މިއަހަރުގެ އެޗްއާރް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ ---ފޮޓޯ: ޕްރެޒިޑެންސީ މޯލްޑިވްސް
21 މެއި 2022 - 14:29
އެންމެ ރަނގަޅު ހޭދަޔަކީ މުވައްޒަފުންނަށް ކުރާ ހޭދަ ކަމަށާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ފައިދާ މުޅި ގައުމަށް ވެސް ކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެޝަނަލްސް (މާޕް) އިން ބާއްވާ އެޗްއާރް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ އެންމެންނަށް، ކޮވިޑުގައި ދިމާވި ހާލަތަށް ރިއާޔަތްކޮށް އެކަމުން އިބްރަތް ހާސިލްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެންމެ ރަނގަޅު ހޭދަޔަކީ މުވައްޒަފުންނަށް ކުރާ ހޭދަ ކަމަށެވެ.
"ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއް: ނައިބު ރައީސް
ފައިސަލް ވިދާޅުވި ގޮތުގައި، މަސައްކަތުގެ މައިދާނުގައި އެކަކު އަނެކަކަށް މަގުދައްކައިދީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުގެ ފައިދާ އެ ތަނެއްގެ އިތުރުން މުޅިގައުމަށް ވެސް ކުރާނެ އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޮމޭޝަން އެންޑް ކަލްޗާ ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ.
މާޕުން 2019 އަހަރު ބޭއްވި އެޗްއާރު ކޮންވެންޝަންގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: މާފް
ރާއްޖޭގެ ބައެއް ސްޕީކަރުންނާ އެކު ސިންގަޕޯ، އިނގިރޭސިވިލާތް، ޓްރިނިޑަޑް އެންޑް ޓޮބަގޯ، އިންޑިޔާ އަދި ސްރީ ލަންކާގެ މަޝްހޫރު ސްޕީކަރުން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ. އެ މީހުން ވާހަކަދައްކާ މައުލޫއުތަކުގެ ތެރޭގައި "ލީޑަޝިޕް އެންޑް ގްރޯތު، ވެލްނެސް އެންޑް ލާނިން ކަލްޗާ، ޓެކް އެންޑް ޓްރާންސްފޮމޭޝަން، ކްރިއޭޓިން އޮގަނައިޒޭޝަނަލް ލާނިން އެޖިލަޓީ" ހިމެނެ އެވެ.
ކޮންވެންޝަން ތެރެއިން ބާއްވާ އެކްސްޕޯގައި ތަފާތު އެޗްއާރްއާ ގުޅޭ ހައްލުތައް ދައްކާލުމުގެ ފުރުސަތު މާޕްއިން ވަނީ ފަހިކޮށްދީފަ އެވެ.
ގާތްގަނޑަކަށް 400 މީހުން ބައިވެރިވާ މި ކޮންފަރެންސް ކުރިއަށްދަނީ ގައުމީ ޔުނިވާސިޓީގެ މެއިން އޮޑިޓޯރިއަމްގަ އެވެ.
ކޮވިޑާ ގުޅިގެން ތިން ފަހަރެއްގެ މަތިން ކޮންފަރެންސް ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ފަހުން ބޭއްވޭ ގޮތް ވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މާޕް އިން ބުންޏެވެ. މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
22 May 2022
ޒީރޯ ޓޮލެރެންސް ގްރޫޕް ހުރިހާކަމަކުންވެސް ވާހަކަ ހަމަ ޒީރޯ ޓޮލެރެންސް ބަޔަށް ފެތެނީ
ދޮނކަލ
22 May 2022
ކޮންމެ މީހެއް ވެސް މިހާރަކަށް އައިސް ވާހަކަ ވަރަށް މޮޅެވެ. ކަމުން ސުމެކެވެ
ބްލެކް
21 May 2022
ނައިބު ރައީސް ތިހެން ވިދާޅުވިޔަސް ސިވިލް ސާވިސް ކޮމިށަނުގެ މެންބަރު އާމިރާ ތިކޮންފަރެންސްގަ ބައިވެރިވުމަށް ފުރުސަތު ލިބުނު ކޮމިސަނުގެ އެތައް މުވައްޒަފުންނަށް ބައިވެރިވެއްޖެނަމަ މައްސަލަބަލައި ފިޔަވަޅުއަޅާނެކަމަށް އިންޒާރުދީފައިވޭ.
ފްރައިޑޭ
21 May 2022
ނާއިބު ރައީސްގެ ޒިއްމާ އަކީ ތިހެން ފޮނި ބައިސާ ކެނޑުންތަ. ނާއިބު ރައީސްގެ މަޤާމުގައި މީހަކު ބަހައްޓައިގެން ދައުލަތުން ބޮޑު ޚަރަދު ކުރުމުގެ ބޭނުމެއް ނެތް.
ކަރީމުލް
21 May 2022
ހުސް ބޭކާރު އަނގަތަޅާ ބައެއް! ބަލާބަލަ ރާއްޖޭގެ ބޮޑެތި މުވައްސަސާތަކުގެ އެޗްއާރު ގެ ހާލަތު! މިސާލަކަށް ސަރުކާރުގެ އިދާރާތަށް! އެމްއެމްއޭ، ސިވިލްސާރވިސް ކޮމިޝަން، ގައުމީ ޔުނިވާސިޓީ، ރައީސް އޮފީސް ހެއްކަށް ފުދޭ! ދިވެހިން މިއަދު ތިބީ އެވޯޑް ދިނުމާއި ސެޓްފިކެޓް ނެގުމާއި، މޮޅު ވާހަކަ ދެއްކުމާއި، ސެލްފީ ނެގުން!
ބުލް ބުލާ
21 May 2022
މީ ހެޑްލައިން އަޅާން ވަރަށް ކުޅަދާނަމީހެއް.
ދޮންކަމަނާ
21 May 2022
ތިޔަ މާޕެއް ހަދައިގެން އުޅޭ ދިވެހި އެޗް އާރު ހެޑުން ކައިރީ އަހާލަބަލަ ދިވެއްސަކު ސީވީއެއް ފޮނުވީމަ އިންޓަވިއުއެއް ކޮށް ނުލާތާ އެ ލިބުނުކަން އެޓް ލީސްޓް އެކްނޮލެޖް ކޮށްލަނީ ކިތައް މީހުންތޯ. މާލޭގަ އުޅޭ ބޭރު މީހުން (އިންޑިއާ ލަންކާ ބަންގާޅު) އަތުން ލައްކަ ބައި ލައްކަ ރުފިޔާ ކަމިޝަނަށް ނަގައިގެން ވަޒީފާ ހަމަޖައްސަނީ އެއީތޯ އެޗްއާރު ބެސްޓް ޕްރެކްޓިސްއަކީ.