ވިޔަފާރި / ޕަބްޖީ ގޭމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ފަށަނީ

މީހަކު ފޯނުން ޕަބްޖީ ކުޅެނީ.

އުރީދޫ ނޭޝަންއިން އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ބާއްވާ ޕަބްޖީ ޗެމްޕިއަންޝިޕް މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.

އުރީދޫން ބުނި ގޮތުގައި އެ މުބާރާތް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ކުރިއަށް ދާނީ ވާޗުއަލް މެޗުތަކެކެވެ. ދެ ވަނަ ދުވަހުގެ މެޗުތައް ކުރިއަށް ދާނީ ރެހެންދި ސްކޫލް ހޯލްގައި ލައިވް ކޮށެވެ. މި މެޗުތައް އެ ތަނުގައި ކުޅޭނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.

މި ޗެމްޕިއަންޝިޕުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސް 22 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ އެއް ވަނަ އަށް އުރީދޫން ހުށަހަޅާފައި ވަނީ 50،000ރ. އެވެ. ދެ ވަނަ އަށް 30،000ރ. އަދި ތިން ވަނަ އަށް 15،000ރ. ވަނީ ހުށަހަޅާފަ އެވެ. ޖުމްލަ އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނޭ މި މުބާރާތަކީ ރާއްޖޭގައި ބާއްވާނެ މި ފަދަ އެންމެ ބޮޑު މުބާރާތްކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ ނޭޝަންގެ ޕަބްޖީ ޗެމްޕިއަންޝިޕުގައި ކުޅޭ ޓީމުތައް ހޮވާފައި ވަނީ މި ދިޔަ އަހަރު ބޭއްވި "ރޯޑް ޓު 100ކޭ" ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 އާއި ވައިލްޑް ކާޑް އެންޓްރީ ސީރީޒްގައި ވާދަކޮށް މޮޅުވި 16 ޓީމެވެ.

އުރީދޫން ބުނީ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލުމަށް އެ ކުންފުނިން ދޭ ފުރުސަތެއް ކަމަށެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

12 July 2023

ކޮބާ Age Restriction މިފަދަ ކޮމިއުނިކޭޝަން ޕްރޮވައިޑަރ ތަކުން ވިޔަފާރިއިސްތިހާރުތަކަށް ރާއްޖޭގައި ހިތުހުރިކަމެއްކުރާން ފުރުސަތުދީގެން ނުވާނެ. # އަނިޔާވެރިކަމާއިއެކު ކުރިމަތިލާ މިފަދަ ގޭމްތަކަކީ އުފެދި ބޮޑެތިވަމުން އަންނަކުދިންގެ ސިކުނޑި އަށާއި ތޮބީއަތަށް އޭގެނުރައްކާ އިންތިހާއަށް ބޮޑުކަމެއްކަން ސައިންސްގެ ހޯދުންތަކުން ސާބިތުވެފައިވާއިރު އެޑިއުކޭޝަން އަދި ޖެންޑާ މިނިސްޓްރީން މުބާރާތުގައި 18 އަހަރުން ދަށުގެކުދިން ބައިވެރިކުރުން މަނާކުރަންޖެހޭ.

The name is already taken The name is available. Register?

ސައިންސް ވެރިޔާ

15 July 2023

ކަލޭގެ އަށާރަ އަހަރު ނުވާ ދަރި އެއް ހުރީއާ ފޯނު އަތުލަބަލަ. 18 އަހަރު ވީމަ ފޯނު ދޭން، އެހެން މީހުންވެސް މީނަގެ މި ބަހަށް ތާއީދު ކުރާނަމަ 18 އަހަރު ނުވާ ދަރީން އަށް ފޯނު ނުދީބަލަ! ފޯނެއް ދީފަ އޮތީމަ ދޯ ކުޅެވޭނީ. އޭކީ އެހެން ބަޔަކު ބަލަން ޖެހޭ ކަމެއް ނޫން. 18 އަހަރު ވި ތޯ އެއް! ކަލޭމެންގެ ދަރިން މައިތިރި ކުރާނީ ކަލޭމެން! އެހެން މީހުން އެއް ނޫން!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454