މިހާރު ސްމާޓް ޑިވައިސްތަކާ އެކު "އަޑޯބީ ފްލޭޝް ޕްލެޔާ" ގެ ބޭނުން ކެނޑުނަސް މީގެ ކުރިން ކޮމްޕިއުޓަރުން ކުރި ކޮންމެ ކަމެއްގައިހެން ފްލޭޝް ބޭނުންވެ އެވެ. ހާސްކަން ބޮޑުވި 2020 ނިންމާލަނީ ފްލޭޝް އަށް ވެސް އަބަދަށް އަލްވަދާއުކިޔަމުންނެވެ.
ފަންސަވީސް އަހަރު ފަހުން "ފްލޭޝް" މަރުވީ އެވެ. ޓެކްނޮލޮޖީ އަށް އައި ކުރިއެރުންތަކާއި ސްމާޓް ޑިވައިސްތަސް އާންމުވިލެއް ބޮޑުކަމުން އޭގެ ބޭނުން ކެނޑުނީ އެވެ. ބޭނުންކުރާ މީހުންގެ އަދަދު ވެސް އެތައް ގުނައަކަށް ދަށަށް ދިޔައީ އެވެ. އެހެންވެ "ފްލޭޝް" އަކީ މި ޒަމާނަށް ފެތޭ އެއްޗަކަށް ނުވާތީ އަޑޯބީން މި ވަނީ 1996 ގައި ވުޖޫދަށް ގެނައި "ފްލޭޝް" ކަފުންކޮށް ވަޅުލަން ނިންމިކަން އިއުލާންކޮށްފަ އެވެ. "ފްލޭޝް" ގެ ނިމުން އަންނާނީ މި މަހުގެ 12 ގަ އެވެ. އެ ތާރީހުގެ ފަހުން އޭގެ ބޭނުން އެއްކޮށް ކެނޑުނީ އެވެ. އަޕްޑޭޓްތައް ލިބުން ވެސް ހުއްޓުނީ އެވެ.
އެހެންވެ ކޮމްޕިއުޓަރު ސާފުކުރާ އިރު، "ފްލޭޝް" ދުއްވައިލުން ނޫން ގޮތެއް ދެނެއް ނޯންނާނެ އެވެ. ބޭކާރު އެއްޗަކަށްވާތީ އެވެ.
އެކަމަކު މިއީ ކުރިން އާންމުކޮށް އެންމެ ގިނަ ބަޔަކު ވީޑިއޯ ސްޓްރީމިން އާއި އޮންލައިންކޮށް ގޭމް ކުޅުމަށް ވެސް ބޭނުންކުރި ސޮފްޓްވެއާކެވެ. އަދި މިއީ އަކީ ވެބް އެނިމޭޝަނާއި، ވިޔަފާރި އިސްތިހާރު އަދި ކާޓޫނާއި އިންޓަރެކްޓިވް މީޑިއާ އުފައްދަން "އޭރު" ކުޅަދާނަ ޕްރޮގްރާމެކެވެ.
"ފްލޭޝް" އުފަންވީ ޖެނުއަރީ 1، 1994 ގަ އެވެ. އަޑޯބީ ސިސްޓަމްސް އިން "ފްލޭޝް" ހުއްޓާލީ ޑިސެމްބަރު 31، 2020 ގަ އެވެ.
"ފްލޭޝް" އަށް ނިމުން އައިސްފައި ވަނީ މި ނައްތައިލުމުގެ ވާހަކަ 2017 އިން ފެށިގެން ދެކެވެމުން ދަނިކޮށެވެ.