މޯލްޑިވިއަންގެ މަތިންދާ ބޯޓެއް. ކައްދޫ އާއި އައްޑޫ އޮފީހުން ޓިކެޓް ވިއްކުން ވަނީ ހުއްޓާލާފައި -- ފޮޓޯ: މިހާރު
30 ޖޫން 2025 - 13:11
ޑިމާންޑް ނެތުމުން ލ.ކައްދު އާއި އައްޑޫގެ މޯލްޑިވިއަންގެ އޮފީހުން ޓިކެޓް އިޝޫ ކުރުން ހުއްޓާލައިފި އެވެ.
ގައުމީ އެއާލައިން ހިންގާ، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިހާރު ގިނަ މީހުން ޓިކެޓް ނަގަނީ މޯލްޑިވިއަންގެ ޓިކެޓް އޭޖެންޓުން މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ވެބްސައިޓުން ކަމަށެވެ. އެހެންވެ އޮފީހަށް ގޮސް ޓިކެޓް ގަތުމުގެ ޑިމާންޑެއް މިހާރު ނެތް ކަމަށެވެ.
ޓިކެޓް އިޝޫކުރުން ހުއްޓާލި ނަމަވެސް، މޯލްޑިވިއަންގެ އެހެން ހިދުމަތްތައް ކައްދު އާއި އައްޑޫގެ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ އޮފީހުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ޓިކެޓް، ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށް އަދި ވައިބާ އާއި އީމެއިލް އާއި ކޯލް ސެންޓަރު މެދުވެރިކޮށް ނެގޭނެ އެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާ ދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތަކެވެ. އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން މެލޭޝިއާ އަށް ވެސް މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް ވަނީ ފުޅާކޮށްފަ އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރް މަތިންދާބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭ ޚިޔާލު
30 June 2025
ރާއްޖޭގެ އެކިޑެސްޓިނޭޝަންތަކަށް ދަތުރުކުރެވެން އޮތީ ހަމައެކަނި މޯލްޑިވިއަން އިން. އޮންލައިންކޮށް ޓިކެޓްނަގަން މިހާރު ވަރަށް އުނދަގޫ. ވެއިޓްލިސްޓްކުރެވޭނެގޮތެއްނޯވޭ. ފުލައިޓް ޝެޑިއުލްތަކެއް ފެންނާކަށްނުހުރޭ. މީ ވަރަށް އުނދަގޫވާ ކަންތައްތަކެއް. އެކިރަށްތަކަށް ދަތުރުތައް ބަހާފައި އޮންނަނީ ހަފްތާގެ އެކިދުވަސްތަކަށް. ބައެއްރަށްތަކަށް ހަފްތާއަކު 3 ދަތުރު ނުވަތަ 2 ދަތުރުކުރާއިު ވެއިޓްލިސްޓްކުރެވޭގޮތެއް އޮންނަންވާނެކަމަށް ދެކެން
ހާރިސް.
30 June 2025
ވަރަށް އަވަހަށް އައްޑުއަށް ހަލާލު ޓިކެޓް ވިއްކަން ފަށާނެ. ކަން ބޮޑު ނުވޭ.
އަބްޑޫޅް +
30 June 2025
ދުވަސްކޮޅަކުން، ރާއްޖެއަށް ވަދެވޭނީ ހަމަ އެކަނި ހަލާލު ޕާސްޕޯޓުގަ، އިސްލާމުންނަށް އެކަނި. އިޒުރޭލުޕާސްޕޯޓު ގެ އިތުރުނަ، އެހެން ކާފަރު ޕާސްޕޯޓު ތައްވެސް މުޅިން މަނާ ކުރެވޭނެ. ހަލާލު ޓުވަރިޒަމް ގާއިމު ކުރެވޭނީ އެހެން.
ޑީޑި
30 June 2025
އަސްތާ. އަފީފުފީދީ ހުއްޓާ ތިކަމާ އެއްޗެއް ބުނާކަށް މަށަކަށް ނުކެރޭނެ. އަފީފުފީދީ ތިކަމާގުޅޭ ދިގު ބަޔާނެއް މިތާ ހާމަކުރާނެ.
ސަންޑޭ
30 June 2025
ދެފާއި ދެގޯޅި ތެރޭގައި ވެސް އެއަރޕޯޓު ހަދަންވީ. މީ ދެން ބޮޑު ވަރެކޭ.