ބީއެމްއެލްއިން ރިސޯޓެއް އެއްކޮށް ތަރައްގީކުރަން އިސްލާމިކް ފައިނޭންސިން ހަމަޖައްސައި ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ/ބީއެމްއެލް
18 މެއި 2025 - 15:57
ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީ ކުރަން ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފި އެވެ.
ބީއެމްއެލްއިން މިއަދު ބުނީ 118 ކޮޓަރީގެ ފަސް ސްޓާ އެ ރިސޯޓަކީ އެލިއާ ގްރޫޕާއި ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުންދާ ބޭރުގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ ރިސޯޓެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ
"މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސް ކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
މި ފެސިލިޓީއާ އެކު ރާއްޖޭގެ މާލީ ދާއިރާގައި ބީއެމްއެލްއިން އަދާ ކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަވާނެ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2566
19 May 2025
ހަލާލް ރިސޯޓެއްތަ؟ އެހެންވިއްޔާ ތިވީ!
ފޯޅަވަހި ސަރުދާރު
18 May 2025
މުސްލިމް ނޫންމީހުންނަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ރިސޯޓް ހިންގަނީ ކިހިނެއް. އަދި އެވެސް އިނޑިއާގެ ހިނދޫ މީހުން...
ކަނައްކަފޫޅު
18 May 2025
ކިބައިތަ ދިވެހި އެމްޓީޑީސީން ހިއްސާ ވިއްކައިގެން ހަދަންފެށި ތަންތަން. މިސަރުކާރުންވެސް އެތަން ވަޅުލައިގެން ތިބެން އުޅޭހެން ހީވަނީ. ޖަމަލު ޖެހި ފޮޑިހެން ކޮންމެ ދައުރަކުވެސް ނޫސްތަކަށް ހެޑެއްލާފަ ބާރަށް އަޑު ގޮއްވާލީމާ ނިމުނީ.
ދޮންގިރި
18 May 2025
ކުރެހުން ވަރަށް ސަޅި. އެކަމަކު ތި މޫދު މިހާރު އޮތީ ފޭސް 3 އަށް ހިއްކަން ކަނޑައަޅާފަ. ތިބުނާ ޕެނޮރަމިކް ވިއު ގެއްލޭކަށް މާގިނަދުވަހެއް ނެތް.
ފަރަންޖީ
18 May 2025
ކިހާވަރަކުން ދާނެބާ.. ދެން ފެންނާނީ އެޓްމޮސްފިއަރ ތި އެގްރީމެންޓުން ނިކުމެ ތި ލޯން ޑީފޯލްޓް ވާތަން. މީގެ ކުރިންވެސް ބީއެމްއެލްއިން ތިހެން ދިން ކިތަންމެ ލޯނެއްގެ އޮތީ ޑީފޯލްޓްވެފަ. އެތައް އަހަރެއް ކޯޓުތަކުގައި ތަޅުވައި ގެއްލުންވެފަ. ރަނގަޅަށް ގޮއްސިއްޔާ ކިތަންމެހާވެސް ރަނގަޅު.
ތަމެންދޯ
18 May 2025
ބީއެމްއެލް ވަރުގަދަވުން ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑުކުރިއެރުމެއް މިސަރުކާރުން މިއަހަރު ފެށުނު އިރު ސޮއިކުރި ޗައިނާ ފްރީޓްރޭޑް ވައިގައިހިފާ ގޮތްނުވީ ސަރުކާރުން ނަމެއްގައި އެކަންކުރުމުންނޭ ފްރީޓްރޭޑް ވިޔާފާރީގައި ދެގައުމުގެ ކަރަންސީ ބޭނުންކޮށްގެން ވިޔާފާރިކުރެވޭނެ ގޮތް ފަހިނުކޮށް މިކަންކުރުމުން މިކަން ވައިގައިނުހިފީ މިއަހަރު ދެބައިވެގެންދާއިރު ވެސް ޗަައިނާ ކަރަންސީ އާއި ރާއްޖޭގެ ކަރަންސީ ބޭނުންކޮށްގެން މިކަން ކުރެވޭނެ ގޮތް ސައީދަށް ނެހެދުނޭދޯ