ކާގޯ ބޯޓެއްގެ އެތެރެ. ރާއްޖޭގެ ސީމަނުންނަށް ބައެއް ގައުމުތަކުގެ ޕޯޓުތަކަށް ނޭރޭ މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: މިހާރު
30 މެއި 2023 - 12:56
ރާއްޖެއިން ސީމަނުން ޓްރާންސްޕޯޓުން ދޭން ޖެހޭ އައިޑެންޓީޓީ ޑޮކިއުމެންޓް، (އެސްއައިޑީ) ދޫނުކުރާތީ، ބައެއް ގައުމުތަކަށް ރާއްޖޭގެ ސީމަނުންނަށް ނުވަދެވޭ ކަމަށް ރާއްޖޭގެ ސީމަނުންގެ އޭޖެންޓު، އޭޝިއާ މެނޭޖްމެންޓުން ބުނެފި އެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ވައިޓް ލިސްޓުގައި ރާއްޖެ 2015 ވަނަ އަހަރުގައި ހިމެނުނު ކަމަށެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ކޮންވެންޝަން ވެސް ތަސްދީގުކުރި އެވެ.
އެކަމަކު އޭޝިއާ މެނޭޖްމެންޓްގެ ވެރިޔާ އަހުމަދު ނަސީރު ވިދާޅުވީ އެ މުއާހަދާތަކުގައިވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަންޖެހޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓާއި ސީމަންބުކް ހަދަނީ އެހެން ޕޯޓުތަކުން ބަލައިގަންނަ ވަރަށް ވުރެ ފެންވަރު ދަށްކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ، ބްރެޒިލް އާއި އެމެރިކާ ބައްރުގެ ބައެއް ގައުމުތަކުގެ ބަނދަރަށް ރާއްޖޭގެ ސީމަނުންނަށް ނުވަދެވޭ އިރު ކުރިއަށް އޮތްތަނުގައި މެދުއިރުމަތީގެ ބަނދަރުތަކާއި އޭޝިއާ ސަރަހައްދުގެ ބަނދަރުތަކަށް ދިވެހި ސީމަނުންނަށް ނުވަދެވުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. ސަބަބަކީ އެގައުމުތަކުން ވެސް އައިއެލްއޯ މިންގަނޑަށް ފުރިހަމައަށް ބޯލެމުގެ މަރުހަލާތަކުގައި އުޅޭތީ އެވެ.
އޭނާ ވިދާޅުވީ، މިކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު މަޝްވަރާތައް އެތައް ފަހަރަކު ކުރެވިއްޖެ ކަމަށާއި އެކަމަކު ހައްލެއް ނުލިބޭ ކަމަށެވެ.
"ބްރެޒިލްއަކަށް ނުވަދެވޭނެ ދިވެހިންނަށް. އެ މީހުން އެންމެ ގަދައަށް މި ކޮންވެންޝަން ނަގައިގެން މި އުޅެނީ. މަދު ގައުމެއް ފިޔަވައި އެހެން ގައުމުތަކުން މި އުސޫލަށް އަމަލު ކުރޭ،" އޭނާ ވިދާޅުވި އެވެ.
އޭޝިއާ މެނޭޖްމެންޓްގެ ދަށުން 80 ސީމަނުން ތިބި އިރު، އެ ސަރަހައްދުތަކުގެ ގައުމުތަކަށް ދަތުރުކުރަން ބޯޓުތަކުން ދިވެހި ސީމަނުން ނުނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ރާއްޖޭގައި ބޯޓު ދަތުރުކުރުމުގެ ދާއިރާ އެއްކޮށް އުވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބެއް ނުލިބުނެވެ.
އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި މި މައްސަލަ ހައްލުކޮށް، ޕޯޓުތަކުން ބަލައިގަންނަ ފެންވަރުގެ ޑޮކިއުމެންޓެއް ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންނަނީ އިމިގްރޭޝަނާ އެކު މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއީބުނީ
31 May 2023
ކޮންމެ ކޮހެއް ގޮވިޔަސް ނަހުލާ ވަރުގެ މިނިސްޓަރަކު ނެތްކަމަށް.
ރާޑޯ
31 May 2023
ޝޯޓު ކޯސްގަނޑެއް ހާ ހިސާބުވެސް ރާއްޖޭން ހެދެނީ ކީޔެއްނޫން. ޓްރާންސްޕޯޓުގެ މެރިޓަްއިމް ޑީޖީ ވެސް މެރިޓައިމް އެއްވެސް ކަމަކާ ނޫޅޭ. ޢިންޖިނިއަރިން ކޯސްގަނޑެއް ވެސް ހިންގާ ނުލެވޭ.
ބަޑިއެދުރުއައްޔުކަޅޭ
31 May 2023
ކިޔާއަޑުއިވޭ މުޅިގައުމުގައި މިއޮތޯ ތަރައްގީ އޮޅުންސުވާޔެއްހެން އޮޅާއަރުވައިގެންނޭ. އެކަމަކު މިކިޔާއެއްޗަކުން ތަރައްގީ މިކިޔަނީ ކޯޗަކަށްކަމެއް މިހާރު އޮޅުންއަރެއިފި
ކޮތަޅު އިބްރާހީމް
30 May 2023
އައިސަ ނުދޭނެ ޖަވާބެއް
މުހައްމަދު 22
30 May 2023
ބޭރުގެ ޝިޕިންގް ކުންފުނިތަކުން މިހާރު ދެކެނީ ދިވެހި ސީމަނުން ނަކީ ގުއި މަނުން ކަމަށް، ރާއްޖޭގެ ކިޔަވާދޭ މެރިޓައިމް ޓްރޭނިންގް ސެންޓަރަކީ ދުނިޔޭގެ އެއްވެސް ޝިޕިންގެ ކުންފުންޏަކުން ބަލައިގަންނަ ތަނެއް ނޫން، ދިވެހި ސީމަނުންގެ ރަންޒަމާން މާޒީވެ އޮޔާ ހިނގައްޖެ
ރާޑޯ
31 May 2023
އާނ އެހެންތާ ވާނީ ޓްރާންސްޕޯޓުގަ ތިބި ބޭފުޅުން މި ދާއިރާގެ މީހުން ބިނާ ކުރަން ވަރަށް ބުރަ މަސައްކަތް ކުރައްވާ ވިއްޔާ
ޢިހްސާސް..
30 May 2023
ކޮބާތަ ޒުވާނުންގެ ރައީސްއެއްގޮތުގަ ވާނެކަމަށް ބުނާ ގާސިމުގެ އަނބިގޮއްޔެ ނަހުލާ ކީކޭތޯ މިކަމުގައި ބުނަނީ..
މައިފޫނާ ސައީދު
30 May 2023
މިހާރު ޓްރާންސްޕޯރޓް ހިންގަންތިބީ ސީފެއަރާ ބޮޑު ސެޓްފިކެޓްތިބި ވެރިން· ދެން ނިމުނީ
ދޯދިއާ
30 May 2023
ޓްރާންސްޕޯރޓް މިނިސްޓަރުގެ ޒިއްމާ އަދާނުކޮށް ދޮޅަހަކަށް މީހުން އެއްކޮށްގެން ރިޔާސީ އިންތިހާބު ކެމްޕޭން ރެއާއި ދުވާލު ކުރަނީ. ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ދޯދިއާ ފެންވަރުދަށް ޚިދުމަތްދޭ ވުޒާރާ މިހާރު 2 މަސްވެއްޖެ ލައިސަންސް އާކުރަން ހުށައެޅިތާ ވާއެއްނުވާއެއް ކޯލް ސެންޓަރަށްވެސް ނޭންގޭ
އިބްރ
30 May 2023
ކޮބައިތޯ ޚާރިޖީ ސިޔާސަތު ރަނގަޅުކުރަން ދައުލަތް ދަރުވާލި ދުނިޔޭގެ ރައީސް؟
ޢަރުތަ
30 May 2023
އެކަމާ ގުޅުން ހުރި ކަމެއް ނޫނޭ، ހެދިފަ ހުރި މިންގަނޑުތަކަށް ފެތެންވާނެދޯ، ޚާރުޖީ ވިއަސް ސިޔާސަތު ވިއަސް.......
ކަނބިލި
30 May 2023
ޓްރާންސްޕޯޓަށް ވެސް ލާފައިހުރީ އައިއެލްއޯ ރެގިއުލޭޝަން ފަދަ ބައިނަލްއަގުވާމީ ކަންކަމަށް ލޯހުޅުވިފައި ހުރި މީހެއް ނޫން. ހިންގުންތެރިކަމެއް ނެތް ވަރަށް ކޮލިޓީ ދަށް މީހުން ތިބީ ހުރިހާ ތަނެއްގައިވެސް. ރައީސްއަކީ ވެސް މިފަދަ ހާލެއްގައި އުޅުއްވާތަން ފެންނަނީ. މިހެންވެ ކަންކަން ވަނީ ބޮއްސުންލާ ގޮސްފައި.