އަހަރަކު 7 މިލިއަން މީހުންނަށް ހިދުމަތް ދިނުމަށް ތަރައްގީކުރާ ވީއައިއޭ އަ ޓާމިނަލް މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ރައީސް އޮފީސް
27 މެއި 2025 - 13:13
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެއްބައި އަންނަ ޖުލައި 26 ބޭނުންކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމްގައި އެ ކުންފުނީގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވީ، ވީއައިއޭގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އާ ޓާމިނަލް ހުޅުވާނެ ޖުލައި 26 ގައި. އެއާ އެކު ހިދުމަތްތަކަށް ވެސް ބަދަލުތައް އަންނާނެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ވެސް ހުންނާނެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ޝަފީޒު ވިދާޅުވީ، ވީހާވެސް ލުއިފަސޭހަ ހިދުމަތަކެއް ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލް އިން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީޢެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީގު ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އާ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް 600 ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރެ އެވެ.
ސަރުކާރުން ބުނެފައި ވަނީ އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
- 78،000 އަކަމީޓަރުގެ ޖާގަ.
- އެވްރެޖުކޮށް ދުވާލަކު 8،000 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ.
- ސެލްފް ސާވިސް ޗެކިން ހިދުމަތް.
- 38 އިމިގްރޭޝަން ކައުންޓަރު.
- އެއްފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ.
- އިތުރު 7 ޗެކިން ކައުންޓަރު.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
28 May 2025
އެވްރެޖުކޮށް ދުވާލަކު 8،000 އެއީ އަހަރަކަށް 2.9 މިލިއަން. 7.5 މިލިއަނެއްނޫން. މިހާރުވެސް 7000 ވަރަކަށް އެރައިވަލްއާދޭ ސީޒަންގަ. އިތުރު 7 ކަނުންޓަރަކީ އެހާ ގިނައެއްނޫން. ހިސާބު ރަނގަޅެއްނޫން
ާޕާޕާ
27 May 2025
ޝަރީފް، ލައްމާން، މުޖޭ އަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ތިކަހަލަ ވެރިންތަކެއް މިހާތަނަކަށް އެއާޕޯރޓް ނުދެކެއެވެ. ޢަވިދިނަސް، ވާރޭ ވެހުނަސް، ގައުމަށްޓަކައި ތިކުރާ ހިއްވަރަށް ސަާބަސް. ޢަހަރެންނަށް އޯކޭ ޔާމީނު ގެނަޔަސް، އަދި ހުރިހާ ކުރީގެ ވެރިން ގެނަޔަސް. ޢެއަރޕޯރޓަކީ ހުރިހާދިވެހިން ގެ ތަނެއް. ތާރީފް ކުރިޔަސް ކޮންމެހެން ފޮނިވާނެ ކަމެއް ނެތް. ވަރަށް ފޫހިވޭ…. ޢޯލްދަބެސްޓް.. ބަޓް ސަމްޓައިމްސް މުއިޒް ހީލާ އިރު ފޭކްލުކް…
އަލީ ރަމީޒު
27 May 2025
ތިޔަތަން ހުޅުވަން ގެންނަން ވާނީ ޔާމީން. މުއިޒު ހުޅުވަން ގޮއްސިއްޔާ މަންޒަރު ވަރަށް ހަޑިވާނެ، ސުކުރިއްޔާ ރައީސް ޔާމީނު.
