ށ. ފުނަދޫ އެއާޕޯޓު. ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަން ވަނީ ހުއްޓާލާފައި --
07 ޖޫން 2025 - 14:32
ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލް ހަލާކުވުމުން އެ އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ށ.ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ. ފުނަދޫއިން ފުރަން ޓިކެޓް ގަތް ފަރާތްތަކަށް ކަނޑުމަގުން މާފަރަށް ދެވޭނެ އިންތިޒާމުތައް މޯލްޑިވިއަން އިން ހަމަޖައްސައި، ފުރުވާލާފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ސޯޝަލް މީޑިއާގައި ވެސް އެެކަން އިއުލާނުކޮށްފަ އެވެ. އިޔާސް ވިދާޅުވީ، ދަތުރުތައް ހުއްޓާލީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލުވާނެ ދުވަހެއް ނޭންގޭ ކަމަށެވެ.
— MaldivianAero (@MaldivianAero) June 7, 2025
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އެއާޕޯޓުގެ ދަތުރުތައް ހުއްޓާލީ ފަޔާ ވެހިކަލްގެ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ފުނަދޫ އެއާޕޯޓުގެ ފަޔަ ޓްރަކް ހަލާކުވުމުން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ތިން ދަތުރު ފުނަދޫއަށް ކުރެ އެވެ. ހޮނިހިރު ދުވަހުގެ އިތުރުން ދެން ފޮނުދޫއަށް ދަތުރުތައް ކުރާނީ އަންގާރަ އާއި ބުރާސްފަތި ދުވަހު އެވެ.
ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
07 June 2025
އެންމެ ވެހިކަލެއް އޮވެގެން ނުފުދޭނެ ދެއްތޯ
ނަގިއްޔާ
07 June 2025
މިގައުމުގެ ހަލާކަކީ އެއްވެސް މިކަހަލަ ކްރިޓިކަލް ހާލަތަށް ވަގުތީ ބެކަޕެއްނެތީމަ. ހަލާކުވީމަ ބަންދުވީ. އެކަމެއް ހުއްޓުނީ. ދޯނީ ބީހުނީމަ ބީހުނީ. ހެޔޮ ފަސިންޖަރުން ކޮނޑަށްލައިގެން އެއްގަމަށް ގެންދަންޖެހުނަސް. ތި އައިޖީއެމް އެޗްގައިވެސް އިރުއިރުކޮޅާ ހަދަންޖެހޭ މުހިއްމު ޓެސްޓެއް ނެހެދޭނެ، މެޝިން ހަލާކުވެފައި، ކޮންމެވެސް ރިއޭޖެއްންޓެއްނެތީ، ސޮއިކުރަން ޖެހޭ ޑޮކްޓަރުނެތީ. ފަޅުރަށަކްވެސް ސީޓީ ކިއުނީމަ ނިމުނީ. މިގައުުގެ ހުރިހާކަމަކީވެސް ޕޮލިޓިކަލް ގޭމްސް!
މަހުވެއި
07 June 2025
ކިތައްފަހަރު ތަކުރާރުވީމަތަ ކަމަކަށްވަނީ. ބެކަޕްސިސްޓަމެއް ނެތް މިވަރުން ކިހިނެތް. ހާދަ ގިނަކަންކަމުގައި އިންތިޒާމު ފުރިހަމައެއްނޫނޭ. ކޮންމެއެއްޗަކުން އެކަތިގަނޑު. ރަގަޅު މެއިންޓެނެސް ޗެކްލިސްޓެއްވެސް ނުގެންގުޅޭކަންނޭގެ. މިމީހުންގެ ޕްލޭން ބީ އަކީ މައްސަލަޖެހުނީ އެެއާރޕޯޓް ބަންދު.
އަޅި އަލީ
07 June 2025
ފުނަދޫ ބޯޓުން ދަތުރުކުރާމީހުން މަދުކަމެން ފުނަދޫ މީހުން ޖެއްސި ސްޓަންޓެއް
ތަދޯ
07 June 2025
ފަޔާ ވެހިކަލްހަލާކުވެގެން ސްޕެއަރ ނުލިބިގެން އެއަރޕޯރޓް ބަންދު އެކަމަކު މިހާރުވެސް ސަރުކާރުގެ ޚަރަދުގައި ހުރިހާ ވަޒީރުން އެދަނީ ރާއްޖޭޭން ބޭރުގައި އެމެންގެ އާއިލާ އާއި އެކެބަނޑެ ބެއްޔާ އާއި ބެއްޔާގެ ބެއްޔާ މެންނަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ފައިސާ ދީގެން މަޖާ ކުރަމުންނޭ އެކަމަށް އެކަނި ވެސް 10 ހާސް ފަޔަަރ ވެހިކަލް ގަންނާނެ ފައިސާ ވަނީ ތަޅާ ބުރުއްސާފައޭ މީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނުނު ކަންކަމެއް ނޫނޭ މިވަގު ވެރިކަމުގައި މިފެންނަނީ