ފުލުހުންގެ އިިންފޮމޭޝަން އޮފިސަރަކަށް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އަދި ސްޕޯކްސްޕާސަނަކަށް ސުޕްރިންޓެންޑެންޓް އަހުމަދު އާތިފް ހަމަޖައްސައިފި އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި މި ދެ އޮފިސަރުންނަށް މަގާމު ހަވާލު ކުރެއްވީ އެ މީހުން މިހާރު ފުލުހުންގެ ވަޒީފާގައި އަދާ ކުރައްވަމުން ގެންދާ މަސްއޫލިއްޔަތުތަކުގެ އިތުރުންނެވެ.
ޝުހާދު މިހާރު ހުންނަވަނީ ކޮމިޝަނާސް ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ ހެޑްގެ މަގާމުގަ އެވެ. އަދި އާތިފް ހުންނަވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ ހެޑްގެ މަގާމުގަ އެވެ.
ކުރިން ފުލުހުންގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި އިސްމާއިލް އަލީ ހުންނެވި އިރު ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވީ ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާނެވެ.
މަގާމާ ހަވާލުވުމާ އެކު ފުލުހުންގެ މުއައްސަސާ އާއި ފުލުހުންނާ ގުޅޭ ހުރިހާ ކަމެއްގައި ޖަވާބުދާރީވެ ވަޑައިގަންނަވާނީ ޝުހާދާއި އާތިފެވެ.