ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ބަސް ދަތުރުތައް ބާއްވާނެ-- ފޮޓޯ:މިހާރު
04 އެޕްރީލް 2023 - 11:32
ރޯދަ މަހު ސްކޫލު ކުދިންނަށް ހާއްސަކޮށް ހުޅުމާލެ 2 އަށް އިތުރު ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި އާރް 6 އަދި އާރް 8 ގައި ވެސް ސްކޫލު ކުދިންނަށް ހާއްސަ ބަސް ދަތުރުތައް އޮންނާނެ ކަމަށެވެ. ސްކޫލު ކުދިންނަށް ހާއްސަ ބަހެއް ހެނދުނު 7:50 އިން ފެށިގެން ހިޔާ ފްލެޓް ސްޓޮޕްގައި އޮންނާނެ އެވެ. އެ ސްޓޮލުން ބަސް ނައްޓާލާނީ 8:05 ގަ އެވެ.
ބަސް ދަތުރުތައް އާރް 6 ރޫޓުގައި އިތުރުކުރާ އިރު އެ ރޫޓުން ދަތުރުކުރާނީ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ސްޓޮޕަށާއި އަމީން އެވެނިއު ސްޓޮޕާއި ފްލެޓް 120 ސްޓޮޕަށެވެ.
އެމްޓީސީސީއިން ބުނީ ސްކޫލު ކުދިންނަށް ހާއްސަ ބަސްތަކުގައި ކޮންމެ ކުއްޖަކާއެކު ބެލެނިވެރިއަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.
މި ދަތުރުތައް އިތުރު ކުރީ، އެ ތަންތަނުން ދަތުރު ކުރާ މީހުން އިތުރުވުމުންނެވެ. އެމްޓީސީސީއިން އަންނަނީ ޕީކް ވަގުތުތަކާ ދިމާކޮށް، ދޭތެރެ ދޭތެރެއިން އެކި ވަގުތުތަކުގައި ވެސް ދަތުރުތައް އިތުރު ކުރަމުންނެވެ. އެގޮތުން ސްކޫލަށް ކުދިން ދާ ވަގުތުތަކުގައި މިހާރު ވެސް ބަސް ދަތުރު ކުރާ ވަރު އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްލ
04 April 2023
ހުޅުމާލޭ ފޭސް 2 ގަ އެކަނިތަ ސްކޫލް ކުދިން އުޅެނީ. މިހާރުވެސް ތިޔަ ބަސްތަކެއް ދުއްވާ ފޭސް 1 ކުދިން ނުއަރުވާ ތިޔަ އެކްޓްރާ ޓްރިޕަކަށް
ދޮން
04 April 2023
ކަލޭނޭ މާލޭ ތެރޭ ބަސްދުއްވުން ހުއްޓާލަން ފެނޭ .މަޖީދީމަގު ބޮޑު މުސީބާތަކަށްވެއްޖެ ބަސް އެއޮއްނަނީ ތާށިވެފައި އާންމު އުދަގުލަކަށްވެއްޖެކަމަށް ފެނޭ ތިޔަ މިނީބަސް ތައް .. އިކޮނޮމިކަލީ ބޮޑުގެއްލުމެއް ގިނަފަހަރަށް ދަނީސް ހުސް ބަސް ނޫނީ ބިދޭސީ 2 މީހުން ދައުލަތުން 500 މިލިޔަން ސަބްސިޑީ ދީގެންނޭ ކިޔާ މިކަން މިކުރަނީ .. ކިހާބޮޑު އިސްރާފެއްތޯ ވައުދެއްވިޔަސް ގެއްލުން ވަންޏާ އެބަޖެހޭ ބަދަލުކުރަން .
ހަސަންޓޭ
04 April 2023
ވަރަށް ބޮޑު ދޮގެއް. ގިނަ ފަހަރަށް ދަނީ ބަސް ފުރިގެން.
ބަސް
04 April 2023
ތި ކޮމެންޓުން ހީވަނީ އަތްމަތި ތަވަސް ނޫން ބަޔަކަށް ފަސޭހަގޮތެއް ސަރުކާރުން ކޮށްދީގެން ނުވާނެކަން.. ކޮންމެ ދިވެއްސަކީ ސައިކަލަކާ ކާރެއް އޮންނަ ބައެއްނޫން.. ބައެއްމީހުން ގަސްތުގަ ބަހައް ތަންނުދަކާފަހަރު އެބަފެނޭ..