މީހަކު ލެބްޓޮޕްއިން ދިރާގުގެ ހިދުމަތްތައް ހޯދަނީ--ފޮޓޯ:މިހާރު
13 ޖެނުއަރީ 2022 - 16:47
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާ އިތުރުވާން ފަށާފައި ވާތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގޭގައި ތިބެގެން ދިރާގުގެ ހިދުމަތްތައް ހޯދަން އިލްތިމާސްކޮށްފި އެވެ.
ދިރާގުން ބުނީ "މައި އެކައުންޓް" އާއި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރަން އެދޭ ކަމަށެވެ. އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތަށް އެޕްލައިކޮށް އަދި ދިރާގުގެ އެކި ހިދުމަތްތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައިކުރުން ފަދަ ގިނަ ފަސޭހަތައް "މައި އެކައުންޓް" ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓާސް އެކްޓިވޭޓް ކޮށްލުން ފަދަ ގިނަ ކަންތައްތައް ފަސޭކަމާ އެކު ކޮށްލެވޭނެ އެވެ. މުޅިން އަލަށް ދިރާގުގެ ހިދުމަތަކަށް އެދި ކަސްޓަމަރުން [email protected] އަށް އީމައިލް ކުރުމުން ވެސް އެ ހިދުމަތް ލިބޭނެ އެވެ.
ދިރާގުގެ "މައި އެކައުންޓް" ހިދުމަތަށް މިހާތަނަށް ރެޖިސްޓަ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަ ކުރެވޭނެ އެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުން ނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ، ވައިބާ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy