ޯގެ ހިއްސާދާރުންތަކެއް. އޭޖީއެމް ޖަލްސާ ކުރިއަށް ދަނިކޮށް ވަނީ ފައިސާ ޖަމާކޮށްދީފައި -- ފޮޓޯ: އެސްޓީއޯ
18 މެއި 2025 - 04:05
ރޭ ބޭއްވި އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ޖަމާކޮށްދީފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އޭޖީއެމްގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރީ ހިއްސާއަކަށް 80ރ. ގެ މަގުންނެވެ. މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ އާއި ފައިދާ ދަށްވި ނަމަވެސް ވަނީ، މިދިޔަ އަހަރެކޭ އެއްގޮތަށް ހިއްސާގެ ފައިދާއިން ބަހާ އަދަދަށް ބަދަލެއް ނުގެނެސް އެއްވަރެއްގައި ބައިންދަން ބޯޑުން ފާސްކޮށް އޭޖީއެމަށް ހުށަހަޅައިފަ އެވެ.
އެސްޓީއޯގެ އެއް މިލިއަން ހިއްސާ ހިމެނޭ އިރު ހިއްސާދާރުންނަށް 90 މިލިއަން ރުފިޔާ ބެހުމަށް ރޭ ނިންމި އެވެ. އޭގެ ތެރެއިން އާންމު ހިއްސާދާރުންނަށް ބަހާނީ 17 މިލިއަން ރުފިޔާ އެވެ. ބާކީ 73 މިލިއަން ރުފިޔާ ވަންނާނީ ސަރުކާރަށެވެ.
އެސްޓީއޯގެ ހިއްސާދާރަކު ސުވާލު ކުރަނީ -- ފޮޓޯ: އެސްޓީއޯ
ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ހިއްސާދާރަކު ވަނީ، ޖަލްސާ ކުރިއަށް ދަނިކޮށް ހިއްސާދާރުންނަށް ފައިސާ ޖަމާވުމަކީ، މީގެ ކުރިން އެއްވެސް ކުންފުންޏަކުން ނުކުރާ ކަމެއް ކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އެވަގުތު ހުރިހާ ހިއްސާދާރުން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން އަތްތިލަބަޑި ޖަހާފަ އެވެ.
ރޭގެ ޖަލްސާގައި ހިއްސާދާރުންނަށް ވަކި ވަގުތެއް ނެތި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ގާތްގަނޑަކަށް ދޮޅު ގަޑި އިރު ވަންދެން ހިއްސާދާރުން ސުވާލު ކޮށްފައިވެ އެވެ. އެހާ ގިނަ ވަގުތު ހިއްސާދާރުންނަށް ދިނުމުން އެކަން ފާހަގަކޮށް، އެއީ ރާއްޖޭގެ އެހެން ޕަބްލިކް ކުންފުނިތަކުން ވެސް ނަމޫނާއަށް ނަގަން ޖެހޭނެ ކަމެއް ކަމަށް ބައެއް ހިއްސާދާރުން ބުންޏެވެ.
ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރަކު ސުވާލު ކުރަނީ -- ފޮޓޯ: އެސްޓީއޯ
"ދެންމެ އަޅުގަނޑުމެން ވޯޓުލީ ހިއްސާގެ ފައިދާ ލިބިއްޖެ. އަޅުގަނޑަށް ލިބިއްޖެ. މި ދައްކަނީ ރަނގަޅު ވާހަކައެއް ކަމުގައިވާ ނަމަ އަޅުގަނޑު ބޭނުން ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ސަބަބަކީ މިއީ ރާއްޖޭގެ ރެކޯޑެއް،" އެ ހިއްސާދާރު ބުންޏެވެ.
އޭނާ ބުނީ، މީގެ އަހަރުތަކެއް ކުރިން އެސްޓީއޯގެ ފައިދާ ނުލިބިގެން އެ ކުންފުންޏަށް އެތައް ފަހަރު ގުޅަން ޖެހޭ ދުވަސްވަރެއް ވެސް ދިޔަ ކަމަށާއި އެކަމަކު އެއީ މިއަދު ހިއްސާދާރުންގެ ކަންކަން ފުރިހަމައަށް ކޮށްދިނުމުގައި އެންމެ ނަމޫނާ ކުންފުންޏަށް މިހާރު ވެއްޖެ އެވެ.
"ތި ސެޓް ކުރީ ޕްރިސަޑެންސްއެއް. އެހެން ކުންފުނިތަކަށް ވަރަށް ރަނގަޅު ނަމޫނާއެއް. މި އެކްސެލެންޓް މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" ހިއްސާދާރަކު ބުންޏެވެ.
އެސްޓީއޯގެ 129 ހިއްސާދާރުން ބައިވެރިވި ރޭގެ ޖަލްސާ ފެށީ 9:00 ގަ އެވެ. ހިއްސާދާރުން ކުރި ހުރިހާ ސުވާލަކަށް ޖަވާބުދީ ނިންމާލީ ރޭގަނޑު 12 ޖަހަން ގާތްވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓާލަންވެއްޖެ
18 May 2025
މިފަދަ ކުންފުނިތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ އާންމު ރައްޔިތުންނަށް ދޫކޮށްލަން އެބަޖެހޭ. ހިއްސާތައް ވިއްކާލައިގެން ލިބޭ ފައިސާވެސް ވަންނާނީ ސަރުކާރަށް. ޢެފައިސާ އެހެން ގޮތްގޮތަށް އިންވެސްޓު ކުރެވިދާނެ. މިކުންފުނިންވެސް ސަރުކާރަށް 73 މިލިޔަން ލިބުނުއިރު އާންމުންނަށް 17 މިލިޔަން. 90 މިލިޔަން އެކީގައި ރައްޔިތުންނަށް ލިބުނުނަމަ ރައްޔިތުން މުއްސަނދިވާނެ. ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން އެބަޖެހޭ.
ފެހި
18 May 2025
ކޮންއިރަކުބާ ބީއެމްއެލް ގެ ހިއްސާ އާއި އެމްޓީޑީސީގެ ހިއްސާ ގެ ޚަބަރެއް ވާނީ
ވަންޗޫ
18 May 2025
މިކަހަލަ ހަބަރު ޖަހާއިރު މިހާކަށް ރަނގަޅު މައުލޫމާތެއް ލިބޭގޮތަށް މައުލޫމާތު ހޯދާއިގެން ހަބަރު ހަދާލީމާ ހަބަރު ހަދާމީހާގެވެސް ކަމަށް ގާބިލުކަންވެސް އެހެންމީހުންނަށް އިހްސާސް ކުރެވޭނެ. އެހެން ނޫނީ މިވާގޮތަކީ ހަބަރު ކިޔާލާ ނިމޭއިރު ރަނގަޅު މައުލޫމާތެއް ނުލިބުނީމަ ހަބަރު ހަދާ މީހާދެކެ ފާޑަކަށް ރުޅިއަންނަނި. މި ލިޔުމުގަ ވަރަށް ރަނގަޅުވީސް އެސް.ޓީ.އޯ އިން މިއަހަރު ޑިވިޑެންޑްގެ ގޮތުގަ ހިއްސާއަކަށް ދިން މިންވަރާއި ކުރީއަހަރު ދިންވަރު ހިމަނާލިނަމަ.
އަޑުބަޑު
18 May 2025
މަމީ ހިއްސާދާރެއް. މަށަކަށް އަދި ނުލިބޭ. ހަމައެކަނި މާކެޓިންގ އަޑެއްބާ؟
ޑރ ވާންޗޯ
18 May 2025
1800-2000 ރުފިޔާގެ އެސްޓީއޯގެ ހިއްސާއަކަށް 80 ލިބުނީމަ އެލިބުނީ އަހަރަކު %4 . މިވަރު ބެހިގެންތޯ ތިޔަ ޑަނޑޫރަޖައްސަވަނީ؟. އިސްލާމިކް ބޭންކުގެ ސެއަރ އެއް 35ރ އަށް ގަނެގެން 4.5ރ އެބަލިބޭ އަހަރަކު އެއީ %13 އަހަރަކު.
ޙ. ޙުސައިން
18 May 2025
ހިއްސާގެ މޫނުމަތީ އަގާ ސްޓޮކްމަރކެޓްގަ ގަނެވިއްކާ އަގުގެ ތަފާތު ދެނެގަންނަން ވާނެ. އޭރުން ކުރާ ކޮމެންޓުގައި އޮށްޓަރެއް ހުންނާނީ.
އޭއެމްތަކަފުލް
18 May 2025
އަޅުގަނޑު އެސްޓީއޯ ހިއްސާއެއް ގަތީ 50ރ. އަށް ހިއްސާއެއްމަގުން. މި އަހަރު އެކަނިވެސް އެދިނީ ހިއްސާއަކަށް 80ރ. ޝެއަރ މާރކެޓުގައި އެއްވެސް އަގަކީ ދެދުވަހު އެއްވަރެއްގައި ހުންނަ އެއްޗެއް ނޫން. 50ރ އަށް ގަތް ޝެއަރއެއް އަދު 2000ރ އަށް އެހުރީ. އެވުރެޖުކޮށް އަހަރަކު 50ރ ގެ މަގުން ލިބޭތާ މިހާރު 24 އަހަރު މިވީ. އަޅުގަނޑު މިހުރީ އަލްޙަމްދުﷲ ވަރަށް ހިތްހަމަޖެކިފައި
ތަކާބެ
18 May 2025
އޭއެމްތަކަފޫލް! އަހަރުމެން އެސްޓީއޯއިން ހިއްސާއެއް ގަތީ 500ރ އަަށް. އެއްސުންމަދުކޮށްލީތަ!
ކޮރަލް
18 May 2025
ތިހާ ބޮޑު ފައިދާ އެއް ވާއިރު ހުރިހާ ހިއްސާދާރުންނަށް އެސްއެމްއެސް އަކުން ޖަލްސާ އަށް ދައުވަތު ދިނުން ރަނގަޅެވެ. ބައެއް ކުންފުނި ތަކުގަ މީހުން ކޮޅެއް އެއްކޮށްލާފަ ޖައްސާ އެއް ބާއްވާފަ އާއްމު މެމްބަރެއް ހޮަވނީ އެވެ. އެހެން މެމްބަރުންނަށް ވާ އެއް ނުވާ އެއް ނޭނގެ އެވެ.
އޮަޓޯ
18 May 2025
ހިއްސާ ވިއްކި ކުންފުނިތަކުގެ ތެރެއިން އެންމެ ކަމުނުދާ ކުންފުންޏަކީ އެމްޑީޓީސީއެވެ. ރާއްޖޭގެ މަހުޖަނުން ގުޅިގެން އެ ކުންފުނި ވަނީ އިދަޖައްސާލާފައެވެ. ތިން ހަތަރު ވެރިކަން ބަދަލުވިއިރުވެސް އެއްވެސް ވެރިކަމެއްގައި އަޅައިނުލައި ބާއްވާފައި އޮތީވެސް އެކުންފުންޏެވެ. ސަޅިބައިސާ ކެނޑުން ނޫން ކަމެއް މިކުންފުނިން ނުކުރެއެވެ.
ނަދީން
18 May 2025
ތިހިރީ ކުރާ ކަންކަން! ކުންފުނީގެ ފައިދާ ދަށްވީމަވެސް ޑިވިޑެންޑް އެއްވަރަކަށް ބެހުން މިއީ ކުންފުނި ބަނގުރޫޓު ވެދާނެ ކަންކަން! ސަރުކާރަށް މީހުން ޖޯކު ޖަހައި ހިންގަން ނޭގުނީމަ ޑިވިޑެންޑް ދަށްވެ ހިއްސާދާރުންނަށް މިފަހަރު ދިނީ މަދުންނޭ ކިޔައި ސިޔާސީ ޕޯޑިއަމް ތަކާއި ޔާމީނުގެ ސިޓިން ރޫމް ޖަލްސާގައި ޖޯކު ޖަހާނެތީ ތިޔާހެން ހެދީމާ ގައުމަށް ލިބޭ ގެއްލުން ބޮޑު! މިހާރު ތިކުރިކަން މާ ޖޯކު، މާ ސީރިއަސް
ރައްޔިތުން ކޫދު
18 May 2025
އެސްޓީއޯއަށް ކަންކަން ވިޔަސް އެމްޓީސީސީ އަކަށް ނުވާނެ!. އެމްޑީ ސައުދީ ހުރީ ޗެއާރމަން އަފީފު ކުޑަކޮލާފަ!.
ކޮސް
18 May 2025
އެމް.ޓީ.ސީ.ސީ ވަނީ މިސަރުކާރުން މުޅިން ހަލާކުކޮށްލާފަ.