މިދިޔަ އަހަރުގެ ބީއެމްއެލް ވާއު ކިޑްސް ރަންގެ ބައިވެރިން
06 ޖުލައި 2025 - 15:17
ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައި ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.
މި ދުވުން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއީ މި ދުވުން ބާއްވާ އަށް ވަނަ އަހަރެވެ.
ޓީއެފްޖީއިން ބުނީ މި އަހަރުގެ "ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މީގެ ކުރީ އަހަރުތަކަށް ވުރެ މަޖާ ކުލަގަދަ ދުވުމަކަށް ވާނެ ކަމަށެވެ. މި ދުވުން މީގެ ކުރިން ބާއްވަނީ ހެނދުނެވެ. އެކަމަކު މިއަހަރު ފޯރި ގަދަކުރުމުގެ ގޮތުން ދުވުން ބާއްވަން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު 12 ގަ އެވެ.
ޓީއެފްޖީ އިން ބުނީ މި އަހަރުގެ ދުވުމުގައި 10 އަހަރާއި 16 އަހަރާ ދެމެދުގެ ދުވުންތެރިންނަށް ހާއްސަކޮށް 4 ކިލޯމީޓަރު ކެޓެގަރީ އަލުން ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދުވުމަކީ ގިނަ އުމުރުފުރާތަކަކަށް ބައިވެރިވެވޭނެ ދުވުމަކަށް ހެދުމުގެ ގޮތުން މިއަހަރު ދެ އަހަރުގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ އާ ކެޓަގަރީއެއް ވަނީ ތައާރަފްކޮށްފަ އެވެ.
މި އަހަރުގެ ދުވުމުގައި ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު އެއް ކިލޯޯމީޓަރަށް ދުވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި 4 އަހަރާއި 6 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ބެލެނިވެރިންނާ އެކު ދެ ކިލޯމީޓަރަށް ދުވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު އަދި 10 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއަށް 4 ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެ އެވެ. 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންނެވެ.
"ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާ އެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ އެ ދުވުން ބާއްވާ 10 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
06 July 2025
ބީއެމްއެލް ކާޑެއް އާކުރަން ރިކުވެސްޓު ފޮނުވީމަ 3 ހަފްތާ! ދިރާގު އަދި އުރީދޫ އާދައިގެ ކޯލެއް ގިނަފަހަރު ނުގުޅޭ! ޙިދުމަތް ސުމެއް! ދުވުން އަދިވެސް ބޭއްވޭތޯ ބަލާތި!