އައިކާގެ ޕްރޮމޯޝަން އަށް ދަނީ ހޫނު ތަރުހީބެއް ލިބެމުން.
01 އޯގަސްޓް 2022 - 15:26
މިހާރު ކުރިއަށްދާ ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އައިކެއާ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ "ޕްރައިޒް ޑައިސް" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ ހައެއްގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގައި ބޮޑެތި އިނާމުތަކާއި ޑިސްކައުންޓު ލިބޭނެ ކަމަށް އައި ކެއާ އިން ބުންޏެވެ. އެ ކުންފުނިން ބުނީ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 990ރ. އިން ފެށިގެން މަތީގެ ވިޔަފާރި ކުރާ މީހުންނަށް ކަމަށެވެ.
އެ ޕްރޮމޯޝަނުގައި ޑައިސް ރޯލުކޮށް، ޑައިސް އިން ދައްކާ އަދަދެއްގެ ޑިސްކައުންޓާއި އިނާމު ލިބޭނެ އެވެ. ޑިސްކައުންޓު ލިބޭނީ 20 ޕަސެންޓާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy