ޚަބަރު / މައުލޫމާތު ހޯދައި ލިބިގަތުން

އާރުޓީއައި އިން މައުލޫމާތު ހޯދަން އެދުމުން އައިމަން އަށް އިންޒާރު ދީފި

މާލޭ ސިޓީ ކައުންސިލަށް ތިން ފަހަރެއްގެ މަތިން އާރުޓީއައި ފޯމް ހުށަހެޅުމުން ވެސް އައިމަން ހޯދަން އެދުނު މައުލޫމާތު ނުދިން.

އައިމަން ލަތީފް: މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލުން މައުލޫމާތުތަކެއް ހޯދަން އެދުމުން އޭނާ އަށް ވަނީ އިންޒާރު ދީފައި.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކިއެކި އިދާރާތަކަށް އާރުޓީއައި ފޯމު ހުށަހަޅައި، މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފް މާލޭ ސިޓީ ކައުންސިލްގެ މައުލޫމާތުތަކަކަށް އެދުމުން ފޯނުން ގުޅައި އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އައިމަން މިއަދު "މިހާރު" އަށް ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފައި، އޭނާ އެ މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރުވި އިރު، މިއީ އެފަދަ އިންޒާރެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ އަށް އެ އިންޒާރު ދިނީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަކުންނެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އޭނާ ފޯމު ހުށަހަޅާފައިވާތީ ހިތްހަމަނުޖެހި، އެ މައުލޫމާތު ދޭން ބޭނުން ނުވެގެން އިންޒާރު ދިނީ އެވެ.

މާލޭ ސިޓީ ކައުންސިލަށް އައިމަން ހުށަހެޅީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓެއްގެ ދަށުން ބޭނުންވާ މައުލޫމާތު ހޯދުމަށެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން، އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މައުލޫމާތު ހޯދަން ހުށަހެޅުމުން އިދާރާތަކުން ކަންތައްތައް ކުރާ ގޮތް އެ ޕްރޮޖެކްޓުގައި ބަލާނެ އެވެ.

އައިމަން އެންމެ ފުރަތަމަ މާލެ ސިޓީ ކައުންސިލަށް އާރުޓީއައި ފޯމެއް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތެރޭގަ އެވެ. އެ ފޯމަށް ޖަވާބު ލިބުނު ނަމަވެސް، އޭނާ ހޯދަން އެދުނު މައުލޫމާތެއް ނުދެ އެވެ. އޭގެ ފަހުން، ޖެނުއަރީ މަހާއި މި މަހު ވެސް ހަމަ އެ މައުލޫމާތަށް އެދި އޭނާ ފޯމު ހުށަހެޅި އެވެ.

އޭނާ ތިން ފަހަރެއްގެ މަތިން ހުށަހެޅި ފޯމުތަކުގައި އެދުނީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލާއި ކައުންސިލްގެ ބަޖެޓާއި ކައުންސިލްގެ އިސް މުވައްޒަފުން މަސްއޫލިއްޔަތުތަކުގެ ތަފުސީލު ފަދަ އެކިއެކި މައުލޫމާތުތައް ދިނުމަށެވެ.

"ކައުންސިލުން ބުނަނީ ގެޒެޓްކޮށްފައި ހުންނާނެއޭ އެ އިދާރާގެ ހުރިހާ މައުލޫމާތެއް. އެ އިދާރާގެ ހުރިހާ މައުލޫމާތެއް ވެސް ހުންނާނީ އެންމެނަށް ފެންނަ ގޮތަށޭ،" އައިމަން ބުންޏެވެ.

"ކައުންސިލަށް ހީވީ ކަންނޭނގެ އަހަރެން މި އުޅެނީ ޖެއްސުމަށޭ."

