ވިޔަފާރި / ސީއެމްޑީއޭ

"ވިޔަނަ": ސެކިއުރިޓީޒް ބާޒާރަށް އާ ފުރުސަތެއް!

"ވިޔަނަ" ޕްލެޓްފޯމަކީ ސެކިއުރިޓީޒް ބާޒާރަށް އާ ފުރުސަތުތަކެއް ގެނެސްދޭނެ ޕްލެޓުފޯމެއް.

13 އޯގަސްޓް 2022 - 06:04

2 comments

ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރު ގާއިމްކޮށް ހިންގަމުން އަންނަތާ ގާތްގަނޑަކަށް 16 އަހަރުވީ އެވެ. އެ މުއްދަތުގެ ތެރޭގައި، ޕަބްލިކް ލިސްޓަޑް ކުންފުނިތަކުގެ ގޮތުގައި ސެކިއުރިޓީޒްގެ ބާޒާރުގައި ސްޓޮކް އެކްސްޗޭންޖުގައި މިހާތަނަށް ލިސްޓުކޮށްފައި އޮތީ ނުވަ ކުންފުންޏެވެ.

ރާއްޖެ އަކީ ގިނަ އަދަދަކަށް ފުޅާ ދާއިރާއެއްގައި ކުދި، މެދު އަދި ބޮޑެތި ފަންތީގެ ވިޔަފާރި ކުރާ ކުންފުނިތައް ހިމެނޭ ތަނެކެވެ. ނަމަވެސް ސެކިއުރިޓީޒްގެ ބާޒާރުގައި ކުންފުނި ލިސްޓުކޮށްގެން، ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ނުވަތަ ވިޔަފާރިތައް ފުޅާކުރުމަށް ފައިސާ ހޯދުމަށް މިހާތަނަށް ކުންފުނިތަކުން މަސައްކަތްކޮށްފައިވާ މިންވަރު ނިސްބަތުން ކުޑައެވެ. އެހެންކަމުން، އެކި ސަބަބުތަކާ ހުރެ، ޕަބްލިކް ކުންފުންޏަކަށް ކުންފުނި ބަދަލުކޮށްގެން ސެކިއުރިޓީޒްގެ ބާޒާރު މެދުވެރިކޮށް ވިޔަފާރި ފުޅާކުރުމަށް ފައިސާ ހޯދުމަކީ ގިނަ ޕްރައިވެޓް ކުންފުނިތަކަށް ދަތިކަމަކަށް ވަނީ ވެފަ އެވެ.

ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)އިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސީއެމްޑީއޭ އާއި އެމްއެސްއީ ގުޅިގެން ސެކިއުރިޓީޒްގެ ބާޒާރުގައި ޕްރައިވެޓް ޕްލޭސްމަންޓުގެ އުސޫލުގެ ދަށުން ސެކިއުރިޓީޒް ދޫކުރާނެ ނިޒާމެއް ވަނީ ގާއިމު ކޮށްފަ އެވެ.

އެ ނިޒާމުގެ ދަށުން ޕްރައިވެޓް ކުންފުނިތަކުގެ މަސްއޫލުވެރިކަން ޕަބްލިކް ކުންފުންޏަކަށް ބަދަލުނުކޮށް، ސެކިއުރިޓީޒް ދޫކޮށްގެން، ފައިސާ ހޯދުމުގެ ފުރުސަތުތައް ކުންފުނިތަކަށް ލިބޭނެއެވެ.

ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ޕްރައިވެޓް ސެކިއުރިޓީޒްގެ ބާޒާރުގައި މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އެމްއެސްއީ އިން ވަނީ "ވިޔަނަ" ޕްލެޓްފޯމް ގާއިމު ކޮށްފަ އެވެ. އެ ޕްލެޓުފޯމުގެ ބީޓާ ވާޝަން މިހާރު ވަނީ ލައިވްކޮށްފަ އެވެ. އަދި އެ ޕްލެޓުފޯމުގައި އިންވެސްޓަރުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

"ވިޔަނަ" މެދުވެރިކޮށް، ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޕްރައިވެޓް ކުންފުނިތަކާއި، އެހެން ގާނޫނީ ޝަހުސުތަކަށް ލިބޭނެއެވެ. އަދި އެ ވިޔަފާރިތަކުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ވެސް އިންވެސްޓަރުންނަށް ފަހިވެގެން ދާނެއެވެ.

