ވިޔަފާރި / އެޑްވަޓޯރިއަލް

ކެފިޓަލީ: ރަހަ ނުބަލައި ދޫކޮށްނުލެވޭ ވަރުގެ ކޮފީއެއް

ކެފިޓަލީގެ ކެޕްސޫލާއި ކޮފީ މެޝިން: ގިނަ އަދަދެއްގެ އާ ފްލެވާތަކެއް މިހާރު އެސްޓްރަބޮން އިން ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

09 ޖެނުއަރީ 2022 - 11:26

ދިވެހިންގެ ތެރޭގައި ކޮފީއަށް އޮންނަ ލޯތްބަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ތަފާތު ބްރޭންޑުތަކުގެ އެކި ބާވަތްތަކުގެ ކޮފީ މިހާރު ރާއްޖޭން ލިބެން ހުންނައިރު އާ ރަހައެއް ދިވެހިންނާ ހަމައަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެސްޓްރަބޮން އިން މިވަނީ މިކަން ކޮށްފަ އެވެ. އެ ކުންފުނިން ރާއްޖެ އަށް ތައާރަފު ކުރި "ކެފިޓަލީ" ވެގެންދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންނަށް ވަރަށް ކަމުދިޔަ ބްރޭންޑަކަށެވެ.

އިޓަލީގެ އުފެއްދުމެއް ކަމަށްވާ ކެފިޓަލީ އަކީ ދުނިޔޭގެ ބާޒާރުގައި ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑަކީ އެތައް އަހަރެއްގެ ދިރާސާތަކަށް ފަހު، ކޮފީ ބުއިމަށް ލޯބި ކުރާ މީހުންނަށް އެންމެ ކަމުދާ ރަހަތަކަށް ބަލައި އުފައްދާ ކޮފީ ބްރޭންޑެކެވެ.

ކެފިޓަލީގެ އުފެއްދުންތަކުގެ ތެރޭގައި އެކި ފްލެވާތަކުގެ ކެޕްސޫލާއި ކޮފީ މެޝިން ހިމެނެ އެވެ. އެ ބްރޭންޑުގެ ކެޕްސޫލްތަކަކީ ކޮފީގެ އެހެނިހެން ބައެއް ބްރޭންޑުތަކުގެ މެޝިންތަކުގައި ވެސް ބޭނުން ކުރެވޭ ކެޕްސޫލްތަކެކެވެ.

ކެފިޓަލީގެ ރަހަތަކާ ގުޅޭގޮތުން އެސްޓްރަބޮން އިން ކޮށްފައިވާ ޓްވީޓެއް--

މި ކޮފީ ބްރޭންޑުގެ އެންމެ ތަފާތު ކަމަކީ ރަހަތަކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ބްރޭންޑު ހޯދި ކާމިޔާބީގެ ސިއްރަކީ ވެސް މި އެވެ. އެސްޓްރަބޮން މެދުވެރިކޮށް ލިބެން ހުންނަ ކެފިޓަލީގެ ފްލެވާތަކުގެ ތެރޭގައި އާއްމުކޮށް ލިބެން ހުންނަ ކޮފީގެ އިތުރުން މޮކަޗީނޯ އާއި ޗޮކްލެޓާއި ގްރީން ޓީ އާއި މަސާލާ ޓީ ވެސް ހިމެނެ އެވެ. މިއީ ވަރަށް ފަހުން އެ ބްރޭންޑުގެ ދަށުން ތައާރަފު ކުރި ރަހަތަކެކެވެ.

އެސްޓްރަބޮން އިން ލިބެން ހުންނަ ކެފިޓަލީ ކޮފީ މެޝިންތަކަކީ ގޭގެއަށާއި ގެސްޓް ހައުސްތަކަށާއި ރިސޯޓުތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކުގައި ވެސް ބޭނުން ކުރެވޭ، ހުރިހާ މާހައުލަކާ ވެސް ގުޅޭ، ރީތި މެޝިންތަކެކެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެސްޓްރަބޮން އިން އިންސްޓޯލްމަންޓަށް މެޝިން ލިބޭގޮތް ވެސް ހަދައިދޭނެ އެވެ. އަދި ރެގިއުލާކޮށް ނުވަތަ ބޮޑު އަދަދުތަކުން ކެޕްސޫލް އޯޑަރު ކުރާ ކަސްޓަމަރުންނަށް މެޝިން ހިލޭ ވެސް ދޫކުރާނެ އެވެ.

