ދިރާގު "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން 145ރ. އަށް ދުވާލަކު 4 ޖީބީގެ ޑޭޓާ ހަފުތާއެއް ވަންދެން ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، އެ ޕްލޭނުގެ ދަށުން އެއް ހަފުތާ އަށް 28 ޖީބީގެ ޑޭޓާ ހޯދުމުގެ ފުރުސަތު "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް "S1GB7" ޖެހުމަށް ފަހު، އެސްއެމްއެސް ކޮށްގެން ވެސް އެ ޕެކޭޖު ނެގޭނެ އެވެ.

"ސަޅި" ޕްރިޕެއިޑް ޕްލޭނުގެ ދަށުން ކޮންމެ ދުވަހަކު ރިފްރެޝް ކުރެވޭނެ އެވެ. އަދި އެއީ ކޮންމެ ދުވަހަކު ޑޭޓާ އާ ކޮށް، ވެލިޑިޓީ އަމިއްލަ އަށް އިހުތިޔާރު ކުރެވޭ ގޮތަށް ދިރާގުން ފަރުމާ ކޮށްފައިވާ ޕްލޭނެކެވެ. އެ ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަންބަރަކަށް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ އެވެ.

ދިރާގުން ދާދި ފަހުން ވަނީ "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް "ސަޅި ޓޫ ވީކްސް" ގެ ނަމުގައި ވެސް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖުގައި 265ރ. އަށް ދުވާލަކު 5 ޖީބީގެ ޑޭޓާ ދެ ހަފުތާ ވަންދެން ލިބެ އެވެ.