އެސްޓީއޯ ތެޔޮ ބޯޓުން ބަންކަރިން ހިދުމަތް ދެނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
18 މެއި 2025 - 09:26
ބަންކަރިންގައި އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި މި ވިޔަފާރީގައި ސްރީ ލަންކާއާ ވާދަކުރާ ނަމަ، އެކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ވިޔަފާރިން 124 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފަ އެވެ. އެއީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ އެ ކުންފުނިން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް ވެސް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށެވެ. އެ ބޯޓަށް 1200 ޓަނުގެ ތެޔޮ ވިއްކާފައިވެ އެވެ.
"[މިކަމުން އެނގެނީ] އަޅުގަނޑުމެންނަށް ބައިނަލްއަގްވާމީ ބޮޑެތި ޝިޕިންލައިނާސްތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ހިނގާކަން،" އޭނާ ވިދާޅުވި އެވެ.
ބަންކަރިން ހިދުމަތްތައް ދޭ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރި ނަމަވެސް އެ ބަދަލުތަކާ ބެހޭ ތަފްސީލެއް ޝިމާދު ވިދާޅެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަނީ، ވިޓޯލްގެ އިތުރުން، ތެޔޮ ވިއްކާ އެހެން ކުންފުނިތަކާ އެކު ވެސް ރާއްޖޭގައި އެ ހިދުމަތް ފުޅާކުރާށެވެ. މިހާރު އޮންނަ ގޮތުން ބަންކަރިންގެ ހިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ވަންނާނީ އެ މަސައްކަތް ކުރާ ވިޓޯލް ކުންފުންޏަށެވެ.
އެސްޓީއޯ އިން ބަންކަރިން މަޝްރޫއު ހިންގުމަށް، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި ވިޓޯލްއާ އެމްއޯޔޫއެއްގެ ދަށުން ހަވާލުކޮށްގެން މަސައްކަތް ފެށީ މާޗް 2023 ގަ އެވެ. އަދި އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.
އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު ވާހަކަދައްކަވަނީ -- ފޮޓޯ: އެސްޓީއޯ
ޝިމާދު ވިދާޅުވި ގޮތުގައި އިހަވަންދިއްފޮޅުގައި ބަންކަރިންގެ ވިޔަފާރި ދަށަސް މާލެ ސަރަހައްދުގައި ވަރަށް ރަނގަޅެވެ.
އެސްޓީއޯ އިން ބަންކަރިންގައި ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިން ޓޭންކަރާއި 11 ބާޖު ގެންގުޅެ އެވެ. އަދި ރާއްޖޭގެ 19 ރަށަކުން ތެޔޮ ފޯރުކޮށްދެމުން ދެ އެވެ.
އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ތެލުގެ ވިޔަފާރިންނެވެ. މިދިޔަ އަހަރު ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް 12 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ހަތް ޕަސެންޓު ދަށް އަދަދެކެވެ. ތެލުގެ އާމްދަނީ ދަށްވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ތެލުގެ އަގު ދަށްކުރުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ތެލުގެ ވިޔަފާރި ދަށްވި ނަމަވެސް، އިންޝުއަރެންސާއި ޝިޕިން ވިޔަފާރިން ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ. މިދިޔަ އަހަރު އިންޝުއަރެންސް ދާއިރާއިން 761 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެ އެވެ. އެއީ 46 ޕަސެންޓުގެ ކުރިއެރުމެކެވެ. އިންޝުއަރެންސް ވިޔަފާރިން 2023 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 519 މިލިއަން ރުފިޔާ ލިބިފަ އެވެ. ޝިޕިން ދާއިރާގެ އާމްދަނީ 15 ޕަސެންޓަށް އިތުރުވި އިރު އެކުންފުންޏަށް މިދިޔަ އަހަރު އެ ދާއިރާއިން 432 މިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ އަހަރު ކުންފުނީގެ ގްރޫޕަށް ވަނީ 770 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ދަށެވެ. އެ ކުންފުނީގެ ގްރޫޕަށް 2023 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާގެ ފައިދާއެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޔަފާރި ރަނގަޅު
19 May 2025
"ޝިމާދު ވިދާޅުވި ގޮތުގައި އިހަވަންދިއްފޮޅުގައި ބަންކަރިންގެ ވިޔަފާރި ދަށަސް މާލެ ސަރަހައްދުގައި ވަރަށް ރަނގަޅެވެ." ކުރިންވެސް މާލެ ސަރަހައްދުގަ އެސްޓީއޯއިން ތެޔޮ ވިއްކާދޯ އަދި އެކަމުން ބޮޑުފައިދާއެއްވެސްވޭ. ބަންކަރިންގއާ މިކަމާ ގުޅުވާލަނީ ހީކުރިގޮތައް ބަންކަރިން ކަންތައް ނުހިނގާތީހެންހީވަނީ.
އަފްރާސިޔާބު
18 May 2025
ބަންކަރިން ލިބުނީ 8 މިލިއަން ޑޮލަރު. އެސްޓީއޯ އިން ބަންކަރިންގ އަށް ހޭދަކުރި 10 މިލިއަން ޑޮލަރަށްވުރެ ގިނައިން. އެހެންވީމާ އެސްޓީއޯ އަށް 124 މިލިއަން ރުފިޔާ ލިބުނުކަމަށް ބުނުމަކީވެސް އިގްތިސާދަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމެއް.
މުޝައްރަފު / ލިބޭ
18 May 2025
"ޝިމާދު ވިދާޅުވި ގޮތުގައި އިހަވަންދިއްފޮޅުގައި ބަންކަރިންގެ ވިޔަފާރި ދަށަސް މާލެ ސަރަހައްދުގައި ވަރަށް ރަނގަޅެވެ". މާނައަކީ މާލެން ތި ފައިސާ ލިބުނީ މާލެ ފަޅުތެރެއިން ބޯޓު އަދި ދޯނި ފަހަރަށް ތެޔޮވިއްކައިގެންނޭ. ކުރިން ވެސް އެ އޮޑިފަހަރުން ތެޔޮ ގަަންނާނީ އެސްޓީއޯ ތެޔޮ ބޯސާ ތަކުން. މިހާރު އެސްޓީއޯ ތެޔޮބަނޑުތަކުން ( ބަންކަރިންއިން ). އެއް ވައްގަނޑުން ފައިސާ ނަގާފަ އަނެއް ވައްގަނޑަށް އަޅާފަ ތިބުނަނީ ފައިދާ ވެއްޖެއްޔޭ 100 މިލިއަން.
މަޖަން
18 May 2025
މާލޭބަނދަރައްއަންނަ ބޭރުގެބޯޓުފަހަރައްތެޔޮވިއްކިވަރުބުނެގެންއަދަދުބޮޑުވެދާނެ ތިއަށްވުރެންގިނަވާނެ ހޯކުސްމީހުންނާއި އެންޓުރެކު މީހުންވެސްތެޔޮބޭރުގެބޯޓުފަހަރައްތެޔޮވިއްކިލެއް
ކަޅުހޮޅި
18 May 2025
އެސްޓީއޯއިން ބަންކަރިން ދެން ފަށަންވީ ބޮއްކުރާތަކުގަ ރަށްރަށުގެ ފަޅުތެރޭގަ. އެއިރުން ބިލިއަނުން ލިބޭނެ..
ސޮބީހާ
18 May 2025
އަނެއްކާ ކޮންކަހަލަ ބަދަލެއްބާ، ކޮންމެއަކަސް ޖީބަށް ކަހާނުލާތި،
ގެޓްމީ
18 May 2025
124މ ރުފިޔާގެ ތެޔޮވިއްކައިގެން ނެޓް ޕްރޮފިޓް ލިބުނުވަރު ބުނެލަން ކެރުނުނަމަވެސް ރަނގަޅު މިއީ ކުޑަ މާރޖިންއެއް ލިބޭ ވިޔަފާރިއެއް އަދި އެހެންބަޔަކަށް ބައި އަޅަންޖެހޭ ފުރަތަމަ ފައްޓައިގަންނަން އެސްޓިއޯއިން 300މ އަށް ވުރެ ބޮޑު އެއްޗެއް އިންވެސްޓްކުރި މިދާވަރުން ކިތައްއަހަރުން ފުރަތަމަ އިންވެސްޓްމަންޓް ކަވަރުވާނީ މިހާ ގަމާރުވީމާ ބުނިހާއެއްޗަކަށް އަތްޖަހަޖަހާ ތިބެންވީ މިވަރުގެ ވެރިކަމެއް ނެތީގެން
ހޮޅި
18 May 2025
ދިވެހިންގެ ރާއްޖެ ގައި އެއްމެރަނގަޅަށް ހިންގާފައިވާ ޓްރާންސްސެކްޝަން އަކީ ޒިކުރާމިސްކިތް އޮފީސް ބިލްޑިންގ އަކާއިއެކް އެޅުމަށް އެޑްވާންސްއަށް ދައުލަތުން ކޮންޓެޓްޓަރަށްދިން ތިރީސްމިލިއަށް ރުފިޔާއެވެ އޭގެފަހުން އެބައިމީހުންގެ މާޓާއި އިންވެގެންވި ހުސްނިން ހުޅުމާލެ އެކެއްގައި ލާޖެއްސުމެވެ އެއީ އިހަކަށްދުވަހު ހިންގި ޓްރާންސްސެކްޝަންއކެވެ މިކަމުގައި ސްރީލައްކާ އުޅެނީ ބޮޑުތަނުންވެސް ފަހަތުގައެވެ !
ސައްދާމް ހަސަން
18 May 2025
ރައީސް މުއިއްޒް ތަފާތު. އިގްތިސާދަށް ބޮޑު ހެޔޮ ބަދަލް އަންނަ ކަހަލަ މިކަހަލަ މެގަ ކަންކަން ކުރަމުން މިދަނީ. މިއީ އަބަދު އޮތް ވަރުން އެހެން ލެވެލްއަކަށް ގެންދާނެ ގޮތަކީ.
އަފްޝީން
18 May 2025
ޔާމީންއަށް ވަރަށް އުދަގޫވާނެ މިކަހަލަ ހަބަރުތައް ބަލަން. ހެހެ
ާޔަަމީން
18 May 2025
ޔާމީންއަށް އިނގޭ ތަންދޮރު އެހެންވީމާ އުނދަގޫވާނެ އެއްނު މިކަލަ ގަމާރުކަންތައް ކުރަންނާމުން މިގައުމުގަ ބޮޑު ޕްރޮޖެކްޓެްވެސް ފައުރުތެރޭގައި ހަމަ އެކަނި ނިންމުނު ރައީސް އެއީ ގައުމަށް ކިރިޔާވެސް ވިސްނާލާ މީހަކު އެހެންމީހަކު ވެރިކަމަށް ގެންނަން މަސައްކަތެއް ނުކުރާނެ ހަމައެކަނި ތަރައްގީ ގެނެވުނު މީހަކީ އދިވެސް ޔާމީން