ލޯބިގިލި ރިސޯޓް
26 މާޗް 2022 - 14:30
އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ތަރައްގީކުރި އޯބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި އެ ތަނަކީ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ރިސޯޓެކެވެ. މާލެ ކައިރިން ފަޅެއް ހިއްކައިގެން ހެދި ލޯބިގިލި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނިޓްގެ ތެރޭގައި ދެވޭނެ އެވެ.
އެ ރިސޯޓުގައި 68 ވިލާ ހަދާފައިވާއިރު އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެ އެވެ.
ލޯބިގިލީގެ ވިލާއެއްގެ އެތެރެ-- ފޮޓޯ؛ އެޓްމޮސްފިއާ
އެޓްމޮސްފިއާ އިން ވަނީ އެ ރިސޯޓުގައި ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ތަފާތު ހިދުމަތްތައް ތައާރަފު ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ކެއުމަށް ހާއްސަ ތަންތަނެވެ. ދުނިޔޭގެ ހުރިހާ ކުޒީންއަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވާފައިވާއިރު، ޓޭކްއަވޭގެ ހިދުމަތް ލިބޭ ގާޑިޔަލެއް ވެސް ރިސޯޓުގައި ހުރެ އެވެ.
ދުނިޔޭގެ އެކި ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓުގެ ބޭރު-- ފޮޓޯ: އެޓްމޮސްފިއާ
ލޯބިގިލި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓަކީ ވެސް ރާއްޖޭގައި މި ވަގުތު އެ ގޮތަށް ހިންގާ ރެސްޓޯރަންޓްތަކުގެ ތެރެއިން އެއް ތަނެވެ.
ލޯބިގިލި ރިސޯޓުގެ ވިލާއެއްގެ ފާހާނާތެރެ: ފޮޓޯ: އެޓްމޮސްފިއާ
ކެއުމަށް ހާއްސަ ތަންތަނުގެ އިތުރުން ސްޕާގެ ހިދުމަތާއި އެކްސްކާޝަނާއި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެން ހުންނާނެ އެވެ.
ލޯބިގިލި ރިސޯޓުގެ އިންފިނިޓީ ޕޫލް-- ފޮޓޯ: އެޓްމޮސްފިއާ
އެ ރިސޯޓް ހަދާފައިވަނީ ކަލާސް އޮފް އޯބްލޫގެ ދަށުން ތަރައްގީ ކޮށްފައިވާ އާއިލާފުއްޓާ ގުޅާލައިގެންނެވެ. އާއިލާފުށި ހުޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަ
28 March 2022
ރާއްޖޭގައި އެތައް ބިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާ ރިސޯޓު ތައް ހަގީގީ މަންފާ ދިވެހިންނައް ލިބޭނެ ބާ؟ ދިރިއުޅުމުގެ ހާލަތު ދަނީ ދުވަހަކައް ވުރެ ދުވަހެއް ދަށައް، މި ގައުމު އަސްލް ވަރައް ވެސް މުއްސަނދި، ނަމަވެސް އެ މުއްސަނދި ކަން އޮންނަނި 6 ވަރަކައް މީހުން އަތުގަ!!
ދެލޯ
27 March 2022
އާއިލާ ފުއްޓާއި، ލޯބި ގިލި ހުޅުވާއިރު ވަރި ފުށި ވެސް ހުޅުވަންވާނެ..
އަދުނާނު ބުނި އަދުނާނު
27 March 2022
ލޯބި ގިލި އޭ. ލޯބި ގިލިގިލި، ހަހަހާ. ވަރަށް ސަޅި ދޯ
ލޯބި
27 March 2022
ލޯބިގިލިގިލި.... ހީހީ....
މަބުނީ
26 March 2022
އިންޑިޔާ އައުޓޭ ބުނާވަރަ މި އިންޑިޔާކުންފުނި (އެޓްމޮސްފިއާ) ހަމަ ރިސޯޓު އިތުރުކިރަނީ. މިހާރު ރާއްޖޭގެ 10 ވަނަ ރިސޯޓު ކަންނޭންގެ… ތިސޯޓުވިޔަފާރީގަ ލީޑުކޮށް އޯން މިކުރަނީ އިންޑިޔާ… މިމީހުންގެ ސްޓުރެޓެޖީ އަކީހެދީ އެންމެންނަށް ގެއްލުންވެސް ވެދާނެ..
ހުސްނުހީނާ
26 March 2022
ތި ރެސޯޓުގެ %99 މުވައްޒަފުންނަކީ ބޭރުމީހުން. ޓޮޕް މެނޭޖްމަންޓް ލެވެލްގަވެސް ތިބެނީ ދެތިން ދިވެހިން. ދެން މުޅިން ބޭރުމީހުން. ރިސޯޓަށް ވަންނަ ހުރިހާ ޑޮލަރެއް ބޭރުގެ ބޭންކުތަކަށް. ރެސޯޓް ސަޕްލައިސް ބޭރުމީހުންނަށް. ތިރެސޯޓުން ދިވެހިންނަށް ކުރާނެ އެއްވެސް ފައިދާއެއްނެތް. މިހިރީ ސަރުކާރުން ވިސްނަން ޖެހޭ ކަންތައްތައް!
ކުޑަކަތީބު
27 March 2022
ޖިތް ނުފުރޭ ކަންނެތް ދިވެހިން ބޭނުމެއްނޫން
ހަމަތެދު
27 March 2022
އެމީހުން ނުޖެހޭތަ ރިސޯޓު ބިމުކުލި އަދި ދައުލަތައް ދެން ދައްކަން ޖެހޭ ޓެކްސްތައްވެސް ދައްކާކައް؟
ގަރުބަޗޯފު، (ނޢޢވ)
26 March 2022
ތިކަހަލަ ކަންކަމުގެ ހަބަރުދޭންވީ ޝޭހްހަސީނާއާއި މޯދީއާއި ދެމީހުނަށް، އަހަރެމެނަށް ހެޔޮ ތިތަންތަން ނެހެދިއަސް، ވަޒީފާނެތި މަގުމަތީ އެނބުރިއެނބުރި ދިވެހިން ތިބެދާނެތާ.
ކުޗީ
26 March 2022
ތިކަހަލަ ލޯބި ގިލިތަކުން ރާއްޖޭގެ އާމްދަނީ އަށް ވަންނަނީ ދެލާރިއާއި ފަޅި. މިކަހަލަ ކަންކަން ބަލަން ދިރާސާއެއް އޮޑެޓެއް ހަދާލާކަށްވެސް މިއުޅޭ މަމޮޅު މިނިސްޓަރަކަށް ނޭނގޭ ....
މުހައްމަދުކޮއި
26 March 2022
ލޯބިގިލި ތަ ނޫނީ ލޮބިގިލި ތަ؟ ރިސޯޓުގެ ވެބްސައިޓްގަ ލޯބި ލެޓިން އަކުރުން ލިޔާއިރު އެއިންނަ އޭ އަކުރެއް ނެތް. ދެންކިހިނެތް ލޯބިގިލި ކިޔާނީ.
ގިލިގިލި
26 March 2022
ލޯބިން ގިލިގިލި ކޮށްޓާލަންވެސް ދެވޭނީ ހަމަ އެ ފެންވަރުގެ ބަޔަކަށް. ތީ އާންމު ދިވެހިންނަށް ލިބޭނެ އުފަލެއް ނޫން.