ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އޯގަސްޓް 2024 - 16:09
ފެނަކައިން ރަށްރަށުގައި ހިންގަން ފެށި އައިސް ޕްލާންޓްތަކުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބެމުންދާތީ، އެ ހިދުމަތް ހުއްޓާލައިފި އެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އައިސް ޕްލާންޓްތައް ހިންގައިގެން ފެނަކައަށް އަހަރަކު 12 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭ ކަމަށެވެ. ކުރީ ސަރުކާރުން އެ ކުންފުނި މެދުވެރިކޮށް ފެށި އައިސް ޕްލާންޓް ހިދުމަތަކީ ފެނަކައިގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކާ ނުވެސް ގުޅޭ ކަމެއް ކަމަށް މުއާޒް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ނިންމީ ގެއްލުންވާ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން. އޭގެތެރެއިން އައިސް ޕްލާންޓުތައް އޮޕަރޭޓު ކުރުން ވެސް ނިމުމަކަށް މިގެނައީ،" އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، ލ އަތޮޅުގައި އައިސް ޕްލާންޓެއް ހިންގަމުން ދަނިކޮށް ފެނަކައިން އެތަނުގައި އިތުރު އައިސް ޕްލާންޓެއްގެ ހިދުމަތް ފެށި އެވެ. މިއީ އެއްވެސް ހަމަޖެހޭ އުސޫލަކުން ކޮށްފައިވާ ކަމެއް ނޫން ކަަމަށާއި އެކަން ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމް ކުރަން ފެނަކައިން ހަވާލުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު ނިންމާފައިވަނީ ހއ.ދިއްދު އާއި ގދ. ރަތަފަންދު އާއި އއ.ރަސްދު އާއި ދ. މީދޫގެ އިތުރުން ލ. މާމެންދޫ ގައި އައިސް ޕްލާންޓް ބެހެއްޓުމަށެވެ.
މުއާޒް ވިދާޅުވި ގޮތުގައި އައިސް ޕްލާންޓް އޮޕަރޭޓު ކުރުމުގެ އިތުރުން އޭޓީއެމް ހެދުމުގެ ޕްރޮޖެކްޓެއް ވެސް ކުރީ ސަރުކާރުން އެ ކުންފުނި މެދުވެރިކޮށް ހިންގަމުން ދިޔަ އެވެ. އެއީ ވެސް އެ ކުންފުނީގެ މައިގަނޑު މަސައްކަތަށް އެއްވެސް ފައިދާއެއް ނުކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ނިންމާފައި ވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުރިން ކުރަމުން އައި ހުރިހާ ކަމެއް ހުއްޓާލުމަށެވެ. މިކަންކަން ތަންފީޒުކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުންފުނި ހިންގީ ފައިދާގައި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
ކުންފުނީގެ ޒިންމާގައި ނުހިމެނޭ މަސައްކަތްތަކާ ހަވާލުވުން ފަދަ އެކި ކަންކަމާ ހެދި، މި ސަރުކާރު ހަވާލުވި އިރު ފެނަކައިގެ ދަރަނި 4 ބިލިއަނަށް ވުރެ މައްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލާ ދިވެހީންނޭ
03 August 2024
މިފްކޯ އައިސްމަސް ގަތުމަށް، އައިސް ނީޑެއް ކްރިއޭޓްކޮށް އޭގެން މަސްވެރީން ސަލާމަތް ނުވެ އިތުރު ޚަރަދެއް މަސްވެރީންގެ ބޮލުގައި އެޅުވުމަކީ ހެދި ވަރަށް ބޮޑު ގޯހެއް. ދުވަހު މަސްވެރިކަމަކީ މުސްކުޅި ވިޔަސް އޭގައި އިގްތިސޯދީ ނަފާ މަސްވެރި ރައްޔިތުންނަށާއި އިގްތިސޯދަށް އެންމެ ފައިދާ ހުރިގޮތް. އިހުގެ ކުދި މަސް ދޯނި ފަހަރަކީ ތެލަށް އެންމެ ޚަރަދުކުޑަ ވަސީލަތް. އިގްތިސޯދީ ގޯސްތަކެއް ހެދުމުން އޭގެ ނުރަނގަޅު އަސަރު ހުރިހާ ދިމާލަކަށް ފޯރާނެ.
ގައުމީލޭ
03 August 2024
އައިސް ޕްލާންޓްތައް ފެނަކަ އަށް ނަގަން ދެކޮޅުހެދި މުވައްޒަފުންނަށް އޭރުގެ މެނޭޖްމަންޓުން އަނިޔާދީ ސަސްޕެންޑްކުރި. މަލާމާތާއި ފުރައްސާރަކުރި. މިހާރުގެ މެނޭޖްމަންޓުގެ ހަރުދަނާކަން ފެނިއްޖެ.
ނާއިފްް
02 August 2024
ކޮންމެ ކުންފުންޏަކަށްވެސް އެކުންފުންޏެއް ހިންގަންވީ ޕްރޮޖެކްޓްތަކުގގެ މެންޑޭޓެއް ސަރުކާރުން ވާނީ އެކުލަވާލާފައި. އެނޫންކަންކަމަށް ބޯކޮށްޕުމުގެ ބޭނުމެއް ނުވިސްނުނު. މީ ބޮޑެތި ޖަރީމާ
ރާއްޕެެ
02 August 2024
ޖަރީމާގެ ބައްޕަ ތި ސައީދަކީ. މައްސަލަތަށް ބަލަންވީ. މެންޑޭޓުގަ ނުހިމެނޭކަންކަން ކުރަނީ ވައްކަންކުރަން. މައްސަލަ އަވަހަށް ބަލާ
ނާޒިމްް
02 August 2024
އަޖާއިބު އަންތަރީސް އަޅެ ނުވާނެތަ. ވައްކަން ކުރި ހުރިހާ އެންމެނަށް ފިޔަވަޅު އަޅަންވީ. ތި ފެނަކަ ސައީދު ތިދިޔައީ މުޅި ފެނަކަ ބަނގުރޫޓުކޮށްފަ
ނިމާލްް
02 August 2024
ތީ ކޮން އުސޫލަކުން ކުރާ ކަމެއް. ފެނަކައިގެ މެންޑޭޓުގަ ނުހިމެނޭކަންކަންވެސް ފެނަކައަށް ކުރެވޭތަ؟ އެހެންވެ މިކިޔަނީ ކުރީ ސަރުކާރުންކުރީ ހުސް ވައްކަމޭ
އަނޫފްް
02 August 2024
އެންމެނަށްވެސް އިނގޭ އެއްޗެއް އެބައިން. ފެނަކައިން މިހާ ތަނަށް ނުކުރޭ އެއްވެސް ކަމެއް ރަނގަޅަށް. ފައިދާ ނުވާ ހަރަކާތްތައް ނައްތާލުމަކީ މިހާރުން މިހާރަށް ވަގުތުން ވަގުތަށް ކުރަން ޖެހޭ ކަމެއް
ކައިފްް
02 August 2024
އައިސް ޕްލާންޓްތައް ނިމުމަކަށް ގެނައުމަކީ ސްމާޓް ފިޔަވަޅެއް. އެއީ ގެއްލުންތައް ކުޑަކޮށް، ފެނަކަ ކޯޕަރޭޝަން އަނބުރާ ބެކްޓް ނޯމަލް ކުރުމަށް ކުރެވޭނެ އެންމެ ބުއްދިވެރި ކަމަކީ. ފެނަކަ ސައީދު ކަލޭ ޖެހޭނެ ޒިންމާ ނަގަން. ؛
މާނިއު މާނިއު
02 August 2024
ފައިދާއެއް ނެތް ހަރަކާތްތައް ހުއްޓާލުމާއެކު ފެނަކައިން ވަނީ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ފައިދާއެއް މިހާރުވެސް ދައްކާފައެވެ. ފައިދާހުރި އޮޕަރޭޝަންތަކަށް ކުރިއަށް އޮތްތަނުގައި ފޯކަސް ކުރުމަކީ އެންމެ މުހިންުމު ކަންތަކަކީ
ލުހާމްް
02 August 2024
މި ގެއްލުން ލިބޭ އޮޕަރޭޝަންތައް ހުއްޓުވުމަކީ މާލީ ދަތިކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެއް. މި ފިޔަވަޅާއެކު ބޮޑެތި ގެއްލުންތައް ކުޑަވެ، ކުންފުނީގެ ޖުމްލަ މާލީ ސިއްހަތު ރަނގަޅުވެ، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