ވިޔަފާރި / ކްރޮސްރޯޑްސް

ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި

ކްރޮސްރޯޑްސް މެރީނާ: އެ ސަރަހައްދުގައި މިހާރު ވެސް ދެ ރިސޯޓު ވަނީ ހުޅުވާފައި--

އެނބޫދޫ ފަޅުގައި ހިއްކި ކްރޮސްރޯޑްސްގެ ރަށްތަކުގެ ތެރެއިން ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި އެވެ.

މި ރަށްތައް ވިއްކާލަން އިއުލާން ކުރީ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުންނެވެ. މި ރަށްތަކަކީ އަދި އެއްކޮށް ތަރައްގީކޮށް ނުނިމި ހުރި ރަށްތަކެކެވެ.

ޖޭއެލްއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި އިންވެސްޓަރުންނަށް ރިސޯޓުތައް ހަދަން އެއް ރަށަށްވުރެ ގިނަ ރަށްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މިއީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

މި ރަށްތައް ގަންނަ ކުންފުނިތަކަށް ކްރޮސްރޯޑްސް މަޝްރޫއު ހިންގި ތައިލެންޑުގެ ސިންހާ އެސްޓޭޓާ ގުޅިގެން ރަށް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ޖޭއެލްއެލް އިން ރަށްތައް ވިއްކާލަން އިއުލާން ކުރި ނަމަވެސް ވިއްކާ އަގުތަކެއް އިއުލާނެއް ނުކުރެ އެވެ.

ކްރޮސްރޯޑްސް އަކީ ނުވަ ރަށެއް ހިއްކައިގެން އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރާ ތަނެކެވެ. މި ހުރިހާ ރަށެއް ތަރައްގީކޮށް ނިމުމުން ކްރޮސްރޯޑްސް މެރީނާއާ ގުޅުވާލާނެ އެވެ. މިހާރު ވެސް ދެ ރަށެއްގައި ރިސޯޓު ވަނީ ހުޅުވައިފަ އެވެ. އެއީ ހާޑްރޮކް އާއި ސާއީ ލެގޫނެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރަށްތައް ދޫކޮށްފައިވަނީ 50 އަހަރުގެ ލީސް އެގްރީމަންޓެއްގެ ދަށުންނެވެ. ލީސް ހަމަވާނީ 2066 ވަނަ އަހަރު އެވެ.

9 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 75%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބް

20 January 2022

ޖޭއެލްއެލް އިން ކްރޮސްރޯޑްސް ހިންގަން ފެށީ ކޮން އިރަކު؟

The name is already taken The name is available. Register?

އެލް

19 January 2022

ޖޭއެލްއެލް އިން މިތަން ހިންގަން ފެށީ ކޮންއިރަކު ކަން ލިޔުންތެރިޔާއަށް ކޮންމެވެސް މީހަކު ސާފުކޮށްދީބަލަ..

The name is already taken The name is available. Register?

ޝުޖާއު

19 January 2022

އަހަރެން މި ރިސޯރޓްތައް ގަންނަން ލޯނެއް ދޭނެމީހަކު ބޭނުން 10 އަހަރުފަހުން %100 އިންޓަރެސްޓާ އެކީ ލޯނު އަބުރާ އެއްފަހަރާ ޕޭކޮށްދޭނަން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ.

19 January 2022

ރާއްޖޭގެ ރަށްތައް ފަންސާހާއި 80 އާއި ދެމެދު މުއްދަތަކަށް ލީޒް ކުރުމަކީ ޙިޔާނާތުގެ ފަސާދަ އެކުލެވޭ ކަމެއް. މި ރިސޯޓަކީ 50 އަހަރުން އިންވެސްޓްމަންޓްގެ އަދު 4 ގުނަ ނުކުރެވޭނެ ތަންތަނެއްނޫން. ގިނަ ރިސޯޓްތަކުގެ އިންވެސްޓްމަންޓްލިބި 10 އަހަރުން ފައިދާވޭ. # ރިސޯޓް ތަރައްޤީކުރާ ރަށްތައްދޫކުރަންވީ އެމްޓީޑީސީ ފަދަ ދައުލަތާއި ރައްޔައްޔަތް ޙިއްސާވާ ކުންފުންޏަކަށް އަދި އެކުންފުނިން މިފަދަ ފަރާތް ތަކަށް ކުއްޔަށްދޭނީ ލީޒްހަމަވުމުން ރަށް ހަވާލު ކުރާގޮތަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ.

19 January 2022

ސަތޭކައާއި 300 އާއި ދެމެދުގެ ކޮޓަރި ހިމެނޭ ލަޤްޒަރީ ރިސޯޓެއްހެދުމަށް ހޭދަވާނީ ގާތްގަނޑަކަށް 80 - 200މ ޑޮލަރު ކަމުގައިވޭ. # ވޯލްޑްބެސްޓް ޓްއަރިސްޓް ޑެސްޓިނޭޝަންގެ ގޮތުގައިއޮތް ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެމަތީފަންތީގެ މަހުޖަނުންނާއި މަޝްހޫރު ކުޅިވަރުކުޅުންތެރިންނާއި ސެލަބަރޭޓުންގެ ޗުއްޓީއާއި ހަނީނޫން ކްރިސްމަސް އާއި ނިއުއިޔާރ ގެ ދަތުރުތަކަށް އެންމެމަޤުބޫލު މަންޒިލް. 50 އަހަރަށްވުރެން ދިގުމުައްދަތަކަށް ރިސޯޓް ލީޒްކުރުމަކީ ސަރުކާރުގެ ޖަރީމާއެއް.

The name is already taken The name is available. Register?

ޢެޑްމުންޑޯ

19 January 2022

ފައިސާގެ ދަތިކަން ފޯރީ ‘ ނުވިއްކާ ކުރާނެ އެއްކަމެއްވެސް ނެތް ‘’

The name is already taken The name is available. Register?

އަލީ އަލީ

19 January 2022

ލާރި ހުސްވީ ދެއްތޯ

The name is already taken The name is available. Register?

ރޯޑްސް

19 January 2022

ކްރޮސްރޯޑްސް ހިންގަނީ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުންތަ؟

The name is already taken The name is available. Register?

ބުރުގާ

19 January 2022

އިންވެސްޓުމަންޓު އެއްކޮއް ފުރިހަމަކޮއް ނުނިމެނީސް ފުލޮޕްވީ. ވަރައް ފީކަޅާކޮއް ހިންގިތަނެއް. އިމާރާތް ކޮއްފަހުރި ބޮޑު ފަޅުރަށެއް. އެއްކޮއް ދަރާ ނުވިކެނީސް ވިއްކާލަނީ. އެއްވެސް ދިރުމެއް ނެތް. ތިތަނުގެ ފިހާރަތަކާ ރެސްޓޯރަންޓްތަކުގަ ލިބެންހުންނަ ތަކެތި އިންތިހާ އަގުބޮޑު. ދެން ކިތަންމެވަރައް މާލެއާ ކްރޮސްރޯޑާ ދެމެދު ފެރީ ބޭއްވިއަސް، ކިތައް މީހުނައްތޯ ތިތަނައް ދާންކެރޭނީ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454