ވިޔަފާރި / އެޑްވަޓޯރިއަލް

ބޭރުގެ ޕޯޓްފޯލިއޯ އިންވެސްޓްމަންޓްތައް އިތުރުކޮށްގެން ބޮޑު ފައިދާއެއް ހޯދިދާނެ

ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސީއެމްޑީއޭއިން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުން.

01 އޯގަސްޓް 2022 - 14:10

3 comments

އަމިއްލަ ވިޔަފާރިތަކާއި، ލިސްޓެޑް ކުންފުނިތަކާއި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގަން ބޭނުންވާ ތަފާތު މަޝްރޫއުތަކަށް ބޭނުންވާ ފަންޑު ފަސޭހައިން ހޯދުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ ސެކިއުރިޓީޒް މާކެޓުގައި ކުރާ މުއާމަލާތްތަކުގައި، ރާއްޖެއިން ބޭރުގެ ޕޯޓްފޯލިއޯ އިންވެސްޓަރުންނަށް ފަސޭހަކަމާ އެކު ބައިވެރިވެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމެވެ. ސެކަންޑަރީ މާކެޓުގައި ސެކިއުރިޓީޒް ގަނެވިއްކުމަކީ އާމްދަނީގެ ފުރުސަތުތައް އިތުރު ކުރުވާނެ ކަމެކެވެ.

ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންނަކީ، ސެކިއުރިޓީޒް މާރކެޓުގައި ދޫކުރާ އެކިއެކި މަލީ މުދަލުގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކެވެ. ފޮރިން ޑައިރެކްޓް އިންވެސްޓަރުންނާ ހިލާފަށް، ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުންނާނީ ތަފާތު މާލީ ސެކިއުރިޓީޒް ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ބައިވެރިވެގެން ނާފާ ހޯދުމަށެވެ. އެފަދަ އިންވެސްޓަރުންގެ މަގުސަދަކީ އިންވެސްޓްކުރެވޭ ވިޔަފާރީގެ މިލްކުވެރިކަން ދެމެހެއްޓުމެއް ނޫނެވެ.

ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓްއާބެހޭ ޤާނޫނީ އޮނިގަނޑު

ރާއްޖޭގައި ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓްގެ ގާނޫނީ އޮނިގަނޑު އޮންނަނީ، 1979 ގައި ފާސްކުރި ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން 2020 ގައި އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމަންޓް ޕޮލިސީގައި އެކަށައަޅައިފަ އެވެ.

އެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ހުއްދައެއް ހޯދައިގެން ކަމުގައި ކަނޑައަޅާފައިވެއެވެ.

ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ މަގުފަހި ކުރެވިފައި ވީނަމަވެސް، މިހާތަނަށް ރާއްޖޭގެ ސެކިއުރިޓީޒް މާކެޓުގައި ކުރާ މުއާމަލާތްތަކުގައި ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުން ހަރަކާތްތެރިވެފައެއް ނުވެއެވެ. އެކަމުގެ ސަބަބުތައް ދެނެގަނެ އެކަންކަމަށް ލުއިފަސޭހަ ގޮތްގޮތް ހޯދައިދިނުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. އަދި އެކަމުގެ ކަރުދާހެއް އެކުލަވާލާ ކަމާގުޅޭ ފަރާތްތަކާއި އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް

އެހެން ގައުމުތަކުގައި ގާއިމުކޮށްފައިވާ ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ފްރޭމްވާކަށް ބަލާއިރު، އެފަދަ އިންވެސްޓަރުންނަން އޮންނަނީ ސެކިއުރިޓީޒް މާކެޓު ރެގިއުލޭޓްކުރާ ފަރާތުން ދޫކުރާ ހުއްދައެއްގެ ދަށުން ސެކިއުރިޓީޒް މުއާމަލާތްތަކުގައި އިންވެސްޓްކުރުމަށް ހުޅުވާލާފައެވެ. އަދި ބޭންކްތައް މެދުވެރިކޮށް ހުޅުވާ "އިންވާޑް އިންވެސްޓްމަންޓް އެކައުންޓް"އެއް މެދުވެރިކޮށް އެފަދަ މުއާމަލާތްތައް ރެގިއުލޭޓްކުރުމުގެ ނިޒާމް އޮންނަނީ އެކުލަވާލާފަ އެވެ.

ރާއްޖޭގައި ވެސް "އިންވާޑް އިންވެސްޓްމަންޓް އެކައުންޓް" ތައާރަފުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން 2020 ގައި މަރުކަޒީ ބޭންކުން ވަނީ އިންވާޑް އިންވެސްޓްމަންޓް އެކައުންޓް ހުޅުވާ އޮޕަރޭޓުކުރުން ފަހިކުރުމާއި ބެހޭގޮތުން ބޭންކުތަކަށް ސާކިއުލާއެއް ނެރެފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން ބޭންކުތަކާއި ވަކިވަކިން ބައްދަލުކޮށް، އެ ކަމުގައި އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުން މިކަމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ.

ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓްގެ ގާނޫނީ އޮނިގަނޑު ޒަމާނީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މުރާޖާކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަންނަނީ ކުރަމުންނެވެ. އަދި އެ ބިލާ ގުޅިގެން އޮތޯރިޓީގެ ހިޔާލާއި މަޝްވަރާ ހުށަހަޅާފައިވެއެވެ.

އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ކުރިއެރުވުމުގެ ސިޔާސަތުތައް އެކުލަވާލުމާގުޅޭ މަޝްވަރާތަކެވެ. އެގޮތުން ޓެކްސް އިންސެންޓިވްސް ތައާރަފުކުރުމާއި ޕްރޮފިޓް ރިޕެޓްރިއޭޝަންގެ މިންގަނޑުތައް ކަނޑައެޅު މާގުޅޭގޮތުން ވަނީ ހުށައަޅާފަ އެވެ.

ނޯޓު: މިއީ ސީއެމްޑީއޭ އިން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑިތަކުރު

02 August 2022

ދެތިން ކުންފުންޏެއް އުފެދޭއިރަށް ހިއްސާގެ ވިޔަފާރި ބޭރުތަންތާނގައި ކުރާހެން ކުރުމަށްޓަކައި ކުރިން އިދާރާއެއްގެ ސެކްޝަނަކުން ހިންގި ކަންކަން ދެތިން އޮފީސް އުފައްދައި ބޮޑު ހޭދައެއް ކުރެވެމެންދާއިރު އެކަން ވައިގައި ހިފާނެނަމަ ހިފާހާ ދުވަސް ވެއްޖެނޫން ބާވައެވެ. ދެންވެސް ބޭކާރު ގޮތުގައި މަދުބަޔެއްގެ މަންފާއަށް އޮފީސްތަކެއް ނުހިންގާ ކުރިން އެކަން ބެލެހެއްޓިގޮތަށް ބަލަހައްޓަން ވިސްނާކަށް ނުވޭބާވައެވެ. މޮޅު ވާހަކަ ނުދައްކައި ކަމެއް ކޮށްބަލާށެވެ.

The name is already taken The name is available. Register?

ބުލްގަން

01 August 2022

ދުނިޔެ މިއޮށް ކުރިއަރާއިރުވެސް ރާއްޖެ މިއޮތީ މާ ފަހަތުގައި މަޝްވަރާކޮށްކޮށް ނުތިބެ ތި ގެނެސްބަލަ!

The name is already taken The name is available. Register?

މޭންޑޭޓް

01 August 2022

އެމްޑީއޭގެ މައިގަނޑު ޒިންމާއެއް ކަމުގައި ހަމަޖައްސާފައި އޮތީ އެހެން ގައުމުތައް މިދާއިރާތަކުން ކިތަންމެ ކުރިއަރާދިޔަސް 5 އަހަރުން 2 އާޓިކަލް ލިޔުމަށްވުރެ ބޮޑުކަމެއް ނުކުރުމަށް. އަދި އެދާއިރާއިން އަމިއްލައަށް އިސްނަގައިގެން ކަމެއް ކުރަންޏާ އެކަން ހުއްޓުވުމަށް. އަލްހާނުގެ ކޭސްއަށް ވީގޮތް ބަލާލީމަ އެނގޭނެ. އަލްހާނު އެކަންކުރީ އެންމެ ރަނގަޅަކަށޭ ނޫން މިބުނީ. އެދާއިރާވެސް ކުރިއަރުވައި ހޭލުންތެރިކުރުވަން އެއްކަމެއްވެސް ނުކުރެއޭ މިބުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454