ކޭއެފްސީ. މާލޭގައި ހުރި ޕިއްޒާ ހަޓާޢި ކޭއެފްސީ ވަނީ ބަންދުކޮށްފައި -- ފޮޓޯ: މިހާރު
12 ޖެނުއަރީ 2025 - 14:20
މާލޭގައި ހުރި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓްތައް ވެސް ބަންދުކޮށްފި އެވެ.
އެ ދެތަން ބަންދުކުރީ މިދިޔަ ހަފްތާގަ އެވެ.
ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމުން ހުޅުމާލޭގައި ހުރި ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ބަންދުކޮށްފަ އެވެ.
ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް މާލޭގައި އެންމެ ފުރަތަމަ ހުޅުވީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދެ ފްރެންޗައިސްގެ އައުޓްލެޓް ވަނީ ހުޅުމާލޭގައި ވެސް ހުޅުވައިފަ އެވެ.
މާލޭގެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދު ކުރިއިރު، އެތަނުގެ ބައެއް ސާމާނުތައް ވިއްކާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހަދައި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް މުޅި ދުނިޔޭގައި ފެށި ކެމްޕެއިނުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ވެސް ބޮއިކޮޓްކުރަން ފެށި އެވެ. އެކަމަކު ކޭއެފްސީން ވަނީ އެ ކުންފުނިން އިޒްރޭލަށް ތާއީދު ނުކުރާ ކަމަށާއި އެއީ ސިޔާސީ ކަމަކާ ގުޅުމެއް ނެތް ވިޔަފާރިއެއް ކަމަށް ބުނެފަ އެވެ.
ކޭއެފްސީ ރެސްޓޯރެންޓް. އެތަން ބަންދުކުރި އިރު ހުޅުމާލޭގައި ހުރި ކޭއެފްސީ އާއި ޕިއްޒާ ހަޓްވެސް ވަނީ ބަންދުކޮށްފައި -- ފޮޓޯ: މިހާރު
ރާއްޖޭގައި ވެސް މި ކެމްޕެއިން ކުރިއަށް ގެންގޮސް އެ ތަންތަނުގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އަދި މާލޭގައި ހުންނަ މި ތަންތަނުގެ އައުޓްލެޓްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ވެސް ދީފައިވެ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނީޝިއާ އާއި މެލޭޝިއާގައި ވެސް މި ބޮއިކޮޓް ކެމްޕެއިނާ އެކު ކޭއެފްސީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކޭއެފްސީގެ އިންޑޮނީޝިއާ އައުޓްލެޓަށް ވަނީ 35 މިލިއަން ޑޮލަރުގެ ގެއްލުންވެފަ އެވެ. އަދި އެ ގައުމުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ކޭއެފްސީގެ 47 އައުޓްލެޓެއް ބަންދު ކޮށްފައިވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާނިޔާމަސް
12 January 2025
ހަރަމްފުލުގެ 79 ވަނަ ގޭޓުން ނިކުންނައިރު ކުރިމަތީ ކޭއެފްސީ
ފުރޭތަބެ
12 January 2025
ބޮއިކޮޓްކޮއްގެނެއްނޫން އެވިޔަފާރިތައް ހުއްޓާލީ އެމީހުންގެ މުދަލައް ގެއްލުން ދީގެން . އެތަންއް ގާއުކާ ބިއްލޫރިތައް ތަޅުމައް ބޮއިކޮޓެއް ނުކިޔާނެ
ހަސަނު
12 January 2025
އެއާޕޯޓަށް ދާނީ ކޭއެފްސީކާން...
މަސަނު
12 January 2025
ކަލޭ ވާނެ އަބަދު ކޭއެފް ސީން ކައި ކައި ހުންނަން
އިސްމާލި
13 January 2025
ހިތުން ވަރަށް މޮޅު އެއްވެއް ދޯ ތި ބުނެލީ. އަހަރެމެން ދެރައެއް ނުވޭ. ތީގެން އެނގުނީ ހަސަނު ގެ އިންސާނިއްޔަތު ކަމެއް ނެތްކަމާ ކޮލޯނިއަލިޒަމް ގެ އަވާގައި ޖެހި، ދޮން މީހުނަކީ މާ މޮޅު ބައެއްކަމަށް ގަބޫލުކުރާ ކަން.
ލޫލާ
12 January 2025
ސާބަސް ދިވެހީންނަށް
ބުޅާބެ
12 January 2025
އަހަރެނެ ކޭއެފްސީކާން ދާނީ އެއަރޕޯރޓައް … ދެން ލަލަ ލާ
ފެންސު
12 January 2025
އަދި ބޭޅާ އިސްރާއީލުގެ އައި.ޑީ.އެފް އާގުޅެން މަށަށް ފެނޭ
ށަމީހް
12 January 2025
ހާދަ ގޯހޭ ޕްރޯ ޕްލޭޝްޓޭޝަން ކުދިން
ދެން ނާންނާތި
12 January 2025
އަވަހަށް ދޭ މިތަނުން. ދެރައީ އަހަރު ދުވަސް ނެގިކަން ރާހަތެއްކުރަން.
ފުސްތަކުގެ ތެރޭ.
12 January 2025
މުޅި ދުނިޔެ އިން މި ފެށި ކޭމްޕޭންގައި، ކީއްވެބާ މިބައި މީހުން ފޭސްބުކް، އެޕަލްގެ އުފެއްދުންތަ، އެންޑްއިޑް ފޮނުތައް، މަތިންދާ ބޯޓް އުފައްދާ ބޮޑު ދެ ކުންފުނި، ސެމްސްންގް ފަދަ ކުންފުނިތައް ބޮއިކޮޓް ކުރަން ނޫޅުނީ.
ފަކެއް
12 January 2025
ބްރޯ، ބީޑީއެސް ކެމްޕެއިން ސްޓްރެޓެޖީ ބަލާލަބަލަ. ހުރިހާ އެއްޗެއް ބޮއިކޮޓެއް ނުކުރެވޭނެ ދޯ އެކަމަކު ޒަޔަނިސްޓުންގެ ޖީބަށް ފައިސާ ނުލާ އުޅެވެންޏާ އެހެން އުޅެވޭތޯ އަހަރުމެން މި ބަލަނީ. މަޖުބޫރެއް ނުކުރަމެންނު އެތަނުން ނުކާކަށް ދޯ. ލޮލ.
ބޭހޮއްކޮ
12 January 2025
ރާއްޖޭގަވީބތިޔަހެނެއްނޫން އެތަނައް ގާއުކާ ބިއްލޫރިތަޅާ ހެދީ. ބޮއިކޮޓްކުރުމަކީ އެޔެއް ނޫން. ތިމާ މީހާ އެތަނައް ނުދިއުން.
ޕިއްޒާ
12 January 2025
ޕިއްޒާ ބޯނާ ފަދަ ސަޅި ލޯކަލް ބްރޭންޑްސް ތައް ހުއްޓާ ކީއްކުރާ ހަޓެއް ތަ. އެއާރޕޯޓައްވެސް ލާންވީ ބޯނާ ކަހަލަ ލޯކަލް ބްރޭންޑސް.