ގުޅާފައި ވަރަށް ހަޑިކޮށް ވާހަކަދެއްކީ. އަޅުގަނޑު ތިއީ ކޮން ބޭފުޅެއްތޯ އެހެމުން އެއަށް ޖަވާބު ނުދީ ބުނީ، 'އަހަންނަކީ ކާކުކަން އަދި ވަރަށް ރަނގަޅަށް އެނގޭނެޔޭ. އަދި ރަނގަޅު ގޮތަކަށް ބައްދަލު ވެސް ވާނެޔޭ.

އިންޒާރު ދިނީ ކައުންސިލް ޖަވާބުދާރީކުރުވަންވެފައި އޮއްވާ

މާލޭ ސިޓީ ކައުންސިލުން ހޯދަން ބޭނުންވާ މައުލޫމާތުތައް ނުލިބިގެން އައިމަން އެ މައްސަލަ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ވެސް ހުށަހެޅި އެވެ. އޭނާ އަށް އިއްޔެ އިންޒާރު ދިނީ، އެ މައްސަލައިގައި ކައުންސިލް ޖަވާބުދާރީ ކުރުވަން އައިކޮމްގައި މިއަދު އޮތް އަޑުއެހުމަކަށް ހާޒިރުވާން ވެސް އެ އިދާރާ އަށް އަންގާފައި ވަނިކޮށެވެ.

"ގުޅާފައި ބަވަން ފެށީ. ވަރަށް ހަޑިކޮށް ވާހަކަދެއްކީ. އަޅުގަނޑު ތިއީ ކޮން ބޭފުޅެއްތޯ އެހެމުން އެއަށް ޖަވާބު ނުދީ ބުނީ، 'އަހަންނަކީ ކާކުކަން އަދި ވަރަށް ރަނގަޅަށް އެނގޭނެޔޭ. އަދި ރަނގަޅު ގޮތަކަށް ބައްދަލު ވެސް ވާނެޔޭ،" އައިމަން ބުންޏެވެ.

އައިމަން އަށް ގުޅީ ލޭންޑްލައިން ނަންބަރަކުންނެވެ. ދިރާގުގެ ޑައިރެކްޓްރީގައިވާ ގޮތުން، އެއީ މާލޭ ސިޓީ ކައުންސިލްގެ ނަންބަރެކެވެ.

އައިމަން ބުނި ގޮތުގައި އޭނާ އަށް ގުޅި މީހާ ބުނީ، ކައުންސިލުން "މާ ގިނަ" މައުލޫމާތު ހޯދަން އައިމަން އުޅޭތީ އެކަމާ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އޭނާ ހޯދަން އެދިފައިވާ މައުލޫމާތު އެއްކުރުމަށް ވަރަށް ގިނަ ވަގުތު ވެސް ހޭދަވާނެ ކަމަށް ބުންޏެވެ.

އައިމަން އެ މައްސަލަ ފުލުހުންނަށް ވެސް އިއްޔެ ހުށަހެޅި އެވެ. އެކަމަކު، އެއީ ފުލުހުންނަށް އިތުރަށް ތަހުގީގުކުރެވޭ ވަރުގެ "ތުރެޓެއް" ނޫން ކަމަށް ބުނެ، އެ މައްސަލައިގައި އައިކޮމް އިން އެޅޭނެ ފިޔަވަޅުތަކެއް ހުރިތޯ ބެލުމަށް ފުލުހުން އެދުނު ކަމަށް ބުންޏެވެ.

އެ އިންޒާރުގެ ވާހަކަތައް އައިމަން ޓުވީޓްކުރުމުން، އެއަށް ކުރި ރިޕްލައިއެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެއީ ތެދަކަށްވާ ނަމަ، އެއީ ވަރަށް ސީރިއަސް އަދި ބަލައިނުގަނެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މުއިއްޒު މަފާށް ވެސް އެދިވަޑައިގަތެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމުގެ ޔަގީންކަން ދެން،" މުއިއްޒު ވިދާޅުވި އެވެ.

