައްޗަންގެ އާއިލާ އާއި ޑައިރެކްޓަރު ކަރަން ޖޯހަރް އަކީ ކުރިން ވަރަށް ގާތް ގުޅުމެއް އޮންނަ ބައެކެވެ. ނަމަވެސް އެ އާއިލާގެ ޅީދަރިފުޅު އައިޝްވަރިޔާ ރާއީ ލައްވާ "އޭ ދިލް ހެ މުޝްކިލް" ކުޅުވިފަހުން ކަރަން އާއި ބައްޗަން އާއިލާގެ ގުޅުން ވަނީ ވަރަށް ގޯސްވެފަ އެވެ.

08 އޮކްޓޯބަރ

October 08, 2016 3
އެންގޭޖްވެފައި އަބީޝެކާއި ކަރިޝްމާ ވަކިވީ ކީއްވެ؟

ބޮލީވުޑްގެ ތަރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި ކަރިޝްމާ ކަޕޫރުގެ ލޯބީގެ ވާހަކަ ފެށިފައިވަނީ އަބީޝެކް ފިލްމީ ދުނިޔެއަށް ވަނުމުގެ ވެސް ކުރިންނެވެ. އެ ދެ ތަރިން ބައްދަލުވެ ގުޅުން ބަދަހިވެގެން ދިޔައީ އަބީޝެކްގެ ދައްތަ ޝްވޭތާގެ ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ.

21 މެއި

May 21, 2016
އަބީޝެކް އައިޝްވަރިޔާ ދެކެ ރުޅިއައީތަ؟

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ އޮތް އައިޝްވަރިޔާ ރާއީގެ އާ ފިލްމު "ސަރަބްޖީތު"ގެ ޕްރެމިއާގައި އައިޝްވަރިޔާގެ މައިންބަފައިންނާއި ބޭބެގެ އިތުރުން ފިރިމީހާ އަބީޝެކް ބައްޗަން އާއި މައިދައިތަ ޖާޔާ ބައްޗަން އަދި ބަފައިބެ އަމީތާބް ބައްޗަން ވެސް ބައިވެރިވި އެވެ.