"ފްލޯމާ" އަކީ ތުރުކީގެ އެންމެ މޮޅު އެއް ބްރޭންޑު. ފޮޓޯ: ފަޔާޒް މޫސާ | ލެކިއުޓް
16 ޖޫން 2022 - 15:55
ކޮސްމެޓިކްސް އާއި ސްކިން ކެއާގެ ގިނަ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ލިބެން ހުރި ލެކިއުޓް އިން ތުރުކީގެ އެންމެ މޮޅު ކަލާ ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި އެވެ.
	މޭކަޕް އާޓިސްޓް މިދޫ "ފްލޯމާ"ގެ ޕްރޮޑަކްޓެއް ޓެސްޓު ކޮށްލަނީ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ލެކިއުޓުން މާކެޓަށް ނެރެފައި ވަނީ މި ބްރޭންޑުގެ ކޮސްމެޓިކްސް އާއި ސްކިން ކެއާގެ ޕްރޮޑަކްޓުތަކެކެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން، "ފުލް ފޭސް" މޭކަޕެއް ކުރުމަށް ބޭނުންވާނެ މި ބްރޭންޑުގެ ހުރިހާ ކޮސްމެޓިކެއް ލެކިއުޓުން ވަނީ ނެރެފަ އެވެ. މީގެ ތެރޭގައި، އައިލައިނާ، ލިޕްލައިނާ، މަސްކަރާ ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ ހަމުގެ ކުލަތަކާ ގުޅޭ ގިނަ ކުލަތަކެއްގެ ލިކުއިޑް ލިޕްސްޓިކާއި ލިޕްގްލޮސް ލިބެން ހުރި އިރު، ރާއްޖޭގައި އާއްމުކޮށް ފެންނަ ހުރިހާ ހަމުގެ ކުލައަކާއި ގުޅޭނެ ފައުންޑޭޝަން ވެސް ލިބެން އެބަ ހުއްޓެވެ.
އާއްމުކޮށް ދިވެހިންގެ ތެރޭގައި ފެންނަ ސިމްޕަލް "އެވްރިޑޭ" ލުކަށް ބޭނުންވާ "ނޫޑް" މޭކަޕުގެ ޕްލެޓުތައް މި ތަނުން ލިބެން ހުރި އިރު، ކުލަގަދަ ކޮށް މޭކަޕު ކުރާ ފަރާތްތަކަށް ކަމުދާނެ ގިނަ ކުލަތަކެއް ހިމެނޭ ޕެލްޓުތައް ވެސް ލިބެން ހުރެއެވެ. އަދި ސިންގަލް އައިޝެޑޯ ކުލަތަކާއި، ތަފާތު އެކި ހައިލައިޓާ އަދި ރީތި ގިނަ ބްލަޝްތަކެއް ވެސް މި ތަނުގައި އެބަ ހުއްޓެވެ. މީގެ އިތުރުން، މޭކްޕް ސްޕޮންޖާއި، މޭކަޕް ބްރަޝް ވެސް މި ތަނުގައި ލިބެން އެބަ ހުއްޓެވެ.
	ފްލޯމާ އަކީ ޕިގްމެންޓެޑް ޕްރޮޑަކްޓެއް. ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލެކިއުޓުން ތައާރަފް ކޮށްފައިވާ "ފްލޯމާ" ބްރޭންޑުގެ ލޯޝަން، ފޭސްމާސްކު އަދި ތުންފަތުގެ ހަންގަނޑު އޮމާން ކޮށްދޭ ލިޕްބާމުގެ ޕްރޮޑަކްޓުތައް ވެސް ލިބެން އެބަ ހުއްޓެވެ. އަދި މޭކަޕު ބްރަޝްތައް ރީތި ކޮށް ސާފު ކޮށްދޭ ސޮލިއުޝަން ވެސް މި ތަނުން ލިބޭނެ އެވެ. ލެކިއުޓުގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުން އެ ތަކެތި ޓެސްޓު ކުރުމަށް ޓެސްޓާސް ވެސް ހުރެ އެވެ. އަދި ޕްރޮޑަކްޓުތަކުގެ މައުލޫމާތާއި، ޕްރޮޑަކްޓުތައް ހިޔާރު ކުރުމުގައި ފިހާރައިގެ އެސިސްޓަންޓުންގެ ފަރާތުން ލިބޭނެއެވެ.
