ވިޔަފާރި / އާދަމް އާޒިމް، އެމްޑީ/އެމްޓީސީސީ

ބޮޑެތި ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކަށް ވަނުމުގެ ވިސްނުން އެބަހުރި: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ/އެމްޑީ އާދަމް އާޒިމް "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. އެކުންފުނީގެ ވިސްނުމަކީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުން--ފޮޓޯ:މިހާރު

އެމްޓީސީސީގެ އަމާޒަކީ ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ބޮޑެތި ހައުސިން ޕްރޮޖެކްޓްތަކަށް ވަނުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް މާލޭގައި ހިންގާ ކަހަލަ ކުދިކުދި ގެތައް ހެދުމުގެ މަސައްކަތަށް އެ ކުންފުނިން ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދާނީ ބޮޑެތި ހައުސިން ޔުނިޓްތައް ހަދާ، އެ ވިއްކުމުގެ ވިޔަފާރިއާ ދިމާލަށް،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުން މިގޮތަށް ބަދަލުކުރަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ބަނދަރުތަކާއި ބިން ހިއްކުމާއި އެއާޕޯޓުތަކުގެ މަޝްރޫއުތައް ނިމުމަކަށް އަންނާނެތީ އެވެ. އެހެންވެ އެމްޓީސީސީ އަށް އެފަދަ ޕްރޮޖެކްޓްތައް ލިބޭ މިންވަރު ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއްސާދާރުންނަށް މިވަރުގެ އާމްދަނީއެއް ދީ ކަންތައް ކުރުމަށްޓަކައި އިތުރު ވިޔަފާރިތަކަށް ވަންނަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމާޒަކީ މި އަހަރުގެ ފައިދާ 300 މިލިއަން ރުފިޔާ އަށް އެރުވުން ކަމަށެވެ. އެމްޓީސީސީ އަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުން އަންނަ އިރު އޭގެ ތެރެއިން 80 ޕަސެންޓް މަސައްކަަތްތަކަކީ ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.

5 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2000

21 May 2022

ހޯރަފުށި އެއާޕޯޓް ވެސް ހެދި ސްއިޕްލޭން ހެން

The name is already taken The name is available. Register?

ޖަލީލު ފިއްލަދޫ

21 May 2022

ފައްޓާމަސައްކަތް ވަގުތައްނިންމޭނަމަ ރަނގަލުދެއްތޯ މިހެން އަރާ ބައިސާކަނޑަން. ވެރިކަމަށް 4 އަހަރު ނިމެމުންދާއިރު ކުންފުނިން ކުރެވުނުވަރަކީ 5 ދަނޑަށް ވެލިއަޅާ އެއްވަރު ކުރެވުނީ. މީނޫންތޯ މެގަޕްރޮޖެކްޓް އަކީ

The name is already taken The name is available. Register?

ފިޔާ

20 May 2022

ޢެއްވެސް އާކަމެއް ކުރުމުގެ ގާބިލް ކަމެއްނެއް ބަޔެއްމީ. ޙުރިހާ ސްޓޭޓް އޯން އެންޓަޕްރައިސް ރިއަލް އެސްޓޭޓަށް ވަދޭ ދެން. ލޮލް.

The name is already taken The name is available. Register?

އަހްމަަދު

20 May 2022

މޓސސ އަށް ލިބޭ ވިޔަފާރިއަކީ އޮޓޮމެޓިކުން ލިބޭ ވިޔަފާރިތަކެއް... މޑ ވަކި މޮޅުވެގެން ވާކަމެއްނޫން އެއީ... ސަރުކާރުގެ މެނިފެސްޓޯގައި ވާކަންތައް ސަރުކާރުން ހަވާލުކުރަނީ މޓސސ އާއި.. އެމީހުންގެ މައިގަނޑު ވިޔަފާރިައަކީ މީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 May 2022

ވަރަށް މުހިންމުކަމެއް. ރިއަލްއެސްޓޭޓް ވިޔަފާރިއަށް ކުންފުނި ފައްކާކުރުމަށްޓާ ކުންފުނީގައި މިވަގުތު ޙިއްސާނެތް ކޮންމެ މީހެއްގެނަމުގައި 100 ޙިއްސާގަތުމަށް އަދި މިވަގުތު ޙިއްސާއޮތް މީހުންގެތެރެއިންވެސް ސަތޭކަ ޙިއްސާ ހަމަނުވާމީހުނަށް އެއަދަދުހަމަކުރުމަށް ފުރުސަތު ހުޅުވާލާ ކުންފުނީގެ މާލަތުވެސް ރަނގަޅުކޮށް ބޯޑްގައި އާންމު ޙިއްސާދާރުން ތަމްސީލު ކުރާ ޖާގަ ތިނެއް ނުވަތަ 4 ބަދަލު ކޮށްލުން ވަރަށް މުހިންމު. ފުރަތަމަ މިފަދަ އިދާރީ ކަންކަން ފުރިހަމަ ކުރައްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454