ސީއެމްޑީއޭއިން ނެރެފައިވާ ސެކިއުރިޓީޒް ދޫކުރުމާ ބެހޭ ގަވާއިދުގެ "ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓު" ގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ގާނޫނީ ޝަހުސުތަކަށް ވިޔަނައިގައި "އިޝޫއާސް"ގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީވުމަށް "ވިޔަނަ" މެދުވެރިކޮށް އެދި ހުށައަޅާ ފަރާތްތަކުގެ ވަނަވަރު، އަދި އެފަރާތުން ހުށަހަޅާ ޕްރޮސްޕެކްޓުތައް ދިރާސާކޮށް ފާސްކުރާނީ ސީއެމްޑީއޭއިންނެވެ. ރެޖިސްޓްރޭޝަން އެޕްލިކޭޝަނާއި އެކު އިންވެސްޓަރުންނަށް ހުށައަޅާ ސެކިޔުރިޓީޒް ނުވަތަ "އޮފާ" ވެސް ފާސްކުރެވޭނެ އެވެ.

ވިޔަނައިގައި ރަޖިސްޓަރީ ވުމަށްފަހު ކޮންމެ "އިޝުއާ"އަކަށް ވެސް "ވިޔަނަ" ބޭނުންކުރުމަށް "ޔޫސާ" އެކައުންޓެއް ލިބޭނެއެވެ. އެ އެކައުންޓު މެދުވެރިކޮށް ކުންފުންޏާ ބެހޭ މައުލޫމާތުތަކާއި އިންވެސްޓަރުންނަށް ހުށަހަޅާ އޮފާތަކާ ގުޅޭ އަސާސީ ތަފްސީލުތައް އަޕްޑޭޓް ކުރެވޭނެއެވެ.

އޮފާ ވިޔަނައިގައި ލައިވްވުމުން، ވިޔަނައިގައި ރަޖިސްޓްރީ ކޮށްފައިވާ އިންވެސްޓަރުންނަށް، ސެކިއުރިޓީޒް ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ނުވަތަ "ކޮމިޓްމަންޓު" ހުށަހެޅުމަށް ދައުވަތު އެރުވުމުގެ ފުރުސަތު އިޝޫކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި އިޝުއާ އަށް އިހުތިޔާރުކުރާ އިންވެސްޓަރުންތަކަކަށް ވަކިނހުށައެޅުމަށް ނުވަތަ "އޮފާ"ގައި އިންވެސްޓުކުރުމުގެ ދައުވަތު ވިޔަނަ މެދުވެރިކޮށް ދިނުމުގެ ފުރުސަތު ވެސް އިޝުއާ އަށް ލިބިގެންދާނެއެވެ.

"ވިޔަނަ" މެދުވެރިކޮށް ހިންގާ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓަކީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ބާޒާރުގައި އާއްމުކޮށް ހުޅުވާލާއިގެން ސެކިއުރިޓީޒް ވިއްކުމަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ. އަދި އެ ނިޒާމަކީ ހާއްސަ އުސޫލެއްގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އިންވެސްޓަރުންނަށް އެ މާކެޓުގައި އިންވެސްޓުކުރުމުގެ ފުރުސަތު ލިބިގެންދާ ޕްރައިވެޓް ސެކިއުރިޓީޒްގެ ނިޒާމެކެވެ.

