އީޒެޕުން އެމްއައިބީއާއެކު އެއްބަސްވުމެއްގައި ސޮއިކުރަނީ: އީޒެޕުން ވަނީ އެމްއައިބީ ގްލޯބަލް ޕޭގައި ވަނީ ބައިވެރިވެފައި --- ފޮޓޯ/އެމްއައިބީ
13 މެއި 2025 - 14:32
ކާބޯތަކެތި އޯޑަރުކުރުމަށް ހަދާފައިވާ އީޒެޕުން އެމްއައިބީ ގްލޯބަލް ޕޭގައި ބައިވެރިވެއްޖެ އެވެ.
އެމްއައިބީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީޒެޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޒެޕްގެ މެނޭޖިން ޑިރެކްޓަ އަހުމަދު މައުރޫފް އަބްދުލް ހަކީމެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަ އަދި ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ އެވެ.
އީޒެޕަކީ އާއްމުން ބޭނުންވާ ގިނަ ހިދުމަތްތަކާއެކު ބޭނުންކޮށްލަން ފަސޭހަވާނެ ގޮތްތަކަށް ހާއްސަ އިސްކަމެއް ދީގެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށް އެމްއައިބީއިން ބުންޏެވެ. އެ އެޕްލިކޭޝަނުން ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ރެސްޓޯރަންޓްތަކުން ކަސްޓަމަރުންގެ އެންމެ މަގްބޫލު ކެއުންތައް ސިދާ ގެއަށް ޑެލިވަރީ ކުރުމާއި، ގެއަށް ބޭނުންވާ އެކި ސާމާނު ޑެލިވަރީކޮށް ދިނުން ހިމެނެ އެވެ.
އެ އެޕްލިކޭޝަނުން ދާދިފަހުން ވަނީ ޓެކްސީ ހިދުމަތް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭގޮތް ހަދާފަ އެވެ.
އެމްއައިބީއަކީ ޒުވާނުން ބޭނުންވާނެ ފަދަ ޒަމާނީ ހިދުމަތެއް އޭގެ ހަގީގީ މާނައިގައި ދޭ ބޭންކެކެވެ. އެގޮތުން ވަގުތުން އޮންލައިންކޮށް އެކައުންޓު ހުޅުވޭ އެމްއައިބީގެ ކާޑުތަކަކީ ޒުވާނުންނަށް ބަރޯސާ ވެވޭ ރައްކާތެރި ކާޑުތަކެއް ކަމަށް އެ ބޭންކުން ބުންޏެވެ. އެމްއައިބީގެ ފައިސާ ވެއަ އަނގޮޓިއަކީ މިއަދު މާކެޓްގައި ފައިސާ ދައްކާލެވޭ އެންމެ ސްޓައިލިޝް އެންމެ ފަސޭހަ ގޮތް ކަމަށް އެ ބޭންކުން ބުންޏެވެ.
އެކަންކަމާ އެކު އީޒެޕުން ވަނީ އެ އެޕްލިކޭޝަނުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އީޒެޕުން ބުނީ އެ އެއްބަސްވުމާއެކު އެ އެޕް މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓަ ކާޑަކުންވެސް ފަސޭހަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށެވެ
އެމްއައިބީ ގްލޯޕަލް ޕޭއަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް ބޭނުންކުރާ ޒަމާނީ ޕޭމަންޓް ގޭޓްވޭއެކެވެ. ޒަމާނީ ސިފަތަކެއް އެކުލެވޭ އެ ޕޭމަންޓް ގޭޓްވޭ ބޭނުން ކުރުމުގެ ފުރުސަތު އެ ބޭންކުން ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy