ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
10 މާޗް 2025 - 17:06
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު މި މަހު ދައްކައިފި އެވެ.
އެމްޑީޕީ ސަރުކާރުގައި 2022 ގައި ކާގިލް ފައިނޭންސުން 100 މިލިއަން ޑޮލަރު ނެގީ އޭރު ބަޖެޓު ވަރަށް ބޮޑަށް ތާށިވެ، މެނޭޖުކުރަން ދަތިވުމުންނެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި އަދާކުރަންޖެހޭ ޒިންމާ މި މަހު ވެސް އަދާކޮށްފައިވާ ކަމަށެވެ.
"އެއީ އާންމު އުސޫލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކަށް ވާތީ މި މަހު ވެސް އެ ޒިންމާ އަދާކޮށްފައި ވާނީ. މިހާތަނަށް އެއްވެސް ޑެޓެއް ޑިފޯލްޓް ވެފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
ކާގިލް ފައިނޭންސްގެ ލޯނު ކުރީގެ ސަރުކާރުން ނަގާފައިވަނީ، 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަން އެނގިފައިވެ އެވެ. އެ ރޭޓުން ބަލާނަމަ، އެ ލޯނު އަނބުރާ ދައްކާފައިވަނީ 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާ އެކު އެވެ.
ކާގިލް ފައިނޭންސްގެ ލޯނުގެ އިތުރުން 2022 ގައި އެހެން ލޯނުތަކެއް ވެސް ނެގި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނެވެ.
އައިޑީބީން އޭރު ލޯނު ނެގީ ސަރުކާރުން ހިންގާ ކުނި މެނޭޖްމެންޓް ޕްރޮޖެކްޓަށެވެ.
އެމްއެމްއޭ އިން މިއަދު ބުނެފައި ވަނީ މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 63 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިން ސައީދް
11 March 2025
ވިސްނާލާ ސޯލިހު ނަގާފަ ހުރި ލޯނުތަކުގެ އިންޓެރެސްޓް ރޭޓު ބޮޑު ވަރު. ސުބުހާނައްﷲ. އިންޓްރެސްޓް ގޮތުގަ އެކަނި ވެސް 26 މިލިއަން. ބޮޑު މާސިންގާ ލޯނެއްގެ އަގު އެބަ އަރާ ހަމަ އެކަނި އިންޓްރެސްޓް އެމައުންޓަށްވެސް.
މިލާން
11 March 2025
ކުރީ ސަރުކާރުގެ ބަލާ އަހަރުން އެންމެނަށް މި ޖެހެނީ. ލަދެއް ނުގަނޭތަ ފައްޔާޒު ކަލޭ ތަންތަނަށް އަރާ ވާހަކަ ދައްކަން. މުޅި ގައުމު ބަނގުރޫޓް ކޮށްފަ
އަވަސްކުރޭ
11 March 2025
ބަޖެޓް ސަޕޯރޓަށް ލޯން ނުނަގާ ހަދަން ޖެހޭ ގޮތަކީ އެމްއެމްއޭ އިން ގަންނަންވީ ހުޅުމާލޭ ފަޅު އެއްކޮށް ވަކި އަދަދަކަށް ފައިސާ ދައްކާފައި ދެން އެފައިސާ އިން އެޗްޑީސީން ކުރަން ޖެހޭނެ ކަމަކީ ބިން ހިއްކާ އެހިއްކާ ބިން ތަކުން ހެކްޓަރުގެ ޕްލޮޓްސް ތައް ވަކިކޮށް ކޮންމެ ހެކްޓަރެއްގެ ބިން ފްރީ ހޯލްޑް އުސޫލުން ވިއްކާލާނީ 10 މިލިއަން ޑޮލަރަށް އެގޮތަށް މަހަކު ވިއްކާނީ މަދުވެގެން 100 ބިން އެއިރުން ދެން ލޯން ނަގަން ނުޖެހޭނެއޭ ސަރުކާރުން މިކަން އަވަސްކުރާށޭ އަވަސް
