ކާގޯ އުފުލާ ބޯޓެއް. ރާއްޖޭގެ ސީމަނުންގެ އައިޑެންޓިޓީ ޑޮކިއުމެންޓް މިންގަނޑަށް ނުފެތި، ބައެއް ގައުމުތަކަށް ނުދެވޭ މައްސަލަ ވަނީ ފެންމަތިވެފައި-- ފޮޓޯ: މިހާރު
30 މެއި 2023 - 17:17
ކުރިއަށް އޮތް މަހެއްގެ ތެރޭގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމަންޓް ފޯރުކޮށްދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ވިދާޅުވީ، ބޭރުގެ ގައުމުތަކުގެ ޕޯޓުތަކުން ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓެއް އުފެއްދުމުގެ މަސައްކަތް އިމިގްރޭޝަނާ އެކު ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރާ މަސައްކަތުން މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަދު ވިދާޅުވީ، މި ވަގުތު ރާއްޖޭގެ ސީމަނުންނަށް ނުވަދެވެނީ ހަމައެކަނި ބްރެޒިލްގެ ޕޯޓުތަކަށް ކަމަށެވެ.
ރާއްޖޭގެ 80 އަށް ވުރެ ސީމަނުންގެ އޭޖެންޓް އޭޝިޔާ މެނޭޖްމެންޓުން ބުނީ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ކޮންވެންޝަން ތަސްދީގު ކުރަން ފެށުމުން، ކުރިއަށް އޮތްތަނުގައި ދިވެހި ސީމަނުންނަށް އެހެން ސަރަހައްދުތަކުގެ ޕޯޓުތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތެރޭ، މިންގަނޑުތަކަށް ފެތޭ ސީމަނުންގެ އައިޑެންޓިޓީ ޑޮކިއުމެންޓެއް ނެތުމުން އޭޝީއާ މެނޭޖްމެންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޑޯ
31 May 2023
ޢިމިގްރޭޝަނުން ތިކަމާ އުޅޭނެބާ؟ ސަރުކާރު އެއްވެސް އިދާރާއަކުން ދަނޑިބުރި ހިފައިގެން ދިޔާމަ ނޫނީ ކަހާތަން ހިރުވައިވެސް ނުލާނެ. ޢެހެންވެ ބަރުލަމާނީ ގެންނަންވީ..މިނިސްޓަރުނާއި ވެރިން ޖަވާބުދާރީ ކުރުވަން.
ފށނ
30 May 2023
މިއީމިއަދުގެކަމެއްނޫން. މިކަން ޖެހިގެންއުޅޭތާ ގާތްގަނޑަކަށް 9 އަހަރުވެއްޖެ. ރައީސް ޔާމީންގެ 5 އަހަރާއި ރައީސް ޞާލިޙްގެ 4 މިދަނީ މިކަމަށް އަޅައިލުމެއްނުދީ. އެންމެފަހުން ބަނދަރުތަކަކަށް ނުދެވެންފެށީމަ މިތެޅިގަތީ. ބޭރުޤައުމުތަކުގެ ބޯޓުފަހަރުގައިއުޅޭ ސީމަނުން މިކަމުގެޝަކުވާކުރާތާ ޒަމާންތަކެއްވެއްޖެ. މިކަމުގެ ޒިންމާ ނަގާންޖެހޭނީ ފަހުގެ 2 ރައީސުން. ރައީސް ޔާމީންގެ 5 އަހަރުތެރޭގައި މިކަންކުރަންއުޅުނުނަމަ މިއަދުމިކަމާއުޅޭކަށް ނުޖެހުނީސް.
ކުމާރިކާ
30 May 2023
ޢިބުރޭ ލައްވާ ކަންކަން ކުރެވޭނީ ފަހަތުގައި އިލޮށިފަތި ހިފައިގެން މީހަކު ހުރެގެން. އެހެންނޫނިއްޔާ ރިއެއްޓެއް ނުކުރާނެ.
ޯިރާޑޯ
30 May 2023
ހުންނާނެ ޤައުމު ހިންގިފަ އިބޫ ސޯލިހަށް
މުހައްމަދު 22
30 May 2023
ފުރަތަމަ ރަންކޮކާ އަހުމަދު ނަސީރު ބަޔާން ކޮއްދެން ވީނުން ތޯ އޭނަގެ އޭޖެންސީން ދިވެހި ސީމަނުން ދަތުރު ކުރަން ފޮނުވަނީ ކޮން އުސޫލަކުންތޯ؟ ގުޑްވިލް އެޖެންސީ އުވާލައިފި، ގުޑްފެއިތު އެޖެންސީ އުވާލައިފި، މާހިރު އެޖެންސީ އުވާލައިފި، މިހާރު އޮތީ އެޝިޔާ މެނޭޖްމަންޓް އެކަނި، ވިޔަފާރި ވެރިން އަލަށް ބޯޓުތަކަށް ދިވެހިން ފޮނުވަން އެޖެންސީ އުފައްދައިގެން ނޫނީ މިދާއިރާ ކުރިއެއް ނާރާނެ، މިހާރު އެންމެ މީހަކު އަތުގަ އޮތީ މި ސީމަން ރެކްރޫޓިންގް ގެ މޮނަޕަލީ
ކަމެއްވޭތައެބަ
30 May 2023
ދައުރެއް ނިމޭއިރު އަމީނީމަގުންބައެއްގަ ތާރުކޮޅުކޭ އެޅުނީ.
ދިމިގްރާތީސޮރު
30 May 2023
އަމީނީ މަގުގަ ތާރު އަޅަންފެށީ 2018 ނޮވެމްބަރ ގަތަ؟ ކުރީގަ މަގު ހަދާގޮތަށް ހެދީމަ 2 މަހުން ތިން މަހުން ނިމޭނެ. އެކަމަކު ހަމަ އެމަގު ދެތިން އަހަރު ފަހުން އަނެއްކާ ހަދަންޖެހޭ. މަޖީދީމަގު ފަނޑިޔާރުމަގު ކިތައްފަހަރު ހަދައިފިކަން އެނގޭތަ؟