ވިޔަނައިގައި ހިމެނޭ އޮފާ ތަކުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ އިންވެސްޓަރުންނަށް އެކަންޏެވެ. ވިޔަނައިގައި ރަޖިސްޓްރީ ކުރެވޭނީ ހާއްސަ ޝަރުތުތަކަކާ އެކު އެވެ. އެގޮތުން އަމިއްލަ ފަރާތްތަކަށް ރަޖިސްޓްރީ ކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އަދި އެ މީހާ އަކީ އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި މަދުވެގެން އެވަރެޖުކޮށް 300،000ރ ލިބޭ މީހަކަށް ވާން ވާނެއެވެ.

"އިންސްޓިޓިއުޝަނަލް އިންވެސްޓަރުން" ގެ ގޮތުގައި ކުންފުނިތަކާއި، ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތައް ފަދަ ގާނޫނީ ޝަހްސުތަކަށް، އެފަރާތްތަކުގެ އަސާސީ ނުވަތަ ހިންގާ ގަވާއިދުގައި އެފަދަ އިންވެސްޓްމަންޓު ތަކުގައި ބައިވެރިވުވުމަށް ހުރަހެއް ނެތްނަމަ، ވިޔަނާގައި ރަޖިސްޓަރީވެގެން ޕްރައިވެޓް ސެކިއުރިޓީޒްގައި އިންވެސްޓުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް އިތުރަށް ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުމަށް "ވިޔަނަ" މެދުވެރިކޮށް ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރުގެ ދޮރު އިތުރަށް ހުޅުވިގެންދާނެއެވެ. އަދި ސެކިއުރިޓީޒް ބާޒާރުގެ ޕްރައިވެޓް ސެގްމަންޓުގައި ފަސޭހައިން އިންވެސްޓުކޮށް، ފައިދާ ލިބިގަތުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.

ޕްރައިވެޓް ސެކިއުރިޓީޒް މާކެޓުގައި އިންވެސްޓުކުރުމުގައި، އެކަށީގެންވާ ގޮތެއްގައި ހުށަހެޅުންތައް ދިރާސާކޮށް، މާލީ ލަފާ ބޭނުންވާނަމަ އެފަދައިން ފަންނީ މާހިރުންގެ ލަފާ ހޯދުމަށްފަހު އިންވެސްޓުކުރުމަކީ މިމާކެޓުގައި އިންވެސްޓުކުރާ އިންވެސްޓަރުންގެ ޒިންމާއެކެވެ.

ނޯޓު: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއްސަނދި ދިވެހިބަސް

13 August 2022

ޕޯޓަލްތަކަށް ކިޔާނެ ނަންތައް ހުސްވަނީތަ؟ ވިޔަ؟ ވުނަ؟ މިހާރު ވިޔަނި؟

The name is already taken The name is available. Register?

ރައީސް ސޯލިހު އަދި ފިނޭންސް ވަޒީރަށް

13 August 2022

ފައިނޭންޝަލް ރަނގަޅު ފުރުސަތުތަކެއް އަދިވެސް މިގައުމަކު ނެތް. އެމްއެމްއޭގައި ކްރެޑިޓް އިންފޮމޭޝަން ބިއުރޯއެއް ހަދައިގެން 24 މަހުގެ ގޮޅީގައި 1 ދުވަސް ލަސްވިއަސް ކުލަ ޖައްސައިގެން ބެންކު ތަކުން ކުރަނީ ޖެއްސުން. ސަންޓްރެވަލް ޝިޔާމު ބޭރުން ނެގި ލޯނެއް ނުދެއްކުނީމާ ދަރަނި އަދާކުރަން ބީއެމްއެލް އަށް ލޯނު ދެވޭ. އާދައިގެ ރައްޔިތުން ދަރައިގެން ލޯނެއް ދޭން ބުނީމަ ހުރިހާ ބެންކަކުން ވިއްކާ ލިއުން ހޯދާގެންވެސް އަނގަ ހާރުވާ، ޖެއްސުން ކުރުން ބީއެމްއެލް ކަމަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454