އިސްމާއިލް އުޝާމް
11 March 2025
ރައީސް މުއިޒް އަކީ މޮޅު ކައްޕިއެއް. ގައުމު ހަމަ މަގަށް އަޅުވަން ހަމަ އެއްވަނަ. ދަތި ކަމުން ގައުކު މި ގެންދަނީ ސަލާމަތަށް
ސިޔާދު އަލީ
11 March 2025
އެމްޑީޕީއިން ހީކުރީ ގައުމު ޑިފޯލްޓް ވާނެ ކަމަށް. އެހެންނެއް ނުވި. އަލްހަމްދުﷲ
އަމަތުﷲ
11 March 2025
އުފާވެރި ހަބަރެއް. ގައުމު ބަގުރޫޓްވިޔަ ނުދީ ސަރުކާރުން މި ގެންދަނީ ކުރިޔަށް
ހުސެން ވަހީދު
11 March 2025
އިބޫމެން ގައުމު ދަރުވާލީމަ އެކަންވެސް ހަމަޔަކަށް މި އަޅުވާލީ ރައީސް މުއިޒް ދޯ
ހަސަން ނިހާމް
11 March 2025
ފެނިގެން މިދަނީ އިގްތިސާދު ހަމަޔަކަށް އަޅުވަން އަދުގެ ސަރުކާރުން ކުރި މަސައްކަތް
ކާގިލިގިލި
10 March 2025
އޯކޭ... ޑިފޯލްޓުވުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭހެނެއް ހިޔެއްނުވޭ... އޭގެ ސަބަބުން އިންވެސްޓުމަންޓުތަކަށާ، ރާއްޖެއިން ބޭރުން ކުރެޑިޓަށް ތެލާ އިމްޕޯޓު ހޯދާއިރު ދިމާވާނީ ކޮންކޮން ކަންކަމެއްކަން އަދި އެނގޭހެނެއް ހިޔެއް ނުވޭ... ރާއްޖޭގައި އިންވެސްޓުކުރަން އަންނަ މީހަކަށް ބޭރުން ލޯނެއް ހޯދުމުގައި ކުރިމަތިވާނެ ގޮންޖެހުންތައް އެނގޭހެން ހިޔެއް ނުވޭ... މަސައްކަތް ނިމޭވަރުން ބައިބަޔަށް ދޫކުރަމުންދާ ލޯނުތަކަށްވާނީ ކިހިނެއްކަން އެނގޭހެނެއް ހިޔެއް ނުވޭ...
ރެކިފުތާ
10 March 2025
އޭރު ހުރީ ވަރައް މޮޅު ފިނޭންސް މިނިސްޓަރެއް، ހުސް ވީމަ ނަގަނީ، އަނެއްކާ ހުސްވީމަ އަނެއްކާ އަނެކަކު އަތުން ނަގަނީ. ލިބޭއެއްޗަކުން އެއްޗެއް ރައްކާކުރާނެގޮތެއް އޭރުނޭގުނު، އެކަމު މިއަދުވެސް ކޮންމެވެސް ޗެނަލަކައްއަރާ ގައުމުގު އިގްތިސޯދުގެ ވާހަކަޔާ ހަނޑޫފުށުން ނޫޑްލުސް ތައްޔާރުކޮއްގެން ބޭރުގެ މާކެޓައް އެކްޕޯޓުކުރީމަ ހުރިމޮޅުވާހަކަ ދައްކާނެ
ޓީމު ހުމާޝާ
10 March 2025
އޭރު ކިހިނެއްބާދޯ "ހުސްވާއިރަށް" އެހާ ފަސޭހައިން ލިބެނީ އެހެން މީހެއް އަތުން... އަދި މިހާރު ނުލިބެނީ...
ރިޝީ
11 March 2025
އޭރު ރޭޓިން ދަށެއް ނުވޭ. މީހުންނަކަށް ރާއްޖޭގެ ހާލަތެއް ނޭގެ. ޖީޑީޕީގެ %120 އަށް ދަރަނި ނާރާ. މިހާރުވެސް ބޭރުގެ ދަރަނި ބޮޑުވީ އިންޑިޔާ އިން ނެގި ލޯނުތައް ޑިސްޕާސް ވާން ފެށީމަ. 2026 ގަ ދައްކަންޖެހޭ 500 މިލިިއަން އެހާ ކައިރިއެއް ނޫން. ނިމި ދިޔަ ސަރުކާރުން ވެސް 2023 ގަ އެއްވެސް އެއްޗެއް ނުލިބޭ.