އެސްޓްރަބޮން އަކީ ޔޫރަޕުގެ ބޮޑެތި ބްރޭންޑުތައް ރާއްޖެ އަށް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ރިސޯޓު ސަޕްލައި ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ވިއްކާ ބްރޭންޑުތަކުގެ އުފެއްދުންތައް މިހާރު ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކުން ބޭނުން ކުރެ އެވެ.

އެސްޓްރާބޮން އިން ލިބެން ހުންނަ އިތުރު ބައެއް ބްރޭންޑުތަކުގެ ތެރޭގައި:

އައިއެފްބީ އޭސީ

އައިއެފްބީ އޭސީއަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ކޮޓަރި ފިނިކޮށްލަދޭ ސްމާޓް ޓެކްނޮލޮޖީ އެކުލެވޭ އޭސީއެކެވެ. ލަގްޒަރީ އިހުސާސް ގެނުވައިދޭ މި އޭސީން 30 ފޫޓާ ހަމައަށް ފިނި ވައި ޖައްސާލަދޭނެ އެވެ. އެހެންވެ، ބޮޑު ޖާގަތަކަށް ވެސް މި އޭސީ ރަނގަޅުވާނެ އެވެ.

މި އޭސީ އިން ފިނި ކޮށްދޭނީ އެ ދުވަހެއްގެ ފިނިހޫނު މިނަށް ބަލައި އެންމެ އެކަށީގެންވާ ވަރަށެވެ. ނަމަވެސް ބޭނުންވާ ވަރަކަށް ރިމޯޓް ކޮންޓްރޯލުން ފިނި ކުރެވޭނެ އެވެ. މި އޭސީގެ އެންމެ ހާއްސަ އެއް ކަމަކީ ވައި ސާފުކޮށްދިނުމެވެ.

އެސްޓްރަބޮންގެ ފޭސްބުކް ޕޭޖުގައި އައިއެފްބީ އޭސީގެ ފީޗަތަކާ ގުޅުވައިގެން ކޮށްފައިވާ ޕޯސްޓެއް--

ހަރަދު ވެސް އެހާމެ ކުޑަ މި އޭސީތައް މިހާރު އެސްޓްރަބޮން އިން ލިބެން ހުންނައިރު، އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ދޭނެ އެވެ. އަދި ވޮރެންޓީ އާއި އާފްޓަސޭލް ސާވިސްގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ.

ޕަޕީލާ - ގްރެނައިޓް ކުކްވެއާ

ކާބޯތަކެތި ތައްޔާރު ކުރުމަށް ޕަޕީލާއަކީ އެންމެ ރަނގަޅު އެއް ބްރޭންޑެވެ. މި ބްރޭންޑުގެ ހުރިހާ ކައްކާ ސާމާނަކީ ވެސް ގްރެނައިޓް ބޭނުންކޮށްގެން އުފައްދާފައިވާ ކާބޯތަކެތި ތައްޔާރު ކުރަން ރައްކާތެރި ތަކެއްޗެވެ.

އާއްމުކޮށް ކައްކާއިރު ދިމާވާ އެންމެ ބޮޑު އުނދަގުލަކީ ކާއެއްޗެހި ތަވައިގައި ނުވަތަ ތެލީގައި ތަތްލުމެވެ. ނަމަވެސް ޕަޕީލާ ބްރޭންޑުގެ ކައްކާ ސާމާނުގައި ހުންނަ ގްރެނައިޓް ކޯޓުގެ ސަބަބުން ކާއެއްޗެހި ތަތެއް ނުލަވާނެ އެވެ. އަދި ކާއެއްޗެއްސާއި ތެޔޮ ފަދަ ތަކެތީގެ ސަބަބުން ބައެއް ތަކެތީގައި ކުލަ ހޭކުނު ނަމަވެސް ޕަޕީލާ ބްރޭންޑުގެ ތަކެތީގައި ކުލަ ވެސް ނުހޭކޭނެ އެވެ.