ލެކިއުޓުން "ފްލޯމާ" ބްރޭންޑު ރަސްމީކޮށް ތައާރަފުކުރުމަށް ބޭއްވި އިވެންޓުގައި މަޝްހޫރު މޭކަޕް އާޓިސްޓު ރިޒްނާ އަހުމަދު އާއި މަޝްހޫރު މޮޑެލް ޝަފިއްޔާ ސްޓެއިންހިލްބާ ވަނީ ބައިވެރިވެފަ އެވެ. އަދި އިވެންޓުގެ ތެރޭގައި، އިންސްޓަގްރާމުގެ ލައިވް އަކުން ރިޒްނާ ވަނީ "ފްލޯމާ"ގެ ޕްރޮޑަކްޓުތައް ރިވިއު ކޮށް، ޕްރޮޑަކްޓު ބޭނުން ކުރާނެ ގޮތް ދައްކާލައިފަ އެވެ. މި އިވެންޓަށް ރާއްޖޭގެ މަޝްހޫރު އެކި މޭކަޕް އާޓިސްޓުން ޕްރޮޑަކްޓުތައް ބަލާލުމަށް ވަނީ ގޮސްފަ އެވެ. އަދި މި އިވެންޓަށް ދިޔަ އެންމެންނަށް "ފްލޯމާ"ގެ ބައެއް ޕްރޮޑަކްޓުތައް ވަނީ ހަދިޔާ ކޮށްފައެވެ.
			LeCute - LeCute
LeCute is a leading retailer in Maldives offering prestige and consumer beauty products ranging from fragrances, skincare, makeup, bath & body along with fashion accessories. We work with world renowned brands like Christian Dior, Giorgio Armani, Hugo Boss, Dolce & Gabbana, Gucci, L'Oréal and many ...
ލެކިއުޓުން ލިބެން ހުރި ޕްރޑަކްޓުތައް މި ސައިޓުން ބަލާލެވޭނެ
"ފްލޯމާ" އަކީ ކޮލަޓީ ހެޔޮ އަގުތަކެއްގައި ލިބެން ހުރި މޮޅު ކޮލެޓީ ބްރޭންޑެކެވެ. "ފްލޯމާ"ގެ ޕްރޮޑަކްޓުތަކަށް ހާއްސަ ފިހާރަ ހުންނާނީ ލެކިއުޓްގެ ފުރަތަމަ ފްލޯގަ އެވެ. ލެކިއުޓްގައި ފްލޯމާގެ އިތުރުން "ގޯޝް" ފަދަ ތަފާތު ބްރޭންޑުތަކުގެ މޭކަޕު ޕްރޮޑަކްޓުތައް ލިބެން ހުންނާނެ އެވެ. އަދި ބޮޑީ ސްޕްރޭ، ބޮޑީ މިސްޓު އަދި އެކި ކަހަލަ ސެންޓާއި ސްކިން ކެއާގެ ސާމާނު ވެސް ލިބެން ހުންނާނެއެވެ. ލެކިއުޓުން އޮންލައިން ކޮށް އޯޑާ ކުރުމުން ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ. ލެކިއުޓްގެ އިންސްޓަގްރާމާއި ފޭސްބުކް އައިޑީ: Lecute ފްލޯމާގެ އިންސްޓަގްރާމާއި ފޭސްބުކް އައިޑީ: Fomar
		
		
		
		Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޫ ކިއުޓް
17 June 2022
ލެކިއުޓް މީހުން ކޮބާ؟ ފެނޭބާ؟ ޙާދަ އަގުބޮޑުކޮށޭ ވިއްކީ ކަލޭމެން މިބްރޭންޑް
އިސްލާހު
16 June 2022
ރާޖޭގައި މިހާރު ލެކިއުޓްގެ ނަން ހާދަހާ ފަނޑޭ