41 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 72%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާވަރު ކްރޮނިކަލްސް

10 April 2022

އައިމަން ކުރާ މަސައްކަތައް ސާބަސް. ބޮޑެތި މުސާރަ ދީފަ ޒިންމާދާރު ވަޒީފާ އަދާ ކުރާ މީހުންނަށް ލިބޭ މުސާރަ ރައްޔިތުންނަށް އިންގެންޖެހޭ. އެކަމަކު ކީތްކުރާނީ ހުރިހާ ކަމަކީ ދައުލަތުގެ ބޮޑު ސިއްރު ކަމުގައި ހަދައިގެން ތިބުމީ މި ރާއްޖޭގައި އެންމެ ކުރީއްސުރެ އާދަ. ގައިމު ހާމަކަން ބޮޑު ނަމަ މަސައްކަތައް ކުފޫ ހަމަނުވާ މީހުންނަށް މުސާރަ ނަގައިގެން މިހާރު އުޅޭހާ ފަސޭހަކޮށް ނޫޅެވޭނެ. ރައްޔިތުން ދައުލަތަށް ދޭހާ ލާރި ބޭނުންހާ ގޮތެއް ނެހެދޭނެ

The name is already taken The name is available. Register?

ހައްގު އޮންނަނީ ވަކި މީހެއްގެތަ

10 April 2022

މުސާރަވެރިޔާ އިއުތިރާޒް ކުރާނަމަ ހާމަ ކުރެވޭނެ ގޮތެއް ނޯންނާނެ. އެއީ ޕްރައިވެސީ ހިމެނޭ މައުލޫމާތެއް. ހައްގު އޮންނަނީ އެއްފަރާތެއްގައެއްނޫން. މުސާރަ ހާމަކުރެވޭނީ ޖަމާއީ ގޮތެއްގައި. ވަކިވަކި މުއައްޒަފުންގެ މުސާރަ ހާމަ ކުރާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ޙިނި

09 April 2022

އައިމަން ތި ކުރަން އުލޭ ކަމާ އެއްމެ ގާތީ ޢެމްމެމްޕީއާރުސީ ކައްވާލި މީހެއްކާރީ ނަޒާހަތްތެރިކަމާބެހޭ ގޮތުން އިންޓަވިއުއެއް ދިނުން ކަހަލަކަމަކާ

The name is already taken The name is available. Register?

ރިޔާޒު ރަށީދު

09 April 2022

ގާނޫނެއްގައި އެއްޗެއް އަދި ލިޔެފައި އޮތް ނަމަވެސް އެ މާއްދާގައި އެބަހުރި ބައެއް އޮފީސްތަކާ ހަމަ އެއް ގޮތަކަށްވެސް ނުގުޅޭ އެއްޗެހި. ހަމަ ގާނޫނުގަ އޮތޭ ކިޔާފަ މި ސޮރު އޮފީސްތަކުގެ އަގުހުރި ވަގުތު ނަގާލަނީ. ކޮބާ އެއިން ރައްޔިތުންނަށް ލިބޭ ފައިދާ އަކީ. ހުސް ބޭކާރު ކަންކަން.

The name is already taken The name is available. Register?

ސީރިއަސްލީ؟

09 April 2022

ކަލޭތީ ސިކުނޑި ހަމަޖެހޭ މީހެއްތަ؟ ދިރާސާ ކުރާ ގޮތް އެނގޭތަ؟ މައުލޫމާތާ، ތަފާސް ހިސާބާ، ލިޔެކިޔުމާ، މި ހުރިހާ ކަމެއް ބެލުމުގެ މުހިންމުކަން ކަލެއަކަށް ނުވިސްނޭ؟ ތިކަހަލަ ނުވިސްނޭ މީހުނާ ހުރެ ނޫސްވެރިކަންވެސް މި ރާއްޖޭގަ އެހާ އުނދަގުލީ. އެއްވަރުގެ ވަގުން ވިއްޔާ އުޅެނީ. އެއްކަމެއްވެސް ނުފޮރުވޭނެ. ހުރިހާ ހަގީގަތެއް ފާޅުވާނެ.

The name is already taken The name is available. Register?

ރިޔާޒު ރަށީދު

09 April 2022

ހަމަ މީހަކު އެއްޗެކޭ ބުނާ އިރަށް މީހާ މާ މައްޗަށް އަދި ދާ ވަރެއް ނުވޭ. ގާނޫނުގެ 37 ވަނަ މާއްދާ ކިޔާފަ ތިކަހަލަ ކޮމެންޓް ކޮށްބަ. މިސޮރު ފޯމް ލާ ގޮތް ރަނގަޅަށް އެނގިގެން ކޮމެންޓް ކޮށްބަ. ދިރާސާކުރުމާ ތަފާސް ހިސާބު ހޯދުމާ ވަގުން އަތުލުމާ ހާމަކަން ބޮޑުކުރުމުގެ ވާހަކަޔާ ހިލާފު ވާހަކައެއްވެސް ނޫން މިކިޔަނީކީ.

The name is already taken The name is available. Register?

އަހުމަދު.

09 April 2022

އައިމަން ޕްރޮޖެކްޓެއްނޫން ބުރިޖެކްޓެއް ހެދިޔަސް ސަރުކާރުގެ އިދާރާތަކާ ކައުންސިލް ތަކުން އައިމްން ބުނާއިރަށް ބުނާހާ މައުލޫމާތެއް ދޭކަށް ނުޖެހެ. އާރުޓީއެއްނޫން ބާރުޓީ ފޯމު ހުށަހެޅިޔަސް ދޭކަށްނުޖެހެ. ޢެތަންތާގަ ހުންނާނެ ދެވެނެ މައުލުމާތާ ނުދެވޭނެ މައުލޫމަތު. ތިއުޅެނީ މޮޔަހީވެގެނ.ް.

The name is already taken The name is available. Register?

ސައްޕީ

10 April 2022

މޮޔަވުމާ މޮޔަހީވުމާ އެއީ ދެކަމެއް. މޮޔަހީވުމަކީ ކަމަކާ ރިގްރެޓްވުން.

The name is already taken The name is available. Register?

ނ‫ާޑުވާ

08 April 2022

މ‫ުސާރަ ފަދަ ތަކެތި ހަމަ ސިޓީއެއް ލާއިރަށް ހާމަކުރުމަކީ މަސްލަހަތު ރަނގަޅު ގޮތެއް ނޫން.

The name is already taken The name is available. Register?

ޖަޒާއިރު

08 April 2022

މުއިއްޒުގެ ފެންވަރު

The name is already taken The name is available. Register?

މީމުހާޙާ

08 April 2022

ތި އައިމަނެއް ޖެހޭތަ ތިހުރިހާ މައުލޫމާތެއް ހޯދަން. ތީގެން ކަލޯޔަށް އަޅެފަހެ ވާނެ ފައިދާ ބުނެލިނަމަ. ?

The name is already taken The name is available. Register?

ހާސަރު

08 April 2022

މާލޭސިޓީ ކައުންސިލް ގަރާޖް ޖާގަ ދޫކުމާއީ ބައެއް ބިންތަކުގާ އިމާރާތްކުރުމަށް ދޫކުރުމުގައި އިންތިހާއަށް ކަރަޕްޝަން އުޅޭވާހަކަ އަޑުއިވެނީ

The name is already taken The name is available. Register?

ޕ‫ުލުސް

08 April 2022

‫ފުލުހުންވެސް ގޭންގު އަތްދަށުވެ ފިތިފަ

The name is already taken The name is available. Register?

ޖަބްރޯލް

08 April 2022

ކޮބާތަ ތީގައި އިންޒާރަކީ؟

The name is already taken The name is available. Register?

ބޮޑޭ އަހައްމަދު

08 April 2022

ފޮނިޖަބްރޯލް، ރަތްޖަނބުރޯލް،ހުދުޖަނބުރޯލް ، ފެހިޖަނބުރޯލް މިހިރީ ހައްތަހާ ވެސް ޖަނބުރޯލުގެ އިންޒާރެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454