ޕަޕީލާ ބްރޭންޑުގެ ރީތި ކުކްވެއާ ސެޓް---

މި ބްރޭންޑުގެ ކައްކާ ސާމާނަކީ ބަލާލަން ވެސް އެހާމެ ރީތި ސާމާނުތަކެކެވެ. މިއީ ޒަމާނީ ބަދިގެތަކަށް ބަލައިގެން އެފަދަ ތަންތަނާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ ކައްކާ ސާމާނެވެ.

ޖޭ ކަޓްލަރީ

ޖޭ ކަޓްލަރީ: މިއީ ލަގްޒަރީ ކާގެތަކާއި ރެސްޓޯރެންޓުތަކަށް ކަމުދާނެ ބްރޭންޑެއް

ކާއްކާ ސާމާނުގެ އިތުރުން ކާ މޭޒުމައްޗަށް އަރުވާ ތަކެއްޗަކީ ވެސް ރީތި ސާމާނަށް ވާން ޖެހެ އެވެ. އެގޮތުން، މޭޒު މައްޗަށް އަރުވާ ސަމްސަލާއި އުލާއި ވަޅި ވާން ޖެހޭނީ ބަދިގެ އާއި ކާގޭގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްލަދޭ ތަކެއްޗަށެވެ. މިއީ ރެސްޓޯރެންޓުތަކުން ހާއްސަ އިސްކަމެއް ވެސް ދޭން ޖެހޭ ކަމެކެވެ.

އެސްޓްރަބޮން އިން ވިއްކާ ސްޕެއިންގެ ޖޭ ބްރޭންޑުގެ ކަޓްލަރީއަކީ ރެސްޓޯރެންޓުތަކާއި ޒަމާނީ ބަދިގެތަކަށް އެންމެ ކަމުދާނެ އެއް ބްރޭންޑެވެ. ރިހި ކުލައިގެ ކަޓްލަރީއަކީ އާއްމުކޮށް ލަގްޒަރީ ކާގެތަކުގަ އާއި ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ ތަކެއްޗަށްވާއިރު ޖޭ ކަޓްލަރީ ވެސް ހުންނަނީ ރިހި ކުލައިގަ އެވެ.

މި ކަޓްލަރީ ސެޓުގައި އާއްމުކޮށް ރެސްޓޯރެންޓުތަކުގެ މޭޒު މައްޗަށް ބޭނުންވާ ހުރިހާ ވައްތަރެއް އުލާ ސަމްސާ ހިމެނެ އެވެ. އެއީ ތަފާތު އެކި ބާވަތްތަކުގެ ކެއުންތަކާއި ބުއިންތަކަށް ހާއްސަ ތަކެއްޗެވެ.

އެސްޓްރަބޮން ޝޯރޫމް: ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މި ބްރޭންޑުތަކުގެ އިތުރުން ވެސް އެސްޓްރަބޮން އިން ރެސްޓޯރެންޓުތަކާއި ރިސޯޓުތައް އަދި ގޭގެއަށް ބޭނުން ގިނަ އަދަދެއްގެ ސާމާނު ލިބެން ހުރެ އެވެ. އެ ކުންފުނިން ވިއްކާ ހުރިހާ ބްރޭންޑުތަކަކީ ޔޫރަޕުގެ ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑުތަކެކެވެ.

އެސްޓްރަބޮން އިން ވިއްކާ ތަކެތީގެ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް (https://www.astrabon.net/) އާއި ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުގެ އިތުރުން ޔޫޓިއުބް ޕޭޖު މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އަދި އޯކިޑް މަގުގައި ހުންނަ އެ ކުންފުނީގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެން ވެސް މިތަކެތި ބަލާލެވޭނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454