އަލީ2778
27 May 2025
ބިލިއަން ރުފިޔާގެ ޓާމިނަލްގަވެސް ވެސް ޕެސެންޖަރުން ކާރަށް އަރާ ފައިބަން ޖެހޭނީ ވާރޭ ވެހެންޔާ ތެމިގެން
މިލިއަން
27 May 2025
އަހަރަކު 7 މިލިޔަން މީހުންނަށް ޚިދުމަތް ދެންޏާ ދުވާލަކު އެވްރެޖްކޮށް 19 ހާސް މީހުންނަށް ޚިދުމަތް ދެވެންވާނެ. ދުވާލަކު 8 ހާސް މީހުންނަށް އަމާޒު ކޮށްގެން 7 މިލިއަން ހަމަވާނެގޮތެއް ނޭގުނު
ިބިއުޓީ
27 May 2025
ނެއްތަ ހިސާބަށް މޮޅު ކުއްޖެއް. ކޮބާ އަދުރޭ؟ 7 މިލިއަން މީހުން ހޯދާނެ ގޮތެއް ބުނެދީބަލަ.
ރަންނަ
28 May 2025
ތި ގުނަކޮށްބަލަ 4 ކާ. ޔުނިވާސިޓީ އަކަށް ނުދިޔަޔަސް 7.5 މިލިއަންވާކަން އިނގޭނެ
މުރާސިލް
27 May 2025
ވެލާނާ އިންޓަރނޭޝަނަލްގައި މިހާރު ބޭނުންކުރަމުންދާ ''ބާލިދީ'' އެއާޕޯޓުންވެސް ދުވާލަކަށް 8000 ފަސިންޖަރުންނަށް ޚިދުމަތް ދެވެއެވެ. އެހެންވީމައި އާ ޓަމިނަލުންވެސް ދުވާލަކަށް 8000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނަމަ، 7 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން އެއާޕޯޓުގެ އާޓާމިނަލް އެޅުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟
ނިއުމާ ހަސަން
27 May 2025
ކޮއްކޮ.. ކުރީގަ ދައްތަމެން ކެއްކީ ދަރުން، މަހައްދިޔައީ ރިޔަލުގަ، އުޅުނީ ކަނޑިކި އަދެގެން. ޢެހެނަސް މިހާރު އެގޮތައް އުޅޭކަށް ބޭނުމެއްނޫން. ޜީތި ރީތި ޗާލު ހެދުން ބޭނުން. މީރުވަސް ދުވާ ސެންޓްވެސް ބޭނުން. ޢެއާރޕޯޓްގެ ހުރިޙާ އެންމެން ތިކުޜާ މަސައްކަތަށް އައްސަރިބަހަާއި ސާބަސް. ޢިރާދަކުރެއްވިޔާ މި ރީތީ ގައުމުގެ ދޮރާށި ވަރަށް އަވަހަށް ހުޅުވޭނެ. މީ މަގޭ ރާއްޖެ..
ސަކީނާއްތަ
27 May 2025
މާފުއްޓައް އެއާރޕޯޓް ގެންދިޔާމަ ހުރިހާކަމެއް ހައްލުވީތަ ދޮންކަލޯ ލޮލް
ރޫމް
27 May 2025
މުއިއްޒު ރަނގަޅު މި ކަހަލަ ތަނެއް ހުޅުވަން ދާން. އިބޫ އުޅޭހެން ނޫޅެބަލަ. ކަންމަތީ ފިހާރައެއް ހުޅުވިޔަސް އޭނަ ދާނެ. ރައީސް އެއްގެ ގޮތެއް ހުންނަންވާާނެދޯ.
އަލިބޭބެ
27 May 2025
ޝުކުރިއްޔާ ރައީސް ޔާމީން
މާހިރު
27 May 2025
ދުވާލަކު 8000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނަމަ އެއީ އެކަށީގެންވާ އަދަދެއްނޫނެވެ. މިހާރުވެސް ބައެއް ދުވަސްދުވަހު 8000 އަށްވުރެ އިތުރުވާނެއެވެ. ދުވާލަކު 8 ހާސް ފަސިންޖަރުންނަށް ޚިދުމަތްދީގެން އަހަރަކު 7 މިލިއަން މީހުންނަށް ޚިދުމަތް ދެވިދާނެކަމަކަށްވެސް ނުދައްކައެވެ.
ހުސެން111
27 May 2025
އެވަރެޖް